މާލޭގައި މިރޭ ސައިކަލެއް ކާރެއްގެ ދަށުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ކާނިވާ ސަރަހައްދުގައި ހިނގި މިއެކްސިޑެންޓްގައި ދުއްވާފައި ދިޔަ ސައިކަލް ދުއްވާފައި ދިޔަ ކާރެއްގެ ދަށުވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 10:28 ގައި ކަމަށެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ވެސް ވިދާޅުވެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެކްސިޑެންޓް ހިނގި ވަގުތު އެސަރަހައްދަށް ވަޑައިގެން އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުން އޮޅުން ފިލުއްވަވާ އެތަނުގައި ތިބި މީހުންނާއި ވާހަކަދައްކަވާފައެވެ.

ފަހަކަށް އައިސް މާލޭގައި އެކްސިޑެންޓް ހިނގުން ވަނީ އިންތިހާ އަށް އިތުރުވެފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި ދުވާލަކު ދިހަ ވަރަކަށް އެކްސިޑެންޓް ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮތަރު

    ދެން ތިކަހަލަ ކަންތައްތައް ބަލާ ތަޙްޤީޤް ކުރާކަށް ފުލުހުންނެއް ބޭނުމެއްނުވާނެ. އެބައި ކުރިއަށް ގެންދަވާނީ ސީދާ ނައިބުރައީސް.

    13
  2. މުހައްމަދު އަހުމަދު

    ފުލުހުންގެ ބޭނުން ކެޑެނީ އެކުސިޑެންޓް ވާތަނަށް އެސީން ބަލަން ދަނީ ނައިބު ރައީސް
    ތަހުގީގުކުރަން ކޮމެޓީތަށް އުފައްދައި ތަހުގީގު ކުރަނީ އެކޮމެޓީތަކުން.
    ފުލުހުންގެ މިހާރު ހަމައެކަނި މަސައްކަތަކީ 8 ޖަހާއިރު އޮފީސްތަކަށް ދާމީހުންގެ ސައިކަލް ތަކުގަ އިސްޓިކާ ޖަހާ ފައިސާކޮޅެއް ލިބޭތޯ 8 ޖަހާއިރު އޮފީސްތަކުގެ ކައިރީގަ ފާރައަށް ތިބުން

  3. ޝިޢުބު

    ކޮތަރުމެން ހާދަހާ ޒާތީއޭ ދޯ؟

    ނައިބު ރައީސް އެތަނުގައި ހުންނެވީމަ އެތަން ބައްލަވާ ލައްވާ ޙާލުއަޙްވާލު އަހާލުމަކީ މައްސަލައެއްތަ؟

    އަޅާނުލާ ދިޔަނަމަވެސް ކޮތަރޭ ބުނާނެ ނާއިބު ރައީސް ހާދަހާ ފޮންޏޭ އެވަރުކަމެއްވީމަވެސް ބަލާނުލާ ދިޔައީއޭ. ތިމީހުނަށް ނޯނާނެ ހެޔޮ އެއްގޮތްވެސް

    ސާބަހޭ ނައިބުރައީސް. ސާބަހޭ ސާބަހޭ ސާބަހޭ ސާބަހޭ ސާބަހޭ ސާބަހޭ

    4
    6
  4. ބޮޓު

    ފައިސަލް އެތަނައްއައީ ކާރުގައިން މީހާބަލާ.
    ފައިސަލް އިސްތިއުފާ
    ޢިމްރާން އިސްތިއުފާ