ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހިޖާމާގެ ފަރުވާ ދެމުން އަންނަ "ފަޒީސް ހިޖާމާ ތެރަޕީ" އިން ހިޖާމާ ޖެހި ސިކުނޑީގައި ޓިއުމަރެއް ހުންނަ ކުއްޖެއްގެ ޓިއުމަރ އިތުރަށް ބޮޑު ނުވެ، ކުއްޖާއަށް ބޮޑު ފަރުވާއެއް ލިބިއްޖެއްއެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" ގެ ރަސްމީ ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހިޖާމާ ޖަހަން ފެށުމުގެ ކުރިން ޓިއުމަރ ބޮޑުވަމުން އަންނަ ކަމަށް ޑަކްޓަރުން ބުނެފައިވާ ކަމަށާއި ކޮންމެ 6 މަހަކުން ޓިއުމަރ ބޮޑުވާ މިންވަރު ބަލާ ކަމަށެވެ. ނަމަވެސް ހިޖާމާގެ ދެ ސެޝަނަށްފަހު ކުޑަކޮށް، ޓިއުމަރގެ ގްރޯތް މަޑު ޖެހުނު ކަމަށާއި އަދި ފަސް ވަނަ ސެޝަނަށްފަހު ޓިއުމަރުގެ ހެދިބޮޑުވުން އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.

މި ޓިއުމަރަކީ ސިކުނޑިއާ ގުޅިފައިވާ ޓިއުމަރެއް ކަމަށާއި، މީގެ ކުރިން ދެ ފަަހަރެއްގެ މަތިން އޮޕަރޭޝަނެއްކޮށް ޓިއުމަރުން ބައެއް ނަގާފައިވާ ކަމަށްވެސް މި ޕޯސްޓްގައި ބުނެފައިވެއެވެ. ނަމަވެސް ސިކުނޑިއާ ގުޅިފައިވާތީ އޮޕެރޭޝަނުން ޓިއުމަރ އެއްކޮށް ނުނެގުނު ކަމަށް އާއިލާއާ ހަވާލާދީ ބުނެފައިވެއެވެ.

މިހާރު ޓިއުމަރގެ ހެދިބޮޑުވުން ހުއްޓިފައިވާ ކަމަށާއި ޓެސްޓް ހަދަން ރޯދަ މަހަށްފަހު ދާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޕޯސްޓްގައި ބުނެފައިވެއެވެ.

"ފަޒީސް ހިޖާމާ ތެރެޕީ" އިން ގިނަ ބަޔަކު ހިޖާމާ ޖަހަމުން އަންނައިރު، "ފަޒީސް ހިޖާމާ ތެރެޕީ"ގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އަނެއްކާވެސް ހެލްތު މިނިސްޓްރީން، ކްލިނިކްގެ ހިދުމަތް ހުއްޓާލުމަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެހީތެރިޔާ

    ހުއްޓާލަން ބުނީމަ ހުއްޓާލުން އެއީ ރީތި ގޮތަކީ.

    ގިނަ ފަހަރު ވާނުވާ މީހުން ތިފަދަ މަސައްކަތް ކުރާތީ ރަނގަޅަށް ކުރާ މީހުން ވެސް ބަދުނާމު ވަނީ. އެހެންކަމުން ދައުލަތުން ރެގިއުލޭޓް ކޮށް ޤަވާޢިދަށް ފައްތަން ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވާ. އޭގެ ފަހުން އަލުން ރީތި ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރިހަމަ ފުރްޞަތު އޮންނާނެ، އަދި އެއިރުން މިހާރަށްވުރެ އިތުބާރު ވެސް ބޮޑުވާނެ، ޝުކްރިއްޔާ

    46
    12
    • ނުވިހާ އޮޕަރޭޝަން

      ސާބިތުނުވާ ފަރުވާއެކޭ ބުނީވެސް ރެގިއުލޭޓް ކުރަންވެގެންދޯ؟؟

      11
      4
  2. އެމަންޖެ

    ރަގަޅު ކަމެއް މިސަރުކާރަށް ކަމުނުދާނެ...

    22
    19
  3. ކައުންސިލަރ

    ޙުއްޓުވަން ޢަންފާނެތާ ޢާސަންދަ މެދުވެރިކޮށް އެތަށްރައްޔިތުންގެ ޢަތުން ޑޮކްޓަރ ދައްކައިގެން ވާނުވާނޭގި އެތައް ރައްޔިތުން އުޅެ ކޮންމެ ޑޮކްޓަތ ދެއްކުމުންވެސް ދޭނީ އާދައި ލިޔާފޮތެއްގެ ފުރެންދެން ބޭސް ލިޔެފަ 6މަސްދުވަހުގެ ބޭސް ވާނުވާނޭގި އެހެންވީމަ ޙެލްތުމިނިސްޓްރީގެ ވެރިންނަށް ނާޖާއިޒުގޮތެއްގަ ލިބެމުންދާ ފައިސާލިބޭލެއް މަދުވީމަ ހުއްޓްވަނީ ހިޖާމާޖަހަމުންދާ ކްލިނިކުތަކުން ބައެއްދޭނަމަ ކޯކޭވާނެ ހެލްތުމިނިސްޓްރީން އިސްނަގައިގެން ފާހިޝްނުބައި އަމަލުތައް ހިންގަމުންދާ މަސާޖް ޕާލާތަައް ބަންދުކުރަން ނިކުތުން މާރަނގަޅުވާނެ ކަމަށްފެނޭ

    35
    2
    • ޏަަަނަ

      ތެދު

  4. ާާާާެހާމިދު

    ޙިދުމަތް ވަރަށް ގޯސް ތަނެއްތީ...ޕޭޖުގަ ކޮންމެ އެއްޗެއްވެސް ޖެހިދާނެދޯ. ތިކަމުގަ ޑޮކްޓަރެއްގެ ބަހެއްވެސް މުހިއްމު. ހިޖާމާ ގޯހެކޭ ނޫން މިބުނަނީކީ އެއްވެސް ހާލެއްގަ.

    24
    28
  5. ބދޖހދ

    ސުންނަތާ ގުޅުންހުރި ހުރިހާކަމެއް މި ސަރުކާރުން ހުއްޓުވާނެ، އެއީ އެޖެންޑާ 19 ގައި އޮންނަ ކަމެއް.

    31
    14
  6. ރިޔާ

    ޥެރިންގެ އަމުރު ތަކަށް ތަބާވެ ބޯލަނބާށެވެ..އެއީ ނާއިންސާފުނަމަށް ތިބާއަށް ހިވިޔަސް..އެވެރިން ތިބާގެރައްބަށް ތިބާއުރެދެން އަމުރުނުކުރާހާހިނދަކު. ތިބާއަށް ހަމަ އެކަނި ފެންނަ އެއްޗަކީ ފައިސާ ފައިސާ ފައިސާ ހެއްޔެވެ. ތިބާ މިހާރު ތިދައްކާ ގޮތްގޫނުކުރުމާ ބޮޑާކަމަކީ ވަރަށް ދަށުދަރަޖައިގެ އަޚްލާގެކެވެ. ސުންނަތުގެ އަހުލުވެރިއެއްގެ ކިބައިން ފެނިގެން ނުވާނެ ސިފައެކެވެ. ހިޖާމާ ޖުހުމާ ރުގްޔާ ކުރުމަކީ ވެސް ދުނިޔަވީ އެދުމަށް ބުރަޖައްސާ ބޮޑު ވިޔަފާރިއަކަށް ވެ ސުންނަތުގެ އުސޫލް ގެއްލިއްޖެ މިޒަމާނުގަ..

    25
    6
  7. ތަހުޒީބު

    ހިޖާމާ ތެރަޕީ އަކީ އެސޯޝަންތައް ހަދައިގެން އެފް.ޑީ.އޭ އަދި ހެލްތް އޮޤަނައިޒޭޝަންތައް އެޕްރޫވްކޮށްގެން އެމެރިކާ އަދި އިގިރޭސިވިލާތުގައި ވެސް ވަރަށް ފުޅާދާއިރާ އެއްގައި ކުރާ ވަރަށް ކާމިޔާބު ބޭސްވެރިކަމެއް، (ޕްލީސް ޤޫގްލް އިޓް ޑަމީޒް) ބުނެވޭނީ ހެލްތް މިނިސްޓްރީއަށް މިކަން ރަގަޅަށް ކުރާ ބަޔަކު ދެނެގަންނާނެ ގޮތެއްބެލިފައި، ޤަވައިދެއް އެކުލަވާލެފައި ނެތީއޭ، ކުރަނީ ހުސް ބޭކާރު ސުވާލު، (މަންމަނަކު ކޮންއިރަކުތޯ ޑޮކްޓަރީ ބޭސް ކޮށްގެން ރަގަޅުވީ) އަޖައިބު އަންތަރީސް ވެދާނެ މީހަކު، އަވަސް ގޮތަކަށް ތަހުޒީބު ޤައުމު ތަކުގައި ހިޖާމާ ޖެހުމުގެ ކަންކަންބަލައި މޮނިޓަރކުރާގޮތް ބަލައިގެން ޤަވައިދު ހެދުމަށް ދަންނަވަން، އަދި ހުރިހާ މުސްލިމުންނަށް ވާޖިބު ކަމެއްވެސް ހަނދުމަކޮށްދެން... ޤުރުއާން އާއި ސުންނަތް ބަލައި ދިރާސާކޮށް އެއަށް ފުރިހަމައަށް އިޖާބަދީ، ﷲތައާލާ ފުރިހަމައަށް މައުރިފާކޮށް ދެނެގަތުމަށް އަޅުގަނޑުއަށާއި ތިޔައެންމެންނަށް ތަކުރާރުކޮށް ހަދާންކޮށް އިންޒާރުކުރަން.

    4
    1
  8. Anonymous

    ހެލްތް މިނިސްޓަރު އިސްތިއުދިނުން އެންމެ ބުއްދިވެރީ

    4
    2
  9. ހާލާތު

    ހެލްތް މިނިސްޓަރ އިސްތީޢޫފާ

    5
    2