ސިފައިންގެ އަހަރީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ ހިނގާލުމުގައި އެ މުއައްސަސާގެ ބައެއް އުޅަނދުތައް ދައްކާލުމަށް ހަމަޖެހިއްޖެއެވެ.

ޝަރަފްވެރި ހިނގާލުން އޮންނާނީ މާދާމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ. އެމްއެންޑީއެފްގެ ހުރިހާ ވިންގެއް ބައިވެރިވާ މިޝަރަފުގެ ހިނގާލުމުގެ ލަޝްކަރުގައި އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯޓް ސާވިސް، ސްޕެޝަލް ފޯސަސް އަދި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސް ބައިވެރިވާނެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ކޮންމެ ގެމައެއްވެސް މި ހިނގާލުމުގައި ބައިވެރިވާނީ އެބަޔަކަށް ހާއްސަކޮށްފައިވާ ޔުނިފޯމުގައި ކަމަށާއި މިހިނގާލުމުގައި އަންހެން ސިފައިންނަށް ހާއްސަ ގެމައެއް ވެސް ހިމެނޭނެ ކަމަށެވެ. ސިފައިންގެ މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔަ ވެހިކަލްތަކާއި ސްޕެޝަލް ފޯސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް މިހިނގާލުމުގައި ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

މި ހިނގާލުން ފަށަން ހަމަޖެހިފައިވަނީ ބަންޑާރި ކޮށި ކުރިމަތިންނެވެ. ހިނގާލުން ނިންމަން ހަމަ ޖެހިފައިވަނީ ކަޅުތުއްކަލާ ކޮއްޓަށެވެ. އަދި ފުރަތަމަ ހުއްޓަކަށް އިނީ މުލިއާގެ ސަރަހައްދެވެ. މި ހުއްޓުމުގައި ބޭންޑުގައި ބޮޑުބެރާއި އެކު ފުނަޖެހުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި، މަޖީދީ މަގާއި ފާށަނާ ކިލެގެ މަގު ގުޅޭ ކަންމަތި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާއި އާޒާދީ ހިންގުން ގުޅޭ ކަންމަތި ކައިރީގައި މަޑުކުރާނެ ކަމަށް އެމްއެންޑީއެފުނމް ބުނެފައިވެއެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުން އެކި އެކި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެންހިނގަމުން..

    އައިސް ބްރިޖް މަތިން އާދޭ ހުޅުމާލެއަށް. އައިސް ދާނީ އެންމެން އިންޑިޔާ ހެލިކޮޕްޓަރު ތަކުގަ...

    1
    1