އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދު މަގާމުން ވަކިކޮށްފިއެވެ.

ސަސްޕެންޑްގައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށްފަހު ސައިދު އެ މަގާމުން ވަކި ކުރީ އޭނާގެ މައްސަލަ ބެލި ކޮމިޝަނުން ވަޒީފާއިން ވަކިކުރާ ވަރަކަށް ހެކި ހުރުމުންކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެއެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ އިއްޔެއެވެ.

ސައީދު ސަސްޕެންޑްކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ނޭގެއެވެ.

ސައީދު އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަކަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަކޫޓަންޖިންނި

    ވަކިކުރީ ސީއެސްސީގެ ވެރިން މަޖިލީހަށްހާޒިރުކުމަށް ހަމަޖައްސަން އުޅޭތީ.

    7
    1
  2. އަނހާ

    ތިސައީދަކީ މަށާ އިހަށްނުލާހިކު ރީއްޗަށް ވާހަކަދައްކާ އުޅުނު މީހަކަށް ވެފައި ޕީ.އެސް ކަންލިބުނީމާ އެހެރަދެއްކި ބޮޑާކަމާ ކިބުރުވެރިކަމަކާ ދޯ؟ ހުންނާނީ ކަންނެލިމަސް ކެވިފަ

    1
    1
  3. ނާޒިލް

    އީސީ ޝަރީފާއި އެތަނުގެ ވެރިންފިޔަވައި އެހެން ހުރިހާ މުއައްސަސާތަކަށް ރައީސް ޔާމީންގެ ސަރުކަރުން ޢައްޔަންކޮށްފައިތިބި އެންމެން ވަކިކުރާނެ! އީސީ ޝަރީފަކީ އިންތިޚާބުގެ ވޯޓުން ވައްކަންކޮށްދިންމީހާވީމާ އެމީހުން އެގޮތުގައި ދެމިތިބޭނެ!

    3
    1
  4. ހިތާމަ

    މިހާރުގެ މިނިސްޓަރު ރަށްރަށަށް ގޮސް ކެންޕޭނުކުރިއިރު ކޮބާ ސީއެސްސީ. ސިވިސް ސަރވިސްގެ މުވައްޒަފުން ގޮވައިގެން ކީއްތަކުރީ. މުދައްރިސުންނާ ބެލެނިވެރިން އެއްކޮށްފަ މިބުނަނީ ވޯޓުދޭށޭ ޖެހޭނީ. ކޮބާ އިންސާފު

    1
    2
  5. މުރާދު

    މި ގޮތަށް ވަކި ކުރަން ޖެހިފައި ހުރި މީހެއް. ފިނޭންސް މިނިސްޓްރީގައި އުޅޭ ޕީއެއްސް އަކީ. އޭނާއަކީ އެއްވެސް ހިންގުންތެރިކަމެއް ނެތް މީހެއް. އަދި މުވައްޒަފުން ގެންގުޅެން ނޭނގޭތާ މުވައްޒަފުން ފަހަތުން ދުވާ މީހެއް. ފިނޭންސްގައި އުޅޭ ހުރިހާ މުވައްޒަފުން މީނާ ދެކެ ވަރަށް ރުޅިއަންނާނެ. މީނާ ކަންތައް ކުރަނީ ކައިރީގައި ގެންގުޅޭ 3 އަންހެނަކު ބުނާ ގޮތަށް.

    1
    1