މި މަހު 6 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކާމިޔާބު ކުރެއްވި ވިލިމާލެ ދާއިރާގެ މެންބަރ އަހުމަދު އުޝާމް ހުރީ ރައްޔިތުންގެ ލާބަޔަށްޓަކައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިއްޔެ ރައީސް ސާލިހު އާއި ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. އުޝާމް ވިދާޅުވީ ވިލިމާލޭގެ ތަރައްގީ އަށް ކުރަންހުރި މަސައްކަތްތަކާއި އަދި ވިލިމާލެ އަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތަކާ ގުޅޭގޮތުން ރައީސް ސޯލިހާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންގެ ލާބައަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ.

ވިލިމާލޭ ދާއިރާގެ ގޮނޑި އުޝާމް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ކެންޑިޑޭޓު ޔާމީން އަހުމަދު އާއި ވާދަކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަސަން ނ

    ރައްޔަތުންގެލާބަޔައްޓަކައިމިސަރުކާރައް
    އެއްވެސްކަމެއްނުކުރެވޭނެ

    21
    5
  2. ޞަދީޤާ

    ނުވިކޭނަށް! ފިކުރު ބަދަލުނުކުރާނަށް! މިއީ ކެމްޕެއިންގެ މޮޓޯ ނޫންތަ؟

    26
    3
  3. ސަލީމް

    މިހާރު ދިވެހި ރައްޔަތުންގެ ތެރެއިން ގިނަބަޔަކީ ކުޑަ އަގަކަށްވިކޭ، ދެއްކި ކޮންމެ ވާހަކައަކަށް ހެއްލޭ، އެހާފަސޭހައިން ހައްދާލެވޭ ބައެއް!! ރާއްޖޭގަ ވޭތުވެދިޔަ 10 ވަރަކަށް އަހަރުތެރޭގައި ހިގާދިޔަ އިންތިޚާބު މޫސުން ތަކުގައި ހާމަވެގެން ގޮސްފައިވާ ޙަގީގަތެއް މިއީ. ހިތާމަހުރި ޙަގީގަތެއް..

  4. އަލީ

    ވިލިމާލެ މީހުން ޖަމީލު އަށް ވޯޓު ދިންނަމަ މާ ރަނގަޅު ވީސް.

    14
    2
  5. ހުސޭނުބޭ

    ރައްޔިތުންގެ ލާބައަކީ ބަންޑެލި ބަންޑެއްޔަން ލިބޭ ރިޝްވަތުތޯ! ދެން ހަމަ އަހައިލީ!

    10
    1
  6. ނުހާ

    އަދި މިއުޅެނީ ބާއި ނާޅި ބަތް ނުކެވިގެން، އެވިކުނީ. ތިީ ފެންވަރު

  7. ބޭބެ

    އަޅުގަނޑު ހިތަށްއަރަނީ ރައްޔިތުންގެ މަސްލަޙަތު އެކަމެއްގައި ހިމެނޭ ކަންތަކުގައި ރައްޔިތުންނަށް ފައިދާހުރިގޮތް ހޯދުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަކީ އެމީހަކު ވިގެ ނަފްސު ވިއްކާލުންތޯއެވެ.؟؟؟
    ނުވަތަ ރައްޔިތުންނަށް ފައަދާކުރާ މެމްބަރަކަށްވާނީ އޭރެއްގެ ސަރުކާރާއި ދެކޮޅަށް ހުތުރުއެއްޗެހިގޮވައި ސަރުކާރުން ކިތައްމެ ރަނގަޅު ކަމެއްކުރަން އުޅުނަސް އެކަމާއި ދެކޮޅުހަދައި އަޑުގަނދަކުރުންތޯއެވެ؟؟
    ޒާތީޙަސަދައިން ގައުމަށްލިބޭނީ ހަމަ ގެއްލުމާއި ހަލާކެވެ.
    ރައްޔޮތުންނަށް މިޖެހެނީ ނިމިދާ ސަރުކާރުގައި ކުރެވިފައި ހުންނަ އެއްބަސްވުން ބާޠިލްކުރުުުުުުމުން އޭގެބަދަލުގައި އެތައްސަތޭކަ މިލިޔަނުން ބަދަލުދޭށެވެ. ގައުމަށް އެއްވެސް ފައިދާއެއް ނެތެވެ.
    މާތްﷲ އަހަރުމެންނަށް ހެޔޮވިސްނުންދެއްވާށިއެވެ!