ޝަރީއަތް ނިމެންދެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން މިގޮތަށް އަމުރުކުރީ އުއްތަމަ ފަނޑިޔާރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޝަރީއަތް ނިމެންދެން އަބްދުﷲ ސައީދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއިރު އެމަނިކުފާނުގެ މައްޗަށް ހަތަރު ދައުވާ ވަނީ އުފުލާފައެވެ. އެއީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އާއި ޓަރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ކުއްލި ހާލަތުގެ ދަށުން އަބްދުﷲ ސައީދުގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ފަނޑިޔާރު އަލީ ހަމީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ބަންދުގެ މުއްދަތު މިހާތަނަށް ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝާން

    އަލްހަމްދު ލިއްލާހި. މިބައި މީހުން ކުރިކަންތައް ދުނިޔެ މަތީން މިބައިމީހުންނަށް ފެނިގެން ދާކަމީ މިބައިމީހުންނަށާއި ދިރިތިބީންނަށް އިބުރަތެއްކަމުގައި ނޫނީ ނުވާނެ. އިއްޔެ އަދުލަށް ހުކުމް ނުކުރި ފަނޑިޔާރުންނަށް މިއަދު އަދުލު އިންސާފު ނުލިބޭތަން އަދި އޭގެ ހިތިރަހަ ލިބުމަކީ އެމީހުން އިސްލާހުވުމަށް ހުޅުވޭދޮރަކަށް ނޫނީ ނުވާނެ.

  2. ޒަހަރު

    ޙައްގު ނޫން ގޮތުގައި ބޮޑު ފައިދާ ހޯދަންރސްވަތުގެ ހިފީމަަ ވީގޮތް

  3. ދައްޖާލު

    މީނަޖެހޭނެ ރަނގަޅަށް މިފަހަރު އެއްމިލިޔަން ޑޮލަރުގެ އެޕާރޓްމެންޓގަ ނިންދަވާލަން!

  4. އައިއެފް

    ދަށުކޯޓުތަކުން ބޭއިންސާފާއި އަނިޔާއާއި ޤާނޫނުއަސާސީއާ ޚިލާފަށް އަމަލުކުރަމުން ދާދިޔުން އުއްތަމަފަނޑިޔާރުގެ ބާރުއޮތްދުވަސްވަރު ޢަދުލުއިންސާފުގެ މަތީބާރު ސުޕްރިމްކޯޓުގެ އެންމެ އިސްފަނޑިޔާރަކަށްހުރެމެ އެކަން ނުހުއްޓުވާ ފަސްޖެހުނީމާ އެބޭއިންސާފު އެއަނިޔާ އެމަނިކުފާނަށް މިއަދު ކުރިމަތިވެ ތަހައްމަލް ކުރަންޖެހުނީ. ޖަޖު އަލީހަމީދަށްވެސް. ފިލާވަޅެއް މިއީ.

  5. ރުޒާނާ ޗޮއްޕަޓު

    އޯހ ވާހ ވާހ ސަޅިއޭ އިނގޭ. ދެން ވައިސަރިވާހ ހަހަހަހަ

  6. ޝަރަފު އިބްރާހީމް

    އިބްލީސް!

  7. ފަނޑިޔާރު

    ބޮޑެތިކުށް ކުރާ މީހުން، މިނިވަންކަމާއެކު މުޖުތަމައަށް ދޫވެފަ ތިބެގެން ނުވާނެ، މުޖިރުމުންގެ ތިބެންވާނީ ކުށަށް އަރައި ނުގަނެވޭފަދަ ގޮތަށް ހައްޔަރު ކުރެވިފައި