އެމްއެމްޕީއާރްސީ ގެ ބޮޑު ހިޔާނާތުގައި ހިމެނުނު ހުރިހާ އެންމެންނަށް ހައްގު އަދަބުދީ، ފިޔަވަޅު އެޅެންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް ޒައިދު ގޮވާލައިފިއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ބޮޑު ޚިޔާނާތުގެ ހުރިހާ ބައިވެރިންނަށް ވެސް ފިޔަވަޅު އެޅެންޖެހޭ! ހައްގު އަދަބު ދެވެންޖެހޭ! އެމީހުން ވަނީ ދައުލަތް ލޫޓުވާލި ކަމަށް އެއްބަސް ވެފައި. ވީމާ ލޫޓުވަން އަމުރުކުރި ފަރާތްތަކާއި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެގެން އުޅުނު ހުރިހާ ފަރާތްތަކަށް ވެސް އަދަބު ލިބެންޖެހޭނެ ކަމުގައި ދެކެން." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނަތަކީ މިހާތަނަށް ރާއްޖޭގައި ހިނގައިފައިވާ އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލައެވެ. މި ހިޔާނާތުގައި މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނެއެވެ. ހިޔާނާތުގެ ރިޕޯޓްތައް ލިބުމާއެކު، ރައީސް ވަނީ އެބޭފުޅުން ސަސްޕެންޑްކޮށް ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކޮށްލުމަށް އަންގާފައެވެ. ނަމަވެސް ނިމިދިޔަ ހަފްތާ ތެރޭގައި އެބޭފުޅުންގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.

އެެމްއެމްޕީއާރްސީ ހިޔާނާތުގައި ފިލާފައިވާ ހަތަރު މީހެއް ހޯދުމަށް މީގެކުރިން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް، ދައުލަތުން މިހާރު ވަނީ އެ ނޯޓިސްތައް ނަގާފައެވެ. މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ބުނެފައިވަނީ މި ހިޔާނާތާއި ގުޅިގެން ހަތަރު މީހުންގެ މައްޗަށް ނެރެފައިވާ އިންޓަޕޯލް ރެޑް ނޯޓިސް ބާތިލުކޮށްފައިވަނީ ދައުލަތުން އެދިގެންކަމަށެވެ.

ފުލުހުން ބުނީ އޭރު އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނީ ހަތަރު މީހުން ތަހުޤީގަށް ހާޒިރުނުކުރެވިގެންކަމަށާއި މިހާރު އެފަރާތަކާއި ދިމާވެ ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށެވެ. އަދި މި ފަރާތްތައް އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން ތިބި ނަމަވެސް ފުލުހުނަށް އެމީހުންނާއި ބައްދަލުކޮށް ބޭނުންވާ މައުލޫމާތު ހޯދާކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަޙްމަދް

  މީނާ މިއީ
  ޝޭޙެއްތަ ނުވަތަ ސޭކެއްތަ!؟

 2. ސިއްދީޤް

  އަނިޔާވެރި ވެރިއެއްގެ ވެރިކަން ނިމުމުންތޯ އެމްއެމްޕީއާރްސީ ގެ ބޮޑު ހިޔާނާތުގައި ހިމެނުނު ހުރިހާ އެންމެންނަށް ހައްގު އަދަބުދީ، ފިޔަވަޅު އެޅެންޖެހޭ ކަމަށް ޝެއިޙުއަށްތިވިސްނުނީ؟؟ މީގެކުރިން ތިކަހަލަ ވާހަކަފުޅެއް ވިދާޅުވާންނުކެރުނީ ޖަލުގޮޅީގެ ބިރައްތޯ؟؟؟ ހަމައަހާލީ

  4
  5
 3. މުސްލިމް

  ތީ ޢިލްމްވެރިއެއްނޫން.. ތޮލަބަލްޢިލްމް ތީ..

  5
  1
 4. ސޭކް

  ގޭގަ ތިބެތިހެން ބުނީމަ އެ ނިމުނީތަ! އެވަރުން އެ ހައްޤު މިންވަރަށް ބަސްބުނެވުނީތަ؟ ރައްޔިތުން ގަނަ ތެޅޭއިރު މި ޝޭޙުން މިތިބެނީ ޓްވިޓް ކޮށްގެން ގައުމު ހިންގޭނެ ކަމަށް ބަލާ އެކަން ކުރަން.
  ދީން ފެތުރުމާއި، މުޖްތަމައުގައި ހުރި ދީނާ ޚިލާފަކަންކަން ޙައްލުކުރުމުގައި މި ދުނިޔެ ދެއްކި މިސާލަކީ އެ އެއްނޫން. އިސްލާހަށް މަސައްކަތް ކުރާނީ ތިހެނެއް ނޫން.
  މާތް ﷲ މި ގައުމުގައި ޝޭހުންނަށް މިޔަށްވުރެ ހެޔޮ ވިސްނުމެއް ދެއްވާ ދޭވެ! އާމީން

 5. ބުރުގާ

  މީދެން ކޮން މުނާފިގެއް. މިކަހަލަ މީހުނާހެދީ ރާއްޖޭގަ ބާރު ސުޕީޑުގަ އެތީސްޓުން ގިނަވަނީ.