ކޯޓު އަމުރެއްގެ ދަށުން ކަނޑު ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި މި މީހާ ހައްޔަރުކޮށްފައިވަނީ، މާލެއިން ފުރައިގެން ކުނަހަންދުއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން ކުނަހަންދުއަށް މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 12:25 ހާއިރު ހިންގި އޮޕަރޭޝަނެއްގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގައި، ލ. ހިތަދޫ ބަނދަރަށް ބޯޓު ގާތްކުރުުމުން މިމީހާ ހައްޔަރުކޮށް އެބޯޓު ބަލައިފާސްކުރި ކަމަށެވެ. މަސްތުވާ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް އެބޯޓުން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މާމެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިތަދޫ މީހާ

    ލ.މާމެންދޫ ޕޮލިހުންނަކީ ހިތަދޫގެ ރައްޔިތުންނަށް ފާޅުގާ އަނިޔާ ދެމުންދާ ބައެއް. ތި އޮޕަރޭސަން ހިންގި އިރު އެތަން ބަލަން ދިޔަ ހިތަދޫގެ މީހަކު ހައްޔަރުކޮށް ވަރަށް އަނިޔާ ދީފަވަނީ. އަދި މީގެ ކުރިން ވެސް ހިތަދޫގެ މީހެއް ހައްޔަރު ކޮއްގެން މާމެންދުއަށް ގެންގޮސް އެރަށުގެ މީހުންނަށް ހަވަރަށް ދީފަ ވަނީ.