ގެއްލިގެން ފުލުހުން ހޯދަން އެކި ފަހަރުމަތިން އިއުލާން ކުރި ފްރާންސްގެ އަންހެން މީހާ، މެނަން ރާއްޖެ އައި ބޭރުގެ ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ފިލާފައިވާކަމަށާއި، އޭނާ ފިލީ ރާއްޖޭގައި އެތައް ހިތި ތަޖުރިބާއެއް ކޮށްފައި ކަމަށް ފްރާންސްގެ ނޫހެއް ކަމަށްވާ "ލަ ޕެރިސިއާއަށް" ދިން އިންޓަވިއުއެއްގައި ކިޔައިދީފިއެވެ.
މެނަންއަކީ ހުވަފެންފުށި ރިސޯޓުގައި ވަޒީފާ އަދާކުރި މީހެކެވެ. ޕޫލަކަށް 2017 ގައި އައިރިޝް އާއިލާއަކަށް ނިސްބަތްވާ ކުޑަ ކުއްޖަކު ވެއްޓި މަރުވި ހާދިސާއާ ގުޅިގެން ދައުވާ ކުރި ފްރާންސްގެ މެނަން ނަމަކަށް ކިޔާ އަންހެނަކު ހޯދަން ރާއްޖޭގެ ފުލުހުން ވަނީ ކުރިން އިއުލާންވެސް ކޮށްފައެވެ. އޭނާ ޝަރީއަތަށްވެސް ވަނީ ހޯދާފައެވެ.
މެނަންގެ ބެލުމުގެ ދަށުގައި ވަނިކޮށް، ކުޑަ ކުއްޖާ މަރުވެފައިވާތީ އޭނާގެ ބަޔާންވެސް ފުލުހުން ނަގާފައިވާ އިރު، އައިރިޝް އާއިލާއިން މެނޮން ކުއްވެރި ނުކުރާ ކަމަށް ބަޔާނުގައި ވެއެވެ. ބަޔާނުގައި މެނަން ބުނެފައި ވަނީ ކުއްޖާ މަރުވީ ރިސޯޓުގެ މެނޭޖުމަންޓްގެ އިހުމާލުން ކަމަށެވެ. އަދި އާއިލާއިން ދީފައިވާ ބަޔާންވެސް ވަނީ އެ ނޫހާ ހިއްސާ ކޮށްފައެވެ.
މެނަން ބުނެފައި ވަނީ ރިސޯޓުން އޭނާގެ ބޮލުގައި ކުއްޖާގެ މަރުގެ އިލްޒާމް އެޅުވީ ކަމަށާއި، ލޯޔަރަކަށްވެސް ދީފައި ވަނީ ރިސޯޓެއްގެ ލޯޔަރެއް ކަމަށެވެ. މެނަން ބުނެފައި ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު އެ އަމުރު މުއްދަތު ހަމަވުމުން އޭނާ ރާއްޖެއިން ދިޔައީ އާއިލާގެ އެހީތެރިކަމާއެކުގައި ކަމަށާއި، އާއިލާއިން ރާއްޖެއައީ ފްރާންސްގެ ލޯޔަރަކާއެކު، އޭނާ ސަލާމަތް ކުރުމަށް ކަމަށެވެ.
އެ ނޫހަށް މެނަން ދީފައިވާ އިންޓަވިއުއެއްގައި ރާއްޖޭގެ ބައެއް ފަނޑިޔާރުން އޭނާއަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ވާހަތައްވެސް ދައްކާފައިވެއެވެ. އޭނާ ރާއްޖެ ދޫކޮށް ދިޔައީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކަށް ފަހު ދެކުނުގެ ރަށެއްގައި ހުރެފައި ރާއްޖެއިން ބޭރަށް ފުރާ ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން ކަމަށް އޭނާ ކިޔައިދީފައިވެއެވެ.
އެ ބޯޓު ދިވެހި ކަސްޓަމްސް އިން ބަލާ ފާސްކޮށްފައި ނުވާކަމަށްވެސް ރިޕޯޓުގައިވެ އެވެ. މެނަން ބުނެފައި ވަނީ އެ މައްސަލަ ބެލި ފަނޑިޔާރު ނަންބަރު ހޯދި ކަމަށާއި، އެ މައްސަލައިގެ ބޭރުން ފަނޑިޔާރު އޭނާއާ ދައްކަން ނުޖެހޭ ވާހަތަކެއް ދައްކާފައިވާ ކަމަށެވެ.
މެނަން ކިޔައިދިން ގޮތުގައި އެ ފަނޑިޔާރު އޭނާއާ އެކު ރެސްޓޯރަންޓަކަށް ދާން އަދި ހޮޓަލެއްގައި ބައްދަލު ކުރަން ޝައުގުވެރިކަން ފާޅުކޮށް މެސެޖް ކުރިއެވެ. އަދި އެ ފަނޑިޔާރުގެ ވާހަކަތަކުން ޖިންސީ ނިޔަތެއް އޮތްކަން ޔަގީންވެގެން ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ. އެ ހުރިހާ ކަމަކީ ރާއްޖެއިން އޭނާއަށް ދިމާވި ކަޅު ދުވަސްތަކެއް ކަމަށާއި، އޭރު އޭނާއަށް އަމިއްލައަށް މަރުވުމަށް ވިސްނުން އައި ކަމަށްވެސް މެނަން ކިޔައިދިނެވެ.
"މައްސަލަ ގޯސް ވަނީ އެ ފަނޑިޔާރަކީ އަހަރެންނަށް 15 އަހަރުގެ ހުކުމެއް އަންނާނެތޯ ނުވަތަ ހުކުމުން ސަލާމަތްވާނެތޯ ނިންމާނެ މީހާއަށް ވާތީ. އަަހަރެންނަކަށް ނޫނެކޭ ނުބުނެވޭ، އޭނާ އެކަމުގެ ސަބަބުން ބަދަލު ހިފާފާނެ ކަމުގެ ބިރަށް. އަަހަރެން އާނއެކޭ ބުނެފި ނަމަ އަމިއްލަ ނަފްސަށް ބަލަން ނުކެރޭ ވަރު ވާނެ،" މެނަން ބުނެފައިވެ އެވެ.
މެނަން ހާދިސާ އޭނާ އަސަރާއެކު ކިޔައިދީފައިވާ އިރު، އޭނާ ބުނެފައި ވަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތެއް އޮތް އިރު، އެފަދަ ކަންތައްތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ހީވެސް ނުކުރާ ކަމަށެވެ. އަދި އެކަންކަން ވަރަށް ބޮޑަށް ހަނދާންވާ ކަމަށާއި، އެ ތަޖުރިބާތަކުގެ ސަބަބުން މުޅި ހަޔާތް ބަނަވެފައިވާ ކަމަށްވެސް ކިޔާދީފައިވެއެވެ.
އެބުނާ ޝަރީއަތަކީ ފިތްކަނޑައިގެންދާ ފަދަ އަނދިރި ބިރުވެރި ކަމެއް
ތި ތަނަށް ޢަލީ ޙަމީދުގެ ވާހަކަ ނުވަދެއްޖިއްޔާ ކިތަންމެހައިވެސް ރަގަޅު!
ސާފު ފޭކް ވާހަކައެއް.
ވަރަށް ގޮތް ކުޑަ ފަޑިޔާރުން މިރާއްޖޭގައި އެބަ ތިބި
މިހެންވެ ޖުޑިޝަރީ ދޮވެ ސާފުކުރަން ޖެހޭކަމަށް އަހަރެމެން އަޑުއުފުލަނީ. މިއީ ފަނޑިޔާރު އާރިފުމެންގެ ފެންވަރު.
ތިބުނާ ޖުޑިޝަރީއައކުން ޤާޟީއަކު ވަގަށްނަގާފައި ފިލައިގެން ދިއުމުން އެމީހަކު ދޫކޮށްލުމަށް ޙުކުމްކުރިދުވަހު ހަމަ ހުދު ކަފަކޮޅެއްފަދަ! ދުނިޔެ ނުތަކާވަރަށް ރިޝްވަތުވަގައިގެން ތިމާ ޕާޓީގެ ޖިނާއީ ކުށްވެރިން ދޫކޮށްލުމަށް ޙުކުމްކުރިއިރު އިންސާފުވެރިކަމުން ހުޚުމް ތަންފީޒުނުކުރާތީ މުޒާހަރާވެސްކުރި! އޭރު އެދުވަހު ހުރި މައްސަލަތައް ނުފެނިފައި މިއަދު ތި ފެންނަނީ މުޅިން އާ ނަންބަރު އައިނެއް އެޅީތަ!
ކިހިނެއް ގަބޫލުކުރާނީ ތިމީހާ ތިދައްކަނީ ތެދު ވާހަކައެއް ކަމެއްނޭނގެ ދޮއްތަ އެއްވެސް މީހަކު އެމީހަކު ކުށްވެރިވާ ގޮތަށް އިންޓަރވިޔޫ އެއްނުދޭން އަދި ފްރާންސްނޫހުގެ ފަރާތުން ވެސް މަސައްކަތް ކުރާނެ އެތާނގެ ރައްޔިތެއްވީމަ ކުށެއް ނެތްކަން ސާބިތުކުރަން
ކޮބާއެ މެސެޖް ފޮނުވި ނަމްބަރު
މިއީ ގޭމެއް... ބޭރު ފަނޑިޔާރުން ގެންނަން ކުޅޭ...
ޙަގީގަތަކީ ތީނޫން ތީނަގެ އިހުމާލުން އެކުއްޖާ މަރުވީ އަހަރެން މީ ތި ކޭސް އަޑުއަހަން ކޮއމެ ދުވަހަކު ކޯޓަށް ދިޔަމީހެއް
ތިޔަމަސްއަލަ ބެލި ފަޑިޔާރު އެންމެންނަށް މިހާރު އެގުނީނޫންތޯ. އަވަހަށް އުއްތަމަ ފަޑިޔާރަށްހަދާ.
ތީ އޭނަ ސަލާމަތްވާންވެގެން ދެއްކި ދޮގު ވާހަކައެއްކަން ޔަގީން. އަދި އެހެން ބައެއްގެ ސަބަބުން ތިވާހަކަ ތިގޮތަށް ފަތުރަނީ