ދިވެހިރާއްޖޭގައި މިހާތަނަށް ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ހާއްޞަ ސަމިޓެއް ބަނޑޮސް އައިލެންޑް ރިސޯޓުގައި ފަށައިފިއެވެ.

މި ސަމިޓުގައި، ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ 10 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވައެވެ.

ހެލްތް މިނިސްޓަރުކަން ކުރެއްވި، އަލްފާޟިލާ މުއުމިނާ ހަލީމް، އަލްފާޟިލް މުޙައްމަދު މުޞްތަފާ ހުސައިން، އަލްފާޟިލް އަޙުމަދު އަބްދުﷲ، އަލްފާޟިލާ އަނީސާ އަޙުމަދު، އަލްފާޟިލާ އައިމިނަތު ޖަމީލާ، އަލްފާޟިލް އަހުމަދު ޖަމްޝީދު، އަލްފާޟިލާ މަރިޔަމް ޝަކީލާ، އަލްފާޟިލް އަހުމަދު ޒުހޫރު، އަލްފާޟިލާ އިރުތިޝާމް އާދަމް، އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ސަމިޓުގައި މިހާރުގެ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ކުރިން ހެލްތް މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ރައީސް ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ހާލަތު އިތުރަށް ރަނގަޅުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ވެސް މި ސަމިޓުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ޞިއްޙީ ދާއިރާގެ އިސްމަޤާމުތަކުގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންގެ އިތުރުން، ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންވެސް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ސަމިޓް ކުރިއަށް ދާނީ މިއަދު ހަވީރުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަންދާނު މޮޔަމީހާ

    ތިންފަށް ވެފަހުރި މީހުންގެ ސަމިޓު މޭމަހު 10ގަ ފެށޭނެ

  2. ޝިހާ

    މިހާރު އެއުޅެނީ ހޮސްޕިޓަލް ހިންފަން ނޭގިގެން މިދިޔަ ސަރުކާރުގެ ހެލްތުމިނިސްޓަރުގެ ބޮލަށް އެރެން އޭރުން ނާޒިމް ހޮސްޕިޓަލްގެ ލާރިކައި ވައްކަން ކުރިއޯ ކިރީގަ ގޮވި ނަމަވެސް އަމީނުއަށް އެއުޅެނީ ހޮސްޕިޓަލް ހިންގަން ނޭގިގެން ކަންކުރާނެ ގޮތް ނާޒިމް ކާރީ އަހާނެ ގޮތެއްހޯދަން ވެގެން

    10
    2
  3. ގައުމު

    މީ މިފަދަ ގައުމެއްގައި ކުރަންޖެހޭކަމެއް ކަންތައްތައް ރަގަޅު ކުރެވޭނީ ހަސަދަ ވެރިކަން ނަންތާލައި އެކުވެރި މާހައުލެއްގައި ގައުމު މިނާކުރުމުން.. ރައީސް ޞާލަހަކީ އެކުވެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ރޫހު ހުރި ބޭފުޅެއް ހެއްކަމުން އަޅުގަނޑު އެދެން ހުރިހާ މުއައްސަސާއެގެވެސް މިފަދަ މުހިންމު ބޭފުޅުންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން

  4. ނަން

    ހިނގާބަލަ ކުރީގެ ރައީސް އަދި ނައިބު ރައީސްގެ ސަމިޓެއް ބާއްވަން

    4
    1