އިންޑިޔާގެ މަޝްހޫރު އެއާލައިނެއްކަމަށް ޖެޓް އެއާވޭސްގެ ދަތުރުތައް ހުއްޓާލައިފިއެވެ.

ޖެޓް އެއާވޭސްގެ ދަތުރުތައް ހުއްޓާލާފައިވަނީ ދަރަނި ބޮޑުވެ ތެލަށާއި ޒަރޫރީ މުހިންމު ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވުމުގެ ސަބަބުންނެވެ.

ޖެޓް އެއާވޭސްގެ ދަރަނި 1.2 ބިލިޔަން ޑޮލަރަށް އަރާކަމަށް އެ އެއާލައިނުން މައުލޫމާތު ދެއްވައެވެ މި އެއާލައިންގެ ދަތުރުތައް ހުއްޓުމަކަށް އައިސްފައިވާއިރު، ދެން އަލުން މި އެއާލައިންގެ ޚިދުމަތް ފަށާނެ ދުވަހެއްވެސް އިއުލާންކޮށްފައެއް ނުވެއެވެ. އަދި ރިޕޯޓުތައް ބުނާގޮތުން އަލުން މި ޚިދުމަތް ދެވުމުގެ އުންމީދުވެސް ވަރަށް ކުޑައެވެ.

މިއީ އިންޑިޔާގެ އެންމެ ބޮޑު މަތިންދާ މަތިންދާ ބޯޓުގެ ޝަރަފު ލިބިފައިވާާ އަމިއްލަ އެއާލައިނެކެވެ. އެގޮތުން މި އެއާލައިންގެ 123 ފްލައިޓް ހިމެނޭއިރު ގިނަ ފްލައިޓުތައް ވަނީ ބޭނުން ނުކުރެވޭ ހާލަތުގައެވެ. އަދި ކަމާއި ގުޅޭ ރިޕޯޓުތައް ބުނާ ގޮތުން އެެއާލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދިނުމުގެ މައްސަލަވެސް ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު