އެމްއެމްޕީއާރްސީ މައްސަލައިގައި އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ނޯޓިސްތައް ބާތިލުކުރީ ދައުލަތުން އެދިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެމްއެމްޕީއާރްސީ މައްސަލަގައި ނޯޓިސް ނެރެފައިވަ ހަތަރު މީހުންނަކީ އައްލާމް ލަތީފް(މޮހޯ)، މުހައްމަދު ހުސައިން (އޮއިއްޓެ)، އަހުމަދު އިޝްފާހު އަލީ، އަދި އެމްއެމްޕީއާރްސީގެ އެއިރުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަސީލް އަހުމަދުއެވެ.

މިހާރު އިންޓާޕޮލް ވެބްސައިޓުގައި ބުނެފައިވާގޮތުން ނޯޓިސް ނެރެފައި ވަނީ 11 ދިވެއްސެއްގެ މައްޗަށެވެ. އެމީހުންގެ ތެރޭގައި އެމްއެމްޕީއާރްސީ އާ ގުޅުން ހުރި އެއްވެސް މީހަކު ނުހިމެނެއެވެ.

މި މީހުންގެ މައްޗަށް އިންޓަޕޮލްއިން ނޯޓިސް ނެރުނީ ދިވެހި ފުލުހުންގެ އެދުމުގެ މަތިން 2016 ވަނަ އަހަރުއެވެ.

މި މީހުންގެ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި ވަނީ އެމީހުންގެ މައްޗަށް ކުރެވޭ ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް މި އެންމެންގެ އިންޓަޕޯލްގެ ރެޑް ނޯޓިސްއިން މިހާރުވަނީ ނަގާފައެވެ.

ފުލުހުން މިރޭ ބުނެފައި ވަނީ ރެޑް ނޯޓިސް ކެންސަލް ކުރީ ދައުލަތުން އެދިގެން ކަމަށާއި، އެ ފަރާތްތަކަށް ރެޑް ނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ. އަދި މިހާރު އެ ފަރާތްތަކަށް ފުލުހުންނަށް އެކްސެސް ވެވި، ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގިފައިވާތީ އިތުރަށް ރެޑް ނޯޓިސް ދަމަހައްޓަން ޖެހޭ ތަނެއް ނެތުމުން ރެޑް ނޯޓިސް ނެގީ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެ ފަރާތްތަކަކީ މިހާރު އިނގިރޭސިިވިލާތުގެ ހިމާޔަތުގައި ތިބި ބައެއް ނަމަވެސް، ފުލުހުންނަށް ފުރިހަމަ އެކްސެސް ލިބިފައިވާ ކަމަށެވެ.

ފުލުހުން އެކަމާ ގުޅިގެން ވަކި އެއްޗެއް ބުނެފައި ވަނީ "ވަގުތު" އެމީހުން ނޯޓިސް ބާތިލުކުރި ކަމުގެ ހަބަރު ގެނެސްދިނުމުންނެވެ. އަދި މިއަދާ ހަމައަށްވެސް އެމީހުންނަށް އެކްސެސް ލިބުނަކަން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    ޒީރޯ ޓޮލަރެންސްގެ ދަށުން މައްސަލަ އޮއްބާލީ! ތި މައްސަލާގައި މުޅިންވެސް ތިބީ މިހާރުގެ ސަރުކާރުގެ ބޮޑުން! އެހެންވެ ގަންނާކުރެއްވި ބިރުން މައްސަލަ އޮއްބާލީ!

    10
  2. ކައްޓިހިއްވަރު

    އަދިކިރިޔާ ދިވެހިން ބޭނުންވާކަހަލަ ތާހިރުވެރިކަމެއް ފެންނަންފެށީ

    25
    27
    • ޞ

      ބޯހަލާކު!

      11
  3. މީވެސް

    ސިފައިންގެ ޤަދީމީ މުޑުދާރު ސިފަޔައް މުޅިންވެސް މިހާތަނައް އަމަލް ކޮށްފަ ޔޮތީ، މިހާރު ކޮމާންޑު އޮތީ އެގޮތަކައްނޫން ކަމަށް ބެލެވެނީ

    3
    4
  4. ޝުކުރިއްޔާ ގައުމު

    ވަގުންތަކޭ ސާބަހޭ. ހަހަހަ. ނޫނޭވާ ދުނިޔޭގެ ފެންވަރުގެ ޕްރޮފެޝަނަލް ވަގުންގެ ވެރިކަމެއް މިއޮތީ އަހަރުމެންނަށް ލައްގާފަ. ވައްކަމާއިގެން ކުރިއަށް ކުރިއަށް ބާރަށް. ސާބަހޭ ބާރަށް އަތް ޖަހާ.

  5. ކިނބޫ

    މަރުގެ ހަގީގަތްތައްވެސް އަދި އެނގޭނެ. ވެރިކަމުގަ ތިބެގެންވެސް ވައްކަން. ވެރިކަމުގަ ނެތަސް ވައްކަން ކުރަން ތޮރުފިގަންނާނެ ގޮތް ފިސާރި ދެނަތިބި، ކަމަށް ލައްކަ ކުޅަދާނަ ގާފިލާއެއް މިއޮތީ ސަވާރުވެ. ވަގު ވަގު ވަގު ސަރުކާރު

    10
  6. އައްޔު

    ސާބަހޭ ދެން މާފަތިހިފައިގެންގޮސް މަރުހަބާ ކިޔާ... ދައުލަތުން ފުލުހުންބަލާ މައްސަލަތަކަށް ސީދާ ނުފޫޒު ފޯރުުވަންފަށައިފި ކަމުގެ ލާމަސީލު ނަމޫނާއެއް ވަރަށް ބޮޑަށް ޒީރޯވެއްޖެ.. ސުކުރިއްޔާ އިބޫ

    10
  7. ކެޔޮޅު

    ބާތިލްކުރާނެތާ ހައްތާވެސް އެއީއެއްގަލުންފެހިކާ ލަނޑާ،

    10
  8. ޞަބީ

    ޔާމިނު ވެރިކަމަށް ފަނި ލީ މީހާގެ ކުޅިވަރު މިފެންނަނީ

    11
  9. ސަހަރޯ

    މުލުވަގު ހައްޔަރުކުރައް ކުރާމަމެއް ކަމައް ފެއްނަނީ

  10. ޖޮއްބެ

    އެވާނީ އެ ވަގު ބައިގަނޑާ ވަގުސަރުކާރުން ޑީލްހެދީކަމަށް. ދެން ދުވަސް ކޮޅަކުން އިވޭނީ އެމީހުން ނަކީ އެއްވެސް ކުށެއްބުށެއްނެތް “ނަޝީދު ކަހަލަ” ސާފު ތާހިރު ބަޔަކަށް ވެގެން މިނިވަން ކުރަން އަމުރުނެރޭ އަޑު. ލަނޑަޔާވާނީ ލަނޑަޔާއޭ ބުނޭނު؟

    12
  11. އަލި

    މިގައުމުގާ ހުރި އެންމެ ސާފު ގައުމަށް ވަފާތެރި މީހަކީ އިލްޔާސް އިބްރާހިމް ކަމަށް އަންނި ބުނީ އެފް ޕީ އައި ޑީގެ ޚިޔާނާތުގެ ފައިސާ މިފަހަރު 2018 ގެ ރިޔާސީ ކެމްޕޭނަށް އިލްޔާސް ދިނުމުން އެހެން ވެ ޚިޔާނާތުގެ މައްސަލަ ތައްވެސް އެބަލަނީ 2012 ފެބްރުއަރީން ފެށިގެން ، އޭގެ ކުރީގައި މިރާއްޖޭގައި ޚިޔާނާތް ނުހިގަނީތޯ 2013، 2008 ގެ އިންތިހާބުގައި ގޮވި މުޅި ދައުލަތުން ގެއްލުނު ހުރިހާ ފައިސާ ހޯދާނަމޭ ..... ހޯދޭނެތޯ މައްސަލް ބަލަން މަޖިލީހަށް ވެއްދި ބިލް .... ގައި އޮތީ 2012 ފެބުރުއަރި... އެފް ޕީ އައިޑީގެ ޚިޔާނާތުގެ މައްސަލަ ބެލި ކޮމެޓީގެ މެންބަރުން މިފަހަރުވެސް މަޖިލީހަށް ހޮވުނު ތ. މެންބަރު އަފީފު . މަރަދޫ މެންބަރު ޝަރީފް މިމީހުން އޮންނާނެ އެރިޕޯޓް ގައި ސޮއި ކޮށްފައި ..... މަރަދޫ ޝަރީފުގެ ބޮލުގައި ލަކުޑި ގަނޑަކުން ޖެހީ ކާކުތޯ މާކުން ފަލާހު އޭނާ އެއީ މިހާރު މަޖިލިސް މެންބަރެއް ކީއްތޯ ކުރާނީ އެއީ އޭރު ސަޓޯ އެމައްސަލާގައި ބެދިގެން ........މީއީ ހަގީގަތް...... ވިސްނާ ވިސްނާ މުޅިން އެމް ޑީ ޕީ މީހުން އެހިޔާނާތުގައި ތިބީ ،،، މާކުންގޭ މީހުން ... ދެން އެންދެރިމާގެ ދެން ... ޑީފެންސް މިނިސްޓަރ މާރިޔާދީދީ.. މިއީ ހަގީގަތް....