ގދ. ތިނަދޫ ޑްރަގްޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މިއަދު ހުޅުއްވައިފިއެވެ.

މި ސެެންޓަރު ހުޅުވާދެއްވީ ޖެންޑާ މިނިސްޓަރ ޝިދަތާ ޝަރީފްއެވެ.

މިއަދު ހުޅުވި މި ސެންޓަރަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ޓަކައި ގާއިމުކޮށްފައިވާ ޑްރަގްޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރެކެވެ. މިނިސްޓަރ ޝިދާތާ ވަނީ އެ ތަނާއި އެ ތަނުގައި ދެވޭ ފަރުވާތައް ބައްލަވައިލައްވައިފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅައިފައިވާ މުހިންމުވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑްކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ގާއިމުކުރުން ހިމެނެއެވެ.

ތިނަދޫގައި މި ހުޅުވުނު ސެންޓަރުގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ އާއި ހދ.ހަނިމާދޫގައިގައިވެސް މިފަދަ ސެންޓަރެއް ހުޅުވާ އެ ވައުދު ވަނީ ފުރިހަމަކޮށްފައެވެ.

މި ސެންޓަރތަކުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާނިމިގެން މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުންހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިކަވަރީންގ އެޑިކްޓް

    އިރާދަކުރެއވީތީ ތަން ހުޅުވިއްޖެ. އުފާވެރި ހަބަރެއް ދެން ބަލަންވީ ތަނުން ކިހާވަރެއްގެ ހިދުމަތެއް ފޯރުކޮށްދެވޭތޯ. ހުވަދޫ އަތޮޅަށް، ހާއްސަކޮށް ތިނަދޫގަ ތިބި އެޑިކްޓުންނަށް ހިތްހަމަ ޖެހުމެއް ލިބިގެންދާނެ މުހިންމު ތަނެއް. ކަމަކަށް ކަމެއްކުރުމުގެބަދަލުގައި ރަނގަޅުގޮތުގައި ފަރުވާ ދޭނެކަމަށް އުންމީދުކުރަން. .... ތޭންކްސް ރައީސް އިބޫ

    1
    4
  2. ބެއްޔާ

    މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ތިނަދޫގެ ފުރަތަމަ ކޮރަޕްޓް އިމާރާތް. ވަރަށް ސަލާމް