2013 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދި ޕާޓީ ޕްރޮގްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަލުން ހޯދާ ޕާޓީ ހިންގަން ޝައުގުވެރި ނުވާކަމަށް މައުމޫންގެ އައު ޕާޓީ އެމްއާރްއެމްގެ އިސް ބޭފުޅެއް ކަމަށްވާ ބްދުލް އަލީމް ވިދާޅުވެއްޖެއެވެ.

އެމްއާރްއެމްގެ އިސް އޮފިޝަލެއް ކަމަށްވާ އަލީމް، ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ ކޯޓަށް ހުށައެޅުމުން އެ މައްސަލަ މައުމޫނާ އެއްކޮޅަށް ނިމޭނެ ކަމަށް އުއްމީދު ކުރި ކަމަށެވެ. ނަމަވެސް ޔާމީނާ އެއްކޮޅަށް މައްސަލަ ނިމި، މިހާރު ރައީސް މައުމޫން އާ ޕާޓީއެއްގެ މަސައްކަތް ކުރަން ފެށުމުން، ދެން އަލުން ޕީޕީއެމާ ގުޅުމުގެ ޚިޔާލެއް އެމަނިކުފާނުގެ ވެސް ނެތް ކަމަށެވެ.

މައުމޫންގެ އައު ޕާޓީއެއް އުފައްދާ އެ ޕާޓީއަށް މީހުން ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެމަނިކުފާނު އުފެއްދެވި ޕީޕީއެމް ވަނީ މިދިޔަ ތިން އަހަރުގެ ބޭއްވި ތިން އިންތިހާބުގައިވެސް ބޮޑު ނާކާމިޔާބީއެއް ލިބި ޕާޓީ ވަނީ ބައިބައިވުން އުފެދި ރޫޅިފައެވެ.

ޕީޕީއެމް ލީޑާޝިޕްގެ އިސްބޭފުޅުން އައު ލީޑާޝިޕްއަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ވެސް ވަނީ ސަޕޯޓަރުން ބޭނުންވާނަމަ ސިޔާސީ މައިދާނުން ދުރަށް ޖެހިލަން އުޅޭކަމަުގެ އިޝާރަތެއް ކުރަށްވާފައެވެ.

އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމުން ކުރި ބޮޑެތި ޚަރަދުތަކަށް ފައިސާ ނުދެއްކި ޕާޓީ ވަރަށް ބޮޑަށް ވަނީ ދަރަނި ވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން ނ

    ދެދުލުގެވެރިމައުމޫނު

    19
    1
  2. މަލީ

    މައުމޫނުގެ ވެރިކަން ވެއްޓުމަށާ މައުމޫނު ގެ އަބުރު ފުޅު ކަތިލެއްވުމަށް ނިކުތް ޕާޓީ އާ ބައިވެރިވެގެން މައުމޫނު ގެ ކޮއްކޯފުޅަށް ވެރިކަން ދިނުމަށް ދިވެހިރާއޖޭ ރައްޔިތުން ކައިރީގައި ވިދާޅުވެގެން ހޯދި ވޯޓުން ކޮއްކޯފުޅު ހޮވިވަޑައިގެން ވެރިކަމަށް 6 މަސް ވީދުވަހުން ފެށިގެން އެއްކަލަ އަބުރުފުޅު ކަތިލެއްވި ޕާޓީއާ ގުޅި ވަޑައިގެން ކުރެއްވި މަސައްކަތަކީ މައުމޫނު އާމެދު ޕިޕީ އެމްގެ އެތަކެއްމެމްބަރުން ނަފްރަތު ކުރވިކަމެއް. މައުމޫނު އާހެދި ނޫންނަމަ މިދިވެހިރާއްޖެ ދުވަހަކުވެސް އެމްޑީޕީ އަތަކު ނުޖެހޭނެ. އެމްޑީޕީގެ ސަބަބަުން މިދިވެހިރާއްޖެއަށް ލިބޭ ކޮންމެ ގެއްލުމަކީ ސީދާ މައުމޫނު ޒިންމާ ނަންގަވަން ޖެހޭކަންތައް. މިދިވެހިރާއްޖޭގެ ރައްޔިތުންގެ ފިކުރުތައް މަސްހުނިވެ ސީދާ ކަޅު ފައިސާގެ ދަޅައިގައި ޖެހިގެން މި2 އިންތިޚާބުވެސް އެމީހުންނަށް ކާމިޔާބުވީވެސް ތިޔައީ ކީ ހަމައެކަނި އެމްޑީޕީގެ ފިކުރެއްވެސް ނޫން.