މި މަހުގެ 6 ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ތާއިދު ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ހަސަން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ 19 ވަނަ ދައުރުގެ ރައީސް ކަމަށް އަސްލަމް އާއި ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއުކުރެއްވި އީވާ އަބްދުﷲ ގެންނަވަން ތާއިދު ކުރައްވާ ކަަމަށެވެ.

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް ނަޝީދުގެ ވެސް ތާއީދު ކުރައްވަނީ މި ދައުރުގެ މަޖިލިސް ރައީސް ކަމަށް އަސްލަމް ގެންނަވަންށެވެ.

މަޖިލީހުގެ ރައީސް ކަމަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ ތާއީދު އަސްލަމް އަށް އޮތްއިރު، އަސްލަމް އަކީ އެމްޑީޕީގެ ޕީޖީ ލީޑަރުކަން މިހާރު ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުފޫޒުން އެއްކިބާ

    ނުފޫޒުން އެއްކިިބާވެފައިވާ މިނިވަން ވޯޓަކަށް ދެވޭނީ ވޯޓު ސިއްރު ކުރެވިގެން.

    13
    1
  2. ޚޔާލު

    އެހާ ޚިޔާލު ތަފާތު ވެފާ އޮއްވާ، އަދި އެހާ މީހުންގެ ޝައުގު ހުރި އިރު، އެންމެ މަސްލަހަތު ހުރި ގޮތަކީ، ވޯޓް ސިއްރު ކުރުން ކަމުގައި ދެކެން.

    16
    2
  3. ޒިކާ

    ހާދަ ރުޅިއެއް އައިސްފައި މަޖިލީހަށް

  4. ނަވާރަ

    އަމިއްލައެދުން އެއްފަރާތްކޮއްގެންދޯ ތިފަދަވޯޓަކައްދެވޭނީ ދެންހަދާނެގޮތަކީ ތިދެގޮނޑިވެސްގަންނާނީ ދެންއޭރުން ހުރިހާގޮނޑިއެއް ކާލެވުނީ

    3
    1
  5. ގަސްކަންޑާ

    ބަލަގަ ހަސަން ލަތީފު ތި ނުފޫޒު ފޯރުވަނީ ނުންތަ؟؟؟ އެތައް ބަޔަކު ނިކުމެ ތިއްބާ އެންޓި ކެމްޕޭން ޖައްސަނީ ނުންތަ؟؟؟