އެމްއެމްޕީއާރްސީ މައްސަލައިގައި އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ނޯޓިސްތައް ބާތިލުކުރީ ސަރުކާރު ބޭނުންވާ ބަޔަކު ހައްޔަރުކުރަން ހެކިބަސްދޭންކަމަށް ވިލިމާލެ ދާއިރާގެ މެންބާރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

"ވަގުތު"ގެ ހަބަރެއް ޝެއާ ކުރުމަށްފަހު ޓްވީޓް ކުރައްވަމުން ނިހާން ވިދާޅުވީ، "ސަރުކާރުން ބޭނުންވާ ގޮތަށް ބަޔަކު ހައްޔަރު ކުރުމަށް ހެކިބަސް ދިނުމާއި ގުޅޭ". ކަމަށެވެ.

ނިހާންގެ އެ ވާހަކަތަކުން ދޭހަވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި މިހާރުގެ ސަރުކާރުން، ބަޔަކު ހައްޔަރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމެވެ. އަދި އެ ނޯޓިސްތައް އުވާލީ އެކަމުގެ ބޭނުމުގައިކަން ނިހާންގެ އެ ޓްވީޓުން އިނގެއެވެ.

ނިހާން މިގޮތަށް ޓްވީޓް ކުރިއިރު، އެމްއެމްޕީއާރްސީގެ މައްސަލާގައި ބަޔަކު ހައްޔަރުކުރަން އުޅޭކަމަށް މިދިޔަ މަޖިލީސް އިންތިހާބުގެ ދުވަސްކޮޅު ވާހަކަދެކެވިގެން ދިޔައެވެ.

އެ ނޯޓިސްތައް އުވާލުމާއި ގުޅޭގޮތުން ސަރުކާރުން ވިދާޅުވީ، މި މީހުންގެ ނޯޓިސް ނަގާފައި ވަނީ ދައުލަތުން އަންގައިގެން ކަމަށެވެ.

އެމްއެމްޕީއާރްސީ މައްސަލަގައި ނޯޓިސް ނެރެފައިވާ ހަތަރު މީހުންނަކީ އައްލާމް ލަތީފް(މޮހޯ)، މުހައްމަދު ހުސައިން (އޮއިއްޓެ)، އަހުމަދު އިޝްފާހު އަލީ، އަދި އެމްއެމްޕީއާރްސީގެ އެއިރުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަސީލް އަހުމަދުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައްޔަރު

    ނިހާން ހައްޔަރު ކުރަންވާނެ މިކަލޭގެ ދޫކޮއްގެން ނުވާނެ ގައުމައް ހުރި ނުރައްކަލެއް

    3
    10
  2. ބަނީ

    ނިހާން މެން ފަދަ ތެދުވެރި، މާތް ބޭފުޅުން ލޯ ލާރި އެށް ގަ ވެސް ނުޖެހޭނެ.

    8
    2