އެންސްޕާ އާއި އާސަންދަ ކުންފުންޏަކީ ސިޔާސީ ހަތިޔާރަކަށް ބޭނުންކުރާ ދެ ކުންފުނިކަމަށް ކުރީގެ ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުއްޖެ އެވެ.

ޒުހޫރު މިހެން ވިދާޅުވެފައިވަނީ ކުރީގެ ހެލްތް މިނިސްޓަރުންގެ ސަމިޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުނެވެ.

”އެންސްޕާ އާއި އާސަންދަ އަކީ ޕްލިޓިކަލް ޓޫލެއްގޮތަށް ބޭނުންކުރާ ދެ މުއައްސަޞާ. ހަމަ އިންތިޚާބުތަކާއި ދިމާކޮށް ވޯޓު ހޯދަން ބޭނުންކުރާ ދެ ތަން މި ދެ ތަނަކީ. މިއީ ވަރަށް ހިތާމަކުރާކަމެއް. ހޮސްޕިޓަލްތައް އެޅިދާނެ. އެކަމަކު އަޅުގަނޑުމެންގެ ޑިމާންޑްތަކަށް ބަދަލެއް ނާންނާނެ. ރަނގަޅު ފޮލިސީތަކެއް ހަދައިގެން މިކަންކަން ރަނގަޅުކުރެވޭނީ.” ޒުހޫރު ވިދާޅުވިއެވެ.

މިއަދުގެ ސަމިޓް ހުޅުއްވައިދެއްވުމުގެ ގޮތުން، ރައީސް ވިދާޅުވީ، ޞިއްޙީ ދާއިރާގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ އަބަދުވެސް ބޭނުންވާ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ވަޢުދާއި އެކު. އިރާދަކުރެއްވިއްޔާ އަޅިގަނޑުމެން އެ ކަންކަން ފުރިހަމަކޮށްދޭނަން. އެކަން ކުރުމަށް މި ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ޚިދުމަތްތެރިންގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވާނެ." ރައީސް ވިދާޅުވިއެވެ.

އަހުމަދު ޒުހޫރަކީ ވަރަށް ކުޑަ މުއްދަތަކަށް ހެލްތް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެއީ 10 މާރޗް 2015 ން 20 މެއި 2015 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަން

    ކީވެތޯ ދެން ރަގަޅު ނުކުރެވުނީ ކުރި އެފުރުސަތު ލިބުމުން

    1
    1
  2. ގގގ

    މިނޫން މިނިސްޓަރއެއްގެ ވާހަކައަށް ކީއްވެ އިތުރަށް ހިމަނާނުލީ

  3. ރަންނަމާރި

    އަދިކިރިޔާތަ ތިހެން ބުނަން އެނގުނީ؟ވޭތުވެދިޔަ 5 އަހަރު ކަންތަށްވެގެން ދިޔައީ ކިހިނެއް؟ތީ އެކަމުގެ އެއްބައިވެރި.މަގާމުގެ ބޭނުމުގަ އެއިރަކު ނުކެރުނު ޗުޕްއޭ ބުނަންވެސް.

  4. އީޖާބޭރާއްޖެ

    އާސަންދަޔާ އެންސްޕާ އެކަންޏެއްނޫން އެޗްސީޑީއާ ފެންކަޔާ އެމްޕީއެލްއާ އެމްޓީސީސީއާ މިހެންގޮސް ކިޔާނެކަމެއްނެއް ރަށްޔަތުންގެ ރުފިޔާއިން އުފައްދާ އަމިއްލަ ކުންފުންޏޭ ކިޔައިގެން ނުސީދާގޮތެއްގައި ޕާޓީހިންގުން ޕާޓީގެ އެކްޓިވިސްޓުންގެ ވަޒީފާ ހަމަޖެއްސުން މީރަށްޔަތުންނައްވާ ޙިޔާނާތެއް މަރުނުވާނެކަމައް ގަބޫލްކުރަންޏާ ލަދެއްބިރެއް ނުގަންނާނެ ކޮންމެ ކަމެއްކުރަންވެސް ކީއްތޯކުރާނީ ޑިމޮކްރަސީޔަކީ ރަށްޔަތުން އަޅުވެތިކުރުން ހުރިހާއެއްޗެއް މިޖެހެނީ ގަންނަން މަސްބާނާކޯޓާޔައްދަންދެން