ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭން ކުރި، އެ ޕާޓީގެ އިސް ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެޕާސަން ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާ އަށް ހޮވިވަޑައިގެންނެވި ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ މަގާމެއްގައި ހުރެ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެހެން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަކީ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

"އެއީ ގޯހެއް އެމްޑީޕީގެ މަގާމެއްގައި ހުރެ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެހެން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަކީ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އާއްމު މެމްބަރަކު އެ މީހުންނާ މެދު އޮތީ، ކޮން ފިޔަވަޅެއްތޯ، ޓުވިޓާމެދުވެރިކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީއާ މެދު ހިތްހަމަނުޖެހުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން އިންތިޚާބަށް ނުކުތް ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 87 ދާއިރާއަކުން 9 ޕާޓީ އަކާއި އަމިއްލަގޮތުން 386 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އެމްޑީޕީން އެކަނި 65 ދާއިރާއެއް ކާމިޔާބުކޮށްފައި ވެއެވެ. މި ކާމިޔާބީ އާއި އެކު އެމްޑިޕީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. މިއީ އެއް ޕާޓީއަކަށް މަޖިލީސް އިންތިޚާބެއްގައި މިހާ ބޮޑު އަޣުލަބިއްޔަތެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޯދިގު

    އެހެންކަމަށްވަންޏާ ޑިގްރީއަށް ޖަނަވަރީމަހުންފެށިގެން ހިލޭކިޔެވޭނެކަމަށް ބުނިމީހުންނަށްވެސް އަދަބު ދެވެންޖެހޭނެ

    31
    3
  2. ސަމާ

    މިޕާޓީއަށް މިފަހަރުތާއިދު ކޮށްފައި ގެނޑިލިބުނީ ވަކިކުލައަކަށް ބަލައިގެންނޫން.ތިމާގެ މީހެއްވެއްޖެއްޔާ ޕީއެމްމީހުންވެސް ދިނީ އެމްޑީޕީ މީހާއަށެވެ.އަނެއްކާއެހެންޕާޓީތަކުގެ މީހުންފައިސާގެ ނުބައި ދަޅައިގައި ޖެހިގެންވެސް ޕީޕީއެމްމީހުންގެ ވެސް ޚިޔާލާފިކުރު އެމްޑީޕީ މީހުން ގަތީއެވެ.

    28
    4
  3. ބަނަފްސާ

    އެހެންވެއްޖިއްޔާ އަލީ ޝިޔާމް ކޮއްކޮ ހަމްޒާ އަށްވެސް ފިޔަވަޅު އަޅާނެތާ.

    11
    2
  4. މިނކާވަގު

    އެމްޑީޕީ މަޑުއްވަރީ ދާެއިރާގެ ރައީސްވަނީ ޕާޓީގެ ކެނޑި ޑޭޓާ ދެކޮޅައް މަސައްކަތް ކޮއްފަ (މޫކޭ)
    އިސްތިއުފާ

    4
    6
  5. ޖަވާދު / ދޮންބެ ނަސީމް / ނަދީމާ

    ޢެހެންވިއްޔާ ކޮމަންޑޫ ޖަނާބު ވަކިކުރޭ

    7
    3
  6. ހުސޭނުބޭ

    އެ އަދަބުލިބެނީ މަޢުލޫފްގެ ސަސްޕެޝަން ފަދައިން! ހޯރައިއްބެގެ ޙުކުމް ފަދައިން! އެއްޗެކޭ ބުނެފައި ދެ ދުވަހެއްގެ ތެރޭގައި އެ އެންމެން ސާފު ހުދު ކަފަކޮޅަކަށް ވާނެ! ބަލަންތިބެ!

    18
    3
  7. އިއްބެ

    ޕާޓީގެ ނަމުގައި ހިމެނޭ "ޑިމޮކްރެޓިކް" ގެ މާނަ ދަސްވެފަ އޮތީ ތިގޮތަށް ދޯ! ?

    6
    1
  8. ހަހަހަ

    އަމައްޔާއި ވެފައެއްނު އެތިބަ ފެންނަނީ. ކެކެކެކެ

  9. ާާއަތާ

    ކުޅުދުއްފުށި އުތުރު ދާއިރާގެ ޖޭޕީ ކެންޑިޑޭޓައް ކެމްޕޭން ކޮށްދޭން އުޅުނު މީހުން ޑޯޓުޑޯ ގަ އުޅުނު އިރު އެމީހުން ފަހަތުން ހިނގީވެސް ތި އެމްޑީޕީ މީހުން، މާ މޮޅު ކަމަކަށް ވެގެން އެހެން ކީ އިރު އެމްޑީޕީ މީހުންގެ ގާތުގަ ހުރީމަ މިހާ ޔަގީންކަމާއެކު މިބުނީ، މިހާރު މިވިސްނަނީ އެމްޑީޕީން ވަކިވާން

  10. ސާއްޓޭ

    ކޭވެބާ ޖާބިރަ ފިޔަވަޅު ނޭޅީ.....ޕާޓީއާ ދެކޮޅަ އަމިލަ ގޮތުން ނިކުތީ.އިންސާފު ކޮބާ...........