ދިރާސީ އަހަރުގެ ކިޔެވުން ފެށި، މިއަދާއި ހަމައަށް އައިއިރުވެސް ލ.މާމެންދޫ ސުކޫލަށް ފިޒިކްސް އަދި ކެމިސްޓްރީ ޓީޗަރެއް ނުލިބިގެން އެ ސުކޫލުގެ ބެލެނިވެރިން އެކަމާއި ކަންބޮޑުވެއްޖެ އެވެ.

މި މައްސަލަ އާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެމުން އެރަށު ބެލެނިވެރިއަކު ބުނީ، މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް އެޑިއުކޭޝަން މިނިސްޓަރ އެރަށަށް ވަޑައިގެންނެވި ދަތުރުގައި އެ ކަންބޮޑުވުން މިނިސްޓަރަށްވެސް ހުށަހަޅާފައިވާ ކަމަށާއި، ހަފްތާ އެއްގެ ތެރޭގައި ދެ ޓީޗަރުންވެސް ހަމަޖެހޭނެކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް ޓީޗަރުން ހަމަވެފައިނުވާ ކަމަށް ބެލެނިވެރިޔާ ފާހަގަ ކުުރިއެވެ.

"މި ދެ މާއްދާ ކިޔަވައިދެމުން ދަނީ ސުކޫލުގެ ސައިންސް ޓީޗަރެއް. އެ ޓީޗަރު އޮތީ ބުނެފަ ކިޔަވައިދޭން ނޭނގޭކަމަށްވެސް. ކުރިއަށް އޮތް ހަފްތާ ތެރޭގައި މިކަން ހައްލު ނުވެއްޖެއްޔާމު އަހަރެމެން އެންމެން ނިކުންނާނަން މިކަން ހައްލު ކުރަން. އަހަރެމެން ބޭނުމެއް ނުވޭ މިފަދަ ހާލަތެއްގައި ކުލާސްތަކުގެ ޓެސްޓުވެސް ނަގާކަށް." ބެލެނިވެރިޔާ ބުންޏެވެ.

އެ ދެ ޓީޗަރުންނަކީވެސް ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ހަމަޖެހިފައިވާ ދެ ޓީޗަރުންނެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.

މާމެންދޫ ސުކޫލަަކީ ގުރޭޑް 10 އާއި ހަމައަށް ކިޔައިވައިދޭ ސުކޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    މަޖިލީހަށް ވޯޓުލީއިރު ކެމިސްޓްރީ ޓީޗަރާ ފިޒިކްސް ޓީޗަރުމަތިން ރައްޔިތުން ހަނދާނެއްނެތް! ހަނދާން ހުރިހައި އެއްޗަކީވެސް ވޯޓުލާމަތިން ދިން ފައިސާކޮޅު! ދެން ދެކޮނޑު ލުހެންދެން އަތްޖަހާ!

    13
  2. ގޮރުނު ދޯރު

    ރާއްޖޭގެ ހުރިހާ ސުކޫލެއްގަ ޓީޗަރުން ތިބޭނީ ހަމަވެފަ..ސުކޫލައް ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ ޒީރޯ ޓޮލެރެންސް ގަ.

    3
    2
  3. ދދދދދ

    މާމެންދޫ ރީނދޫ ރައްޔިތުންނަށް މަރުހަބާ!

  4. މާމެންދޫ މީހެއް

    މާމެންދޫ އަކީ ހުރިހައި ކަމަކުން އަރައި ހުރި ރަށެއް..