އެމްއެމްޕީއާރުގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އިންޓާޕޮލް ރެޑް ނޯޓިސް ނެރެފައިވާ ހަތަރު މީހެއްގެ ނޯޓިސް ނަގައިފިއެވެ.

އެމްއެމްޕީއާރްސީ މައްސަލަގައި ނޯޓިސް ނެރެފައިވާ ހަތަރު މީހުންނަކީ އައްލާމް ލަތީފް(މޮހޯ)، މުހައްމަދު ހުސައިން (އޮއިއްޓެ)، އަހުމަދު އިޝްފާހު އަލީ، އަދި އެމްއެމްޕީއާރްސީގެ އެއިރުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަސީލް އަހުމަދުއެވެ.

މިހާރު އިންޓާޕޮލް ވެބްސައިޓުގައި ބުނެފައިވާގޮތުން ނޯޓިސް ނެރެފައި ވަނީ 11 ދިވެއްސެއްގެ މައްޗަށެވެ. އެމީހުންގެ ތެރޭގައި އެމްއެމްޕީއާރްސީ އާ ގުޅުން ހުރި އެއްވެސް މީހަކު ނުހިމެނެއެވެ.

މި މީހުންގެ މައްޗަށް އިންޓަޕޮލްއިން ނޯޓިސް ނެރުނީ ދިވެހި ފުލުހުންގެ އެދުމުގެ މަތިން 2016 ވަނަ އަހަރުއެވެ.

މި މީހުންގެ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނުއިރު، މި މީހުންގެ މައްޗަށް ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެންނެވެ.

ނަމަވެސް މި އެންމެންގެ އިންޓަޕޯލްގެ ރެޑް ނޯޓިސްއިން މިހާރުވަނީ ނަގާފައެވެ.

އަދި މި މީހުންގެ ނޯޓިސް ނަގާފައި ވަނީ ދައުލަތުން އަންގައިގެން ކަމަށް ފުލުުހުން ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަނީ

    ސާބަހޭ! ވަގުން ތަށް ދޫކޮށް ލާ!

    22
  2. ހުސޭނުބޭ

    އެމްޕީއާރުސީގެ ކަރަޕްޝަން ދޮވެއްލުމަށްފަހު އެ ހުރިހައި ފައިސާއަކީ ޞަދަގާތުގެ ފައިސާއަށް މި ސަރުކާރުން ހެދީ ތި!

    24
    1
  3. ާއީސާ

    އެމީހުން މިހާރު ހުދު ކާފޫރަށްވީ.

    29
    2
  4. ނަވާރަ

    އެބުނިހެން މިހާރުވަރައް ބޮޑައްހީވަންފަށައިފިމީ މިމީހުން އެޅުވި ފަންޏެހެން

    21
  5. ބުރޯ

    މިހާރު ސައްކުވެއްޖެ . މިސަރުކާރު ގެނައުމަށް އެފައިސާއިންހަރަދު ކޮށްފަ އޮވެދާނެކަން .އެމްޑީޕީ ވެރިކަމަށް ގެނައުމަށް އިސް ގޮތެއްގާ މިމީހުންވަނީ ހަރަދު ކޮށްފާ ކަމަށް ތުހުމަތު ކުރެވިއްޖެ . ދަވްލަތުގެ ފައިސާ މިމީހުންގެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްގެން މިމީހުން ދޭންވާބަޔަކަށްދިނީ މިމީހުން ފައިސާދިންމީހުން ކުއްވެރި މިމީހުން ހުދު ކަފަޔަށް. މިއީ އެމްޑީޕީ ގެ ދަިދައިގެ ތިލަފަތުގައ ދައްކާ އިންސާފު ވެރިކަމަކީ .މިކަމުގެ އެންމެ ސާބިތުހެކި . ކުރީ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް މައްޗަށް އެމްޑީޕީން ހުށަހެޅި މައްސަލަތައް ކަންކުރި މީހުން މައުސޫމް ކުންފުނީގެ ވެރިޔަކަސް އޭނަ ނުކުރާކަމެއް އޭނަގެ ބޮލަށް ފެއްތީ . މިއީ އެމްޑީޕީން ކަޔަމުންއަންނަ އިންސާފު ހޯދުމަކީ

  6. ހެހެހެ

    ސާބަހޭ ވަގުންނޭ. ގަދަ އިނގޭ.