ދުނިޔޭގެ ތާރީޚްގައި ވެސް އުފެދުނު އެންމެ ނުރައްކާތެރި ނިރުބުވެރި ޖަމާޢަތް ކަމަށްވާ އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރަމުންދިޔަ ދިވެހި އަންހެނަކު ސީރިއާގެ ޖަލެއްގައި ހުރިކަން ހާމަވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ނިއުޔޯކާ" ގައި އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރި ބައެއް މީހުންގެ މައުލޫމާތު ހިމަނައިގެން ލިޔެފައިވާ ރިޕޯޓެއްގައިވާ ގޮތުން އައިއެސް އިން ސީރިއާގައި ކުރާ ހަނގުރާމައިގައި 80 އަށް ވުރެން ގިނަ ގައުމަށް ނިސްބަތްވާ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް މަދު ގައުމަކުން ނޫނީ އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް މަސައްކަތެއް ނުކުރެއެވެ.

އައިއެސް ޖަމާޢަތް ސީރިއާގައި ބަލިވި ފަހުން "ދަ ނިއުޔޯކާ" ގެ ނޫސްވެރިއަކު އަމާންދިން އައިއެސްގެ ހަނގުރާމަވެރިން ތިބި ޖަލަކަށް ޒިޔާރަތްކޮށް އެއްްކުރި މައުލޫމާތުތަކުގައި އެޖަލުގައި އައިއެސް ހަނގުރާމަވެރި ޖަމާއަތުގެ ޔުނިޓެއް ކަމަށްވާ އަލް-ކަސާނާ ބެޓޭލިއަން ޔުނިޓުގައި ހަނގުރާމަ ކުރި ދިވެހި އަންހެނަކު ހުރިކަން އެނގިފައިވާ ކަމަށް އޭނާ ބުނެއެވެ. އަލް-ކަސާނާ ބެޓޭލިއަން ޔުނިޓަކީ އައިއެސް އަންހެން ހަގުރާމަވެރިން ހަރަކާތްތެރިވާ އެޖަމާއަތުގެ ބައެކެވެ.

"ދަ ނިއުޔޯކާ" ގައިވާގޮތުން ރާއްޖެއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ދެ ކުދިންގެ މަންމައެއް ކަމަށް މަރިޔަމް ނަސީރު ނިސްބަތްވަނީ އައިއެސްގެ އެޔުނިޓަށެވެ. މަރިޔަމް ނަސީރު ބުނި ގޮތުގައި އޭނާގެ ފުރަތަމަ ފިރިމީހާ ވަނީ ހަނގުރާމާގައި މަރާލާފައެވެ. އަދި ދެވަނަ ފިރިމީހާ ވަނީ އަތުލައިގެންފައެވެ.

ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ގިނަ އަދަދެއްގެ ދިވެހިން ވަނީ އެގައުމަށް ގޮސްފަ އެވެ. ސީރިއާގައި ހަނގުރާމައިގައި ބައިވެރިވި ދިވެހިންގެ ޖުމުލަ އަދަދެއް މުޅިން ޔަގީންވެފައެއް ނުވެއެވެ.

ނަމަވެސް ކުރީގެ ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވެފައި ވަނީ ސީރިއާގައި 400 ދިވެހި އަންހެނުން ހަށިވިއްކަން އެބައުޅޭ ކަމަށެވެ.

އައިއެސް ޖަމާޢަތް ސީރިއާގައި ބަލިވެގެން ދިޔައިރު މުޅި ސީރިއާ އޮތީ ސުންނާފަތިވެފައެވެ. ސީރިއާގައި އައިއެސް ޖަމާޢަތް ބަލިވިނަމަވެސް ނަމަވެސް ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަދިވެސް އައިއެސްގެ ނުރައްކާ ކުޑައެއް ނުވެއެވެ. އައިއެސްގެ އުސޫލުތައް ގަބޫލުކުރާ ހަނގުރާމަވެރިންގެ ހަމަލާތައް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ދިނުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

މި ހަގުރާމައިގައި އެތައް މިލިއަން ބަޔަކުގެ ގެދޮރު ގެއްލި ކުރިއަށް އޮތް ގަރުނެއްގެ ތެރޭގައި ވެސް އާރާސްތު ނުކުރެވޭ ވަރަށް އިމާރާތްތައް ވަނީ ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަދުރޭ

    ސަލަފް ޖަމާޢަތަށް ތަބާވާ ކޮންމެ މީހަކީ ފުރްޞަތު ލިބިއްޖިއްޔާ އައިސިސް ޖަމާޢަތާ ގުޅޭނެ މީހެއް . މިބައިމީހުން ދެކޭ ގޮތުން ޙައްޤު ވެރިކަމަކީ ޚަލީފާވެރިކަން. މިވެރިން ނަކަށް ނޭނގެ މާތް ރަސޫލާ ޚަލީފާވެރިކަމެއް ނުކުރައްވާ ކަމެއް

    15
    34
  2. ޖޖދ

    ނަޝީދު ކައިރީގައި އަހާލަނިކޮށް ތިކަން ޔަގީން ކުރެވިދާނެ. މީގައި ނަޝީދުގެ ބަހެއް ހޯދާލަބަލަ

    33
    5
    • ސަކީނާ

      ކޮންމެހެން މިގައުމަށް ގެންނަންއުޅޭނެ ކަމެއްނެތް.

      12
      1
  3. ކުރީގެ ރައީސް ނަޝީދުގެ ބަފާ

    ސީރިޔާގައި ހަށި ވިއްކަނީ ދިވެހި ރައްޔިތުން ނަށް ބަދު ބަސްބުނާ ދިވެހި ރައްޔިތުން ބަދުނާމްކުރާ ކުރިން ގެރިކަންކުރި ނަޝީދުގެއާއިލާއަށް ނިސްބަތްވާ
    400 ވަރަކަ އަންހެނުންނެވެ.
    އަހަރެމެންނަށް އެނގިފައިވާ ގޮތުގައި ނަޝީދުއާއި އޭނަގެ އަވާގައި ޖެހިފައިވާ ބަޔަކުވަނީ ހައްދުފަހަނަ އަޅައި.ﷲ ގެ ޝަރީއާ ދިވެހި ރާއްޖޭގައި ޤާއިމުކުރިޔަނުދީ ﷲ އާއި ރަސޫލާގެ ނަބަވީ އިރުޝާދަށް ގޮންޖަހައި އިލާހީ ޤާނޫނު ފައި ދަށުލާފައެވެ. ނަޝީދުއާއި އޭނަގެ އިބިލީހުންވަނީ ﷲ އަށާއި ރަސޫލާ އަށް ޙިޔާނާތްތެރިވެ ގައްދާރުވެފައެވެ.

    ﴿27﴾ يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانة ތެރި ނުވާށެވެ!

    ‎فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ
    (44) الْكَافِرُونَ

    ‎. ފަހެ، ތިޔަބައިމީހުން މީސްތަކުންދެކެ ބިރުނުގަންނާށެވެ! ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ތިމަންރަސްކަލާނގެ آية ތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ! اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافر ންނެވެ.

    24
    14
  4. ހާނިމް

    އައްޑޫ ކުއްޖެއްތަ މިއީ

    12
    3
  5. ސަޓޯ

    ގެންނާނެ ކަމެއް ނެތް... އެމީހުންބޭނުންވެގެންދޯ އެތާކައް ދިޔައީ

    34
    7
  6. ކޮރަލް

    ނަމަވެސް ކުރީގެ ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވެފައި ވަނީ ސީރިއާގައި 400 ދިވެހި އަންހެނުން ހަށިވިއްކަން އެބައުޅޭ ކަމަށެވެ. ޒިނޭގެ ތުހުމަތު ބޮލުގަ އެޅުވީއެވެ. ގިޔާމަތް ދުވަހު ޖަވާބުދާރީީ ވާން ޖެހޭ ނެއެވެ.

    36
    5
  7. މަރީ

    ބައިތިއްބާ ހޭބަލިވާން މައިން ބަފައިން ދޫކޮއްލާފަ ގޮސް އެތިބީ މޮޅުތަކެއް ވާނެ ކަމައް.

    40
    8
  8. ޢަފްރާހް

    ތި މިހާރަކަން އައިސް އަންހެން ކުއްދިން އުޅޭގޮތެ މިޒަމާނުގައި އެމީހުންއުޅޭ ނުޅޭ ނެގެނެ އަމިލްލެނަފްސަ ނުވިސްނާނެ

    10
    1