އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މަގްސަދުގައި އެމްއެމްޕީއާރްސީއިން އިންޑިއާގެ ނޫސްވެރިންނާއި، ބްލޮގް ލިޔުންތެރިން ރާއްޖެ ގެެނެސްފިއެވެ.

މި ޓީމް ރާއްޖޭގައި ފަސް ދުވަސް ވަންދެން މަޑުކުރާނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މިގްރޫޕުގައި ހިމެނެނީ އިންޑިއާގެ މަޝްހޫރު ޕަޔޮނިގް ގްރޫޕާއި އައުޓްލުކް ޓްރެވެލާސްގެ ލިޔުންތެރިން ކަމަށެވެ. އަދި އެގައުމުގެ އެންމެ މަޝްހޫރު ޓްރެވަލް ސައިޓު ކަމަށްވާ ސޯލްޓް އެންޑް ސެންޑަލްސްގެ ލިއުންތެރިޔާ ސިންދިގާ ބޯމިންއާއި ޓްރެވަލް ސީރައިޓްސްގެ ލިއުންތެރިޔާ އަރްޗަނާ ސިންގްގެ އިތުރުންދެޓް ދޭސީ ގާލް ބްލޮގުގެ ލިއުންތެރިޔާ ޕައްލަވީ ޗަތުރުވެދި އާއި އެ ގައުމުގެ ފްރީލާންސް ނޫސްވެރިއެއް ކަމަށްވާ ނިވީ ޝިރިވަންތަވާ ހިމެނޭކަމަށް އެމްއެމްޕީއާރްސީއިން ބުންޏެވެ.

މި ޓީމްގެ މެންބަރުން ފުރަތަމަ ދިއުމަށް ހަމަޖަހިފައި ވަނީ ގުރައިދޫ ޕާމްއިން ގެސްޓްހައުސްއަށެވެ. މިޓީމަށް، އެރަށު ތެރެ ދައްކާލުމާއި، ދިވެހި ކެއުންތައް ރަހަ ދައްކާނެއެވެ. އަދި އޭގެ ފަހުން އަދާރަން ރަން ނާޅި އަށާއި، އަދާރަން ސިލެޓްޓް ހުދުރަންފުއްޓަށް ދާނެއެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ދަތުރަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ރާވާފައިވާ ދަތުރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު