ޞިއްޙީ ދާއިރާއަށް ހޯދިފައިހުރި ކުރިއެރުންތައް ހޯދިފައިހުރީ އަމިއްލަ އަށް އެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރި މަސައްކަތުންކަމަށް ކުރީގެ ހެލްތް މިނިސްޓަރ ޑރ އަޙުމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.

“އަޅުގަނޑުމެންގެ މައްސަލަތަކަށް ހައްލު ހޯދުމަށް އަޅުގަނޑުމެން އަމިއްލަ އަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޞިއްޙީ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތައް ލިބިފައިހުރީ. ދުވަހެއް ދުވަހަކަށް މި ދާއިރާއަށް ކުރާ ހޭދަ މިދަނީ އިތުރުވަމުން. އަދިވެސް ގެންނަންޖެހޭ ގިނަ ބަދަލުތަކެއް އެބަހުރި.” ހެލްތު މިނިސްޓަރުންގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމްޝީދު ވިދާޅުވިއެވެ.

ޖަމްޝީދުގެ އިތުރުން މީގެ ކުރިން ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ 9 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވައެވެ.

އެގޮތުން ހެލްތް މިނިސްޓަރުކަން ކުރެއްވި، އަލްފާޟިލާ މުއުމިނާ ހަލީމް، އަލްފާޟިލް މުޙައްމަދު މުޞްތަފާ ހުސައިން، އަލްފާޟިލް އަޙުމަދު އަބްދުﷲ، އަލްފާޟިލާ އަނީސާ އަޙުމަދު، އަލްފާޟިލާ އައިމިނަތު ޖަމީލާ، އަލްފާޟިލާ މަރިޔަމް ޝަކީލާ، އަލްފާޟިލް އަހުމަދު ޒުހޫރު، އަލްފާޟިލާ އިރުތިޝާމް އާދަމް، އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމް މި ސަމިޓުގައިބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑރ ޖަމްޝީދު ވަނީ 12 ފެބްރުއަރީ 2012 ން 1 ނޮވެމްބަރ 2013 ގެ ނިޔަލަށް ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ.


 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެޔޮޅު

    މިސަރުކާރުގެ ސިއްހީދާއިރާ ވަރައްބޮޑައް ފެއިލް ވެއްޖެ މޮޔައެއްގެ އަތައް ކަނޑިއެއް ދިނިމާދެންވާނީ މިހެން!!

  2. ކެޔޮޅު

    ޖަމްސީދުމެން ކުރީ ކޮންކަމެއް ދާއިރާ ހަލާކުކޮއްލީ ހަންފުއްޕީ ކަންކަންކުރީރ ޔާމީނުގެދައުރުގާ ނާޒިމްމެންނެއްނޫންބާ؟؟

    2
    1