ހިޖާމާ ޖެހުމަކީ ސާބިތު ކުރެވޭ ސިއްހީ ވަކި ފައިދާއެއް ލިބޭ ކަމެއް ނޫންކަމަށާއި ސިއްހީ ޚިދުމަތުގެ ގޮތުގައި ހިޖާމާ ޖެހުމަކީ މަނާ ކަމެއްކަމަށް ބުނެ ހެލްތު މިނިސްޓްރީން އާއްމު ފަރާތަކަށް ސިޓީއެއް ފޮނުވައިފިއެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" ބަންދު ކުރަން އަންގާ ހެލްތު މިނިސްޓްރީން އެތަނުގެ ވެރިޔާ އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި އޮންނަނީ "ސާބިތު ނުކުރެވޭ ސިއްހީ ވަކި ފައިދާއެއް ލިބޭނެކަމަށް ބުނެ ނުވަތަ ބައެއްޔެއްގެ ފަރުވާއެއް ކަމަށް ބުނެ އިޝްތިހާރު ކުރުމާއި، ސިއްހީ ޚިދުމަތުގެ ގޮތުގައި ހިޖާމާ ޖެހުމަކީ މަނާކަމެކެވެ. އަދި އެފަދަ ގޮތަކަށް އިޝްތިހާރުކުރުމާއި އެފަދަ ޚިދުމަތް ފޯރުކޮށްދިނުން ހުއްޓާލުމަށް ވެސް ދަންނަވަމެވެ."

ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ "ފަޒީސް ހިޖާމާ ތެރަޕީ" އިން ދެމުންދާ ހިޖާމާ ޖެހުމުގެ އިތުރުން އިތުރު ސިއްހީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ، ހަމަޖެހިފައިވާ އުސޫލުން އެޚިދުމަތަކަށް އެދި ހެލްތް މިނިސްޓްރީގެ ހުއްދަ ލިބިގެން ޚިދުމަތް ކުރިއަށް ގެންދެވުމަށް ދަންނަވާ ކަމަށެވެ.

ހިޖާމާ ޖެހުމަކީ ސާބިތު ނުކުރެވޭ ސިއްހީ ވަކި ފައިދާއެއް ލިބޭ ކަމެއް ނޫންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވި ނަމަވެސް އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ(1) "ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ."

އެހެންކަމުން އިސްރާއާއި މިޢުރާޖުގެ ދުވަހު މަލާއިކަތްބޭކަލުންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޙިޖާމާޖެއްސެވުމަށް އިރުޝާދުދެއްވުމަށްފަހު، މިއުއްމަތަށް ހިޖާމާޖެހުމަށް އަމުރުކުރުމަށް އިރުޝާދުދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا كُلُّهُمْ يَقُوْلُ لِيْ : عَلَيْكَ يَا مُحَمَّدُ بِالْحِجَامَةِ(2) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ހިޖާމާޖައްސަވާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ." އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا قَالُوا : يَا مُحَمَّدُ مُرْ أُمَّتَكَ بِالْحِجَامَةِ (3) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، "އޭ މުޙައްމަދެވެ. ކަލޭގެފާނުގެ އުއްމަތަށް ޙިޖާމާޖެހުމަށް އަމުރުކުރާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ."

އާދެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ޙިޖާމާޖައްސަވާފައެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) "އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ." އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ. وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5) "ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ. ޙިޖާމާޖަހާށެވެ."

ވަރަށް ގިނަ ދިވެހިން ވެސް މިހާރަކަށް އައިސް ހިޖާމާ ޖަހައެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. ްއާސިފު

    ސަރުކާރާ އެއްކޮޅު ވެބަލަ. އޭރުން ތިކަން ހަމަޖެހިދާނެ.

    48
    34
  2. ރާޒީ

    ޝޭހު އިމުރާނުމެން ދީނީ އިލްމުވެރިންނަށްވެ ހުރެ ކެބިނެޓުގަތިބެގެން މިކަހަލަ ދީނީކަންތައް މަނާކުރާތީ ހިތާމަކުރަން

    122
    7
    • ލިން

      ދީނީ ކަމެއް ނޫން ޗައިނާ މީހުން ޖަހާހެއ ްހިޖާމާ ޖެހުމަކީ..ހުއްދަ ނުނަގާ ބަޔަކު ހިންގާ ޖަރީމާއެއް.. ހުއްދަ ނަގައިގެން ކުރާށޭ ބުނީމަ ދީން ވައްދައިގެން ގޭސްގަނޑެއް އެނބުރީ

      11
      36
    • ހޯމް މިނިސްޓަރު

      އިމްރާނަށް އޮތީ އޭނާގެ ފިލްމް ރިލީސް ކުރުން ނޫނީ ދީނީ ކަންކަމާ ނުބެހި މަޑުން ހުރުމުގެ ޗޮއިސް ދީފަ.

      18
      1
  3. ޑުބޮރުކި

    ޖަހާނަން ނުވެސް ހުއްތުވޭނެ

    111
    9
  4. ޢަލީ

    ހުއްދަނުހޯދައި ހިޖާމާ ޖަހައިގެންނިވާނެ. ކޮންމެ މީހަކަސް.

    22
    82
    • ދދދދދ

      ޖަހާނަން ފެލި ފެލި ތިބޭ

      13
      1
    • ޢ

      އިސްލާމް ދީނަށް އުޅެންވެސް ހުއްދަ ނަގަންޖެހޭނެ ދޯ އެހެންވީމަ

  5. އިބްރާހީމް

    ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ(1) "ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ."
    ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا كُلُّهُمْ يَقُوْلُ لِيْ : عَلَيْكَ يَا مُحَمَّدُ بِالْحِجَامَةِ(2) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ހިޖާމާޖައްސަވާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ." އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا قَالُوا : يَا مُحَمَّدُ مُرْ أُمَّتَكَ بِالْحِجَامَةِ (3) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، "އޭ މުޙައްމަދެވެ. ކަލޭގެފާނުގެ އުއްމަތަށް ޙިޖާމާޖެހުމަށް އަމުރުކުރާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ."
    ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ޙިޖާމާޖައްސަވާފައެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) "އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ." އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ. وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5) "ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ. ޙިޖާމާޖަހާށެވެ."

    ރަސޫލާގެ ޙަދީސް އަކަށްވިޔަސް އިންކާރު ކޮއްފި މީހަކު މުރުތައްދުވީ.

    131
    5
  6. ސިއްހީ

    ބްލެކްހޯލް އާއި މިހާރުގެ އެތައް ހޯދުންތަކަކީ 19 ނޫނީ 20 ވަނަ ގަރުނުގެ ސައިންސްވެރިން ދޮގުކުރި ހޯދުންތަކެއް. މިހޯދުންތައް ހޯދަންއުޅުނު އަލްބާޓް އައިނިސްޓައިން ފަދަ ސައިންސްވެރިންނަކީ ގަމާރުން ކަމަށްވެސް ދޮގުކުރި ސައިންސްވެރިން ދިޔައީ ބުނަމުން. ނަމަވެސް ފަހުން އެމީހުން ޖެހުނީ ހޯދުންތައް ގަބޫލުކުރަން. ފަހަރެއްގަ ހިޖާމާޖެހުމުގެ ފައިދާ ސައިންސްގެ (ސައިންޓިފިކް މެތޮޑް) ގޮތުން އަދި ހޯދިފައެއް ނެތް. ހޮދަން އެހާވަރަކަށް މަސައްކަތެއްވެސް ނުކުރެވޭ. އިސްކަން މިދެވެނީ ފައިސާއާއި ދުނިޔޭގެ އުފަލަށް. މުސްލިމުންގެ ތެރެއިންވެސް އެންމެ ތަނަވަސް މީހުންވެސް އިސްކަންދެނީ އެންމެ ދިގު އިމާރާތް އެޅެނީ ކާކަށްތޯ ބަލަން. ކާފިރުން ބޭނުމެއްނޫން އިސްލާމްދީނުގައި އައިސްފައިވާ ކަމެއް އެއީ ތެދެއް ކަމަށް ގަބޫލުކުރަން. ބޭނުންވަނީ އެކަން ވީހާވެސް ބޮޑަށް ދޮގުކުރަން. ހަދީސްތަކުން އެނގޭ ގޮތުގައި ހިޖާމާޖެހުމާއި، އަލިފާން ބޭނުންކޮށްގެން ޒަހަމްތައް ބަންދުކުރުމާއި މާމުއި ބުއިމަށް ބޭނުންކުރުމަކީ ސިއްހީގޮތުން ވަރަށް މުހިންމު ކަންކަން. މީގެ ތެރެއިން ސައިންސްގެ ގޮތުން އަލިފާން ބޭނުންކޮށްގެން ޒަހަމްތައް ބަންދުުކުރުމާއި މާމުއިބޭނުންކުރުމުގެ ފައިދާ މިވަނީ ސާބިތުވެފައި.

    64
    2
  7. އިބްރޭ

    ތިޔަބުނަނީ ﷲއާ އެކަލާނގެ ރަސޫލާއަށްވުރެ ހެލްތުމިނިސްޓްރީއާ އެތާތިބި ޖާހިލުންނަށް މާބޮޑަށް އެގޭ ކަމަށްތަ. ތީ ނިކަމެތި އިންސާނުން. ﷲއަށް ގޮމެއްނުޖެހޭނެ.

    154
    4
  8. ކޮބާ!!

    ޙެލްތް މިނިސްޓަރުގެ ގާބިލްކަން ފަޅާއެރީއެއްނު !!

    113
    8
    • ޖެހޭނެ

      ފަލާހުލް އަމީން އާއި ހެލްތް މިނިސްޓްރީއިން ބުނީ ހަމަ ތިހެން

    • ބޮޑު މިނިސްޓަރު

      ތި ކިޔާ މިނިސްޓަރަކީ ޔާމީނު ސަރުކާރުގައި ކަމެއް ކުރާން ނޭގިގެން ހަވާލުކުރި މިނިސްޓަރޫގައި ވާނުވާނެސް ނޭގިގެން ނަގާ ހޫރާލި މީހެއް! މިއަދު ވަކި އާ ގޮތެއް ވާނެތަ!

      16
  9. ވާނުވާ

    ހެލްތު މިނިސްޓަރު ވާން ޖެހެނީ ހަމަ އެކަނި އިނގިރޭސި ކަރަ ތަކުން ކިޔަވައިގެން އަންނަ ބޭސްވެރިން ދައްކާ ވާހަކަ އަޑު އަހާފަ އެއަށް ގޮތެއް ނިންމާކަށްނޫން. ބޭސްވެރި ކަމަކީ އެތައް ތަފާތު ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މިނިސްޓަރުކަން ލިބުނަސް ތިމަންނައަށް ހުރިހާ ކަމެއް އެނގެއޭ ހީކުރީމާ ތިމާގެ ނޭނގޭ މިންވަރު ބޭޒާރު ވާނެ. އަމުރެއް ނެރޭނަމަ މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭނަމަ އެއީ ލަދުވެތި ކަމެއް

    93
    1
  10. ޖިންނި

    ނަސޯރާ ސަރުކާރު

    83
    7
  11. ޢާއިޝާ

    ސާބިތު ކުރަން ބޭނުމިއްޔާ ދީން އުނގެނި ދަސްކުރޭ. ތިމާއަށް ނޭނގޭ ކޮންމެ އެއްޗަކީ ސާބިތު ނުވާއެއްޗަކަށް ވާކަމަށްވަންޏާ ތިޔަށް ވުރެން ހޭޖެހޭ މީހަކު ތިތަނަންލާ. ޔޯގާ ކަހަލަ ލާދީނީ އެއްޗެހި ހެލްތުގެ ވެރިންނަށް އިޝްތިހާރު ކުރެވޭ.

    103
    3
  12. ބަލިމީހާ

    ހެލްތް މިނިސްޓްރަށް އެނގިލައްވާތޯ ޕެރެސެޓްމޯލް އެއީ ކޯއްޗެއްކަން؟؟؟؟

    96
    5
    • ހޭ މީހާ..

      ހަހަހަހަހަހަ..🤣🤣🤣🤣🤣

    • ހެލްތުމިނީސްޓަރު

      އާން! އެއީ ހަތަރު ފުރޮޅު ލީ ބައިސްކަލެއް!

      17
      1
  13. ޔަހޫދީ ސަރުކާރު

    މި ބައިގަނޑު މިހާރު މި ތައްޔާރުވަނީ ގައުމު އަނބުރަން. މިމީހުން މިއަދު ވަރަށް އުފާވާނެ އޫރުގެ ހަބަރު ފެނިފަ. ދެން ތިމަންނަމެންވެސް ސިކުނޑީގެ ސެލްތައް ދިރުވާނަމޭ ބުނާނެ.

    64
    7
  14. 3 ބާރު އެއްވުން

    ސުންނަތުން ސާބިތުވާ ކަންކަން އިންކާރުކޮށް މިނިސްޓުރީ ތަކުން ރައްޔިތުންނަށް ސިޓީ ފޮނުވަން ކެރުނީ މަޖިލިސް އިންތިޚާބަށްފަހު.
    3 ބާރު އެއްވިޔަސް އެންމެން އެއްވިޔަސް ޢާލަމްތަކުގެ ވެރި އިލާހަށް ގޮން ނުޖެހޭނެ

    107
    3
  15. ޢަލީދީދީ ގެ ހުތާ

    އަދި ދުވަސް ކޮޅަކުން މި ވެރިން ބުނާނެ قران سنة ކީ ވެސް ސާބިތު ވާން އޮތް ކަމެނޫން ކަމަށް. ކިހާވަރަކުން ދާނެބާ....

    80
    4
  16. މިނިސްޓަރ އޮފް ހިޖާމާ

    ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ(1) "ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ."

    82
    3
  17. ޒާ

    ސިއްހީ ފަރުވާއެއް ނޫން. ބަޔަކު ލާރިކާން ކުރާ ކަމެއް. އެކަން ކުރަނީވެސް މޫނު ފޮރުވައިގެން ފިލައިގެން އުޅޭ ބަޔަކު. އެތައް ފައިސާއެއް އަތުލާފައި އެތައް ސަކަރާތެއް ޖަހަނީ ވަކި ކަންތައްތަކެއް ގަބޫލު ކުރުވައިގެން. މިކަން މަނާކުރަންޖެހޭ.

    4
    19
  18. ޙިޖާމާ ފަރުވާ ވޭ

    ތިޔައޮތީ ހެޔޮ ވެރިކަމުގެ ކަންކަން ފެންނަން. ދީނުގަ ސާބިތު ކަމެއް ކިހިނެތްތޯ ހެލްތު މިނިސްޓަރޭ ކިޔާ މީހާއަށް އަސްލެއްނެތްކަމެކޭ ބުނެވޭނީ.. ކޮބައިތޯ އޭނާގެ ވިސްނުން. ކޮބާ ސަރުކާރުގެ މަޤާމުތަކުގައި ތިބި ޝެއިޚުން ބަސްވުނޭ

    10
  19. ނުބައިހާނު

    އަހަރެމެން ސުންނަތަށް ތަބަޢަވުމަށް ހިޖާމާ ޖެހިޔަސް އެންމެ ރަނގަޅުތޯ؟ ޚުދަކަމު ނުދެވޭ މީހަކު ކުޑަކަމުދާންވެސް އަމީންބުރޯގެ ހުއްދަ ހޯދަންޖެހޭނެތޯ؟

    14
  20. ބާރީ

    ޙިޖާމާ ޖަހާނަން، ހުއްދައެއްވެސް ނުނަގާނަން.....ކުރާކަމެއްކޮށްބަލަ....

    17
    1
  21. ޒާދު

    މިހާރު ތިޖަހާ ހިޖާމާއަކީ ޗައިނާ މީހުންގެ ސުންނަތާ އެއްގޮތަށް ޖަހާ ހިޖާމާއެއް..ރަސޫލު ޒަމާނުގަ ހިޖާމާޖެހީ އެހެނެއް ނޫން.. ދެން ހުއްދަ ނުނަގާ ސިއްހީ ފަރުވާ ނުދޭށޭ ބުނީމަ އެއަށް ވެސް ދީން ވައްދައިގެން ގޭސްގަނޑެއް އެނބުރީ.. އެއްވެސް ސިއްހީ ފަރުވާއެއް ދީގެން ނުވާނެ ރަޖިސްޓަރ ނުކޮށް.

    3
    17
    • މަ

      ޢޭރު ހިޖާމާ ޖެހި ގޮތް ކިޔައިދީބަލަ ތިހެންޏާ...ބަލަ ކުރިން އަންހެނުން ނުވިހަިގެ ސިޒޭރިއަން ވެސް ނުހަދާ...ދެން ކީއްވެ މިހާރު ސިޒޭރިއަން ހަދަނީ... ޢޭރު އެކްސްރޭ އެއް ސްކޭން އެއް އެކައްޗެއްވެސް ނަހަދާ... ޥެކްސިނެއްވެސް ނުޖަހާ... މިހާރު އެހުރިހާކަމެއް އެކުރަނީ ކީއްވެ.. ހަމަ ކުރިން އުޅުނު ގޮތްއޮންނާންނު ތިހެންކިޔަންޏާ

  22. ކަނބުލޮ

    ހިޖާމާ ޖެހެހުން އެއީ ސުންނަތުން ސާބިތުވާ ކަމެއް. ނަމަވެސ ހިޖާމާ ޖެހުން އެންމެ ރަނގަޅު ގޮތަކީ ހުއްދަ ހޯދަންވާ ތަންތަނުން ހުއްދަ ހޯދައިގެން ކުރިޔަށް ދިއުން. މިހާރު މިކަމަކީ ވަރަށް ޢާންމު ކަމެއް. ޞިއްޙަތާ ގުޅުން ހުރި ކަމަކަށް ވާތީ ޞިއްޙީގޮތުން ރައްކާތެރި މާޙައުލެއްގައި އެކަން ކުރުން ބުއްދިވެރި ކަމެއްކަމަށް ޤަބޫލްކުރެވޭ. ޝުކުރިއްޔާ

    15
    1
  23. ނަވްފަލް

    ގިނަ ދިވެހިންނަކީ ދީނަށް މާބޮޑަށް ލޯބިކުރާބަޔެއްނޫން....މިތާ ދެކޮޅަށް ކޮމެންޓު އެ ޖަހަނީ މޑޕ ދެކެ ރުޅިއަންނާތީ ކޮންމެހެން ދީނަށް ލޯބިކޮށް ހަދީޘް ޤަބޫލުކުރާތީކީނޫން. އަދި މިތާ އެއްކޮޅަށް ކޮމެންޓު ކުރަނީ އެއީ މޑޕ އަށް ތާޢީދު ކުރާމީހުން ކޮންމެހެން ހަދީޘް އަށް ލޯބިކުރާތީކީ ނޫން. މިހާރު މީ ޕީޕީއެމް ސަރުކާރެއް ނަމަ ދެންމެ މިބުނެވުނު ކަންތައް އަނެއް އަތަށް ހިނގާނީ.... ތީން އެއްވެސް ބަޔަކަށް ނޭނގޭނެ ރަނގަޅަށްވިއްޔާ ޙހޖާމާ އެއީ ކޯންޗެއްކަންވެސް މިފަދަ ނޫހެއްގަ ޖެހީމަ ނޫނީ....ވަރަށް ދީނާމެދު ޖާހިލު ގިނަ ދިވެހިން...ޑިމޮކްރސީއެއީ ހުރިހާ އެއްޗަކީ.....

    16
    4
  24. މުހައްމަދު އިބްރާހިމް

    އިލްމް ވެރިން މިކަމާއި ބަހެއް ބުނުން މުހިންމު ކަމުގައި ދެކެން. ޝޭހް އިލްޔާސް ، އިމްރާން ، އިޔާޒް މެން ފަދަ ބޭފުޅުން އެއްޗެއް ވިދާޅުނުވެ ހުރުން ރަނގަޅެއް ނޫން.

    13
    1
  25. ބަބުރު

    އަސްލު އަހަރެމެންވެސް މިހާރު އުމުރުން 30 އިން މަތީގަ މިތިބީ. ތިޔަ ހިޖާމާއެއްގެ ވާހަކަ އަޑު އިވުނީ މީގެ ދެތިން އަހަރު ކުރިން. އެޔާއެކު ކުރިން ފަންޑިތަ ހަދަން އުޅުނުމީހުން ރުގިޔާ ކުރާމީހުންނަށްވެ އަދި މި އަޑު ފެތުރުމާއެކު އެމީހުން ހިޖާމާ ޖަހާ މީހުނަށް ބަދަލުވި. މީ ކުރިން އޮންނަކަމެއްނަމަ %100 ގައުމަކަށް މިކަން ނޭގި އޮތުމަކީ ސުވާލު އުފެދޭކަމެއް. އަދި ހަށިގަނޑުގެ ކޮއްމެތަނެއްގައި ސަކްޝަން ހިފާގޮތަށް އެއްޗެއްޖަހައިފިއްޔާ ގަނޑުލޭ އަންނާނެ. އެލެޔަކީ ހަޑިގަނޑުގައި ހުންނަ ބަލިމަަޑުކަމެއް އަދި ބޭކާރު ލެޔެއް ބޭރުވުމެއްނޫން

    3
    21
  26. Anonymous

    ހައްޖަ ދިޔުމުން ވެސް ވަރަށް ބަލިތަ ފެތުރޭ ސައިންޓިފިކް ގޮތުން އެޖެންޑާގާ ދެން އޮތީ މިކަމަ ގޮތެއް ނިންމުން

    10
  27. ޜަނާ

    މިހެން ވީމައޭ ލާދީނީއޭ ކިޔަން މަޖުބޫރު ވަނީ އެހެންނާ ފަހެ ރަސޫލާފެ ހަދީޘުން ސާބިތުވާން ހުރި ކަންތަކާ ދެކޮޅު ހަދާނަމަ ދެން ފަހެ ކިޔާނީ ކީކޭ ބަކަރި ފަޔަކަށްވިހަލާފަ ޔަހޫދީ އަންހެނަކު ފަރިއްކޮޅު އަރުވައިގެން އެއިން އެތިކޮޅެއް ފަރިއްކުޅުއްވިގެން ވެސް ހިޖާމާ ޖެއްސެވިކަމަށް ސިޔަރަތުގަ އޮވޭ ، ތިމާއަށް ނޭގޭނަމަ ދީނީ ޢިލްމް ވެރިން ކައިރީ އަހާބަލަ އިސްކޮޅަށްވުރެ މައްޗަށް އަމުރުތައް ނުހިންގާ

    15
    3
  28. ސޭލިިހޯ

    ހައްޖަ ދިޔުމުން ވެސް ވަރަށް ރޯގާ ބަލިތަ ފެތުރޭ ސައިންޓިފިކް ގޮތުން އެޖެންޑާގާ ދެން އޮތީ މިކަމާ ބެހޭ ގޮތުން ގޮތެއް ނިންމުން

  29. ހުސޭނުބޭ

    މިނިސްޓަރަށް ސާބިތުވާ ހަމައެކަނި އެއްޗަކީ ބޮޑެތި ލާރިގަނޑު! ތި ސާބިތުނުވާ މިނިސްޓަރުން ސާބިތުކަމާއެކީ ކެއިހާ ލާރިއެއްގެ ވާހަކަ އަދި އަންނާނެ!

  30. ޢަޒުމާ

    ފަޒީ ޖައްސަވަނީ ސުންނަތް ހިޖާމާ ތޯ؟ ސުންނަތް ހިޖާމާ އަކީ ކޯޗެއްކަން ދިވެހިނގެ ގިނަމީހުންނަކަށް ނޭގޭ.

    2
    9
  31. ޣަސަް

    ޙިޖާމާ ޖަހަން އެގެނީ ފަޒީ އށް އެކަނި ދޯ؟ އެވެސް ނުކަފާ ލޭނުނެރި. ޢޭނާ އެހަދަނީ ސިހުރެއްނޫންބާ

    3
    11
  32. ކޮރަލް

    ގުރުއާނާއި ސުންނަތުން ސާބިތު ވާކަންކަމަކީ އިތުރައް ސާބިތު ކޮށްދޭން ޖެހޭ ކަންތައް ތަކެއް ނޫނެވެ. ހިޖާމާ ޖެހުމުގެ ފައިދާ ފަހުގެ ތަހުލީލުތަކުން ވަނީ ހޯދާފައެވެ. ކަންކަން ފެންނާނީ ހޯދާ ބަޔަކަށެވެ.

    16
  33. ފަޒޫ

    މިނިސްޓްރީ ބޯގޯސް ވާހަކަނުދަަައްކާ ޖަހާބަލަ ފޮޑި

  34. Anonymous

    ރަނގޅު. ތާކު ނުޖެހޭ ކަންތައް ކުރަން ވަރަށް ވަރު ހުންނާނެ ދިވެހިން.

  35. ދޫދު

    ތިޔަ ފަރުވާވެސް އިންޑިއާއިން ހޯދަނިކޮށް އޯކޭވާނެ.

  36. ހޮޅިމީހާ

    އަރިދަފުސް ރޯގާ ޖެހޭ މީހުނަށް ދޭ ފަރުވާގެތެރޭގައި ވިޓަމިން ސީ ހިމަނާތާ ކިތައްހާސް އަހަރު ވެއްޖެބާ؟ އެކަމަކު އެ އެސިޑާއި، މިރޯގާއާއި ހުރި ގުޅުން އަދިވެސް އޮތީ ހޯދުމާއި ބަހުސުގެ ތެރޭގައި ނޫންބާ؟ އެހެނޭ ކިޔާފައި، ގުޅި ނުފުރޭ ހައެއްކަ މީހަކު ހަމަ މިހެން ތިބެލާފައި، އެއީ ސާބިތު ނުހިފޭ އެއްޗެކޭ ކިޔައި، އެ ހުއްޓުވަން ގަރާރުނެރެ، ސިޓީ ފޮނުވަން ފަށައިފިނަމަ ކިހިނެއްބާ ވާނީ؟
    ހިޖާމާ އެކޭ ކިއަސް، ކަޕިން އެކޭ ކިއަސް، އެ އެއްޗަކީ ދިވެހީންގެ ތެރޭގައި އެންމެ އެވޭލާ ޒަމާނުއްސުރެ އާއްމުވެފައިވާ ކަވާޖެހުުން.
    މި ދުނިޔޭގެ ހުރިހައި ޙަޟާރަތެއްގައިވެސް، އޭގެ ފެށުން އޮތް ހިސާބެއްވެސް ނޭނގޭހާ ކުރީއްސުރެ އެއް ޖީލުން އަނެއް ޖީލަށް ދަސްކޮށްދެމުން އަންނަ ސާބިތު ފަރުވާއެއް. ޗައިނާގައި އެ ކަނި އޮތް ފަރުވާއެއްކަމަށް ބަލައި ރުޅިގަނޑެއް އައިސްގެން ހުއްޓުވާނަމަ، އިނގިރޭސީންނާއި، ޔޫރަޕުގެ އެހެނިހެނަ ގައުމުތަކުގައްޔާއި، އެމެރިކާގައި، އެންމެ ބޭސްވެރިކަމަށް ތަސައްރުފު ފުދޭ ގައުމުތަކުގައި، މަޝްހޫރު ބޭހުގެ އިލްމުވެރީންގެ މެދުގައި މި ކަމަށް ހުރި ފޯރި ބަލާބަލަ. ޙަކީމްޖާލީނޫސް މެންނަކީ، އަމީނުމެނަށްވުރެ ބޮޑު ގަމާރުންތަ؟ މިއީ އާދައިގެ ކަމެއްނަމަ ކީރިތި ރަސޫލާއަށް މަލާއިކަތުންގެ އިރުޝާދު މެކަމުގައި އައިސްފައެއް ނޯންނާނެ. وانهم ... لا يفهمون.

  37. ނުރަބޯ

    ރަސޫލުﷲ ޞ.ޢ.ޥ ގެ ޙަދީޘްފުޅު ދިމާލަށް ފެންނަން އޮއްވާވެސް އެ ދޮގުކުރަނީތަ؟ ނޫނޭވާ ތިޔަހަރީ މިނިސްޓަރެއް. ޖާހިލުކަން ބޮޑަކަސް ތިޔައީ ދެން ބޮޑުވަރެއް. ކަލޯ އަފުން...! ކިހާވަރެއް ވީމާތަ ސާބިތު ކަމަކަށްވާނީ.....؟

    6
    1
  38. ދޮގެއް؟

    މިމީހުން ތަބާވާ ކާފަރު ގައުމުތަކުން ކަށަވަރުކޮށްދޭ ފަރުވާއެއް ނޫން ވާހަކަ އެބުނަނީ

  39. ާމަ

    ފެނޭ ރީދޫ ފޮށާއަޅައިގެންތިބި ބައިގަޑާ ވެރިކަން ހަވާލުކުރީމަ ވާގޮތް. ދީނުގެ ކަންފުޅެއް ނެތްތާގަ އިސްލާމްދީނުގެ ކަންކަން ދަންނަ މީހެއްކައިރީ އަހާލުންވެސް ނެތީ. އަމިއްލަ އަށް ފެންނަގޮތެެއް އެއީ ރަނގަޅުގޮތް

  40. ދަރީ

    ސޭޓު ޕާޓީ މިނިސްޓަރުން ސަރުކާރުން ވަކިކުރޭ

  41. ހަތެއް

    ލާދީނީ ސަރުކާރު

  42. ވާނުވާ

    ތިޔަ ސިޓީ ނުވަތަ ލިޔުން ލިޔުނު ކުއްޖާ އަށް ހިޖާމާގެ މާނަ ނޭގޭ ކަމުގައިވަނީނަމަ ތިޔައީ މައްސަލައެއް ނޫން. އެކުއްޖާ ހީކުރީ އެއީ ރޭގަނޑު ނިދަން ލާ ހަރުވާޅު ކަމަށް. ހަދީސް ނޫން ގޮތެއް ބޭނުމެއް ނޫން.

  43. މުޙައްމަދު

    އިލްމު ވެރިން ކޮބާ ؟؟

  44. މުޙައްމަދު

    އިލްމު ވެރިން ކޮބާ ހަނުގަތަ ؟؟