މިސްކިތް އިމާރަތް ކުރުމަކީ ދެމި ހުންނަނިވި ސަދަގާތެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ވިދާޅިވެއްޖެއެވެ.
އަމީން ކޮންސްޓްރަކްޝަންގެ އަމިއްލަ ޚަރަދުގައި ވިލިމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ހުޅިވުމަށް މިއަދު ވިލިމާލޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު އަދައި، މިސްކިތެއް ބިނާކޮށްފި މީހަކަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނެ ކަމަށެވެ.
މިނިސްޓަރ ޒާހިރު ވަނީ މި މިސްކިތް އިމާރަތް ކުރެއްވި އަމީން ކޮންސްޓްރަކްޝަން އަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ހުޅުވުނު މި މިސްކިތަކީ އެއްހާސް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ގޮތަށް ވިލިމާލޭގައި އިމާރާތްކޮށްފައިވަނީ މި މިސްކިތަކީ ޒަމާނީ ފެންވަރަކަށް އިމާރާތްކޮށްފައިވާ މިސްކިތެކެވެ.
މި މިސްކިތް ހުޅުއްވައިދެއްވުން އޮތީ މިއަދު މެންދުރުފަހު ވިލިމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މިސްކިތް ހުޅުއްވައިދެއްވުމަށް އެދި ދެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީއެވެ.
މި މިސްކިތުގެ ބިންގާ އަޅާފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ޢަޞްރު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ޑރ. ޒާހިރު، ނަން ރަނގަޅު ކޮށްލަދެއްވުން އެދެން.
ހައްދު ފަހަނެޅުންވެސް އޭރުން ދެމިހުންނާނެ.