މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރާ އެންސިސް ފިޝަރީޒްގެ ޕްރައިވެޓް ލިމިޓެޑްގެ 2.7 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައެވެ.

އެންސިސް ފިޝަރީޒްގެ ފައިސާތައް ފޭރިގަތީ ބޭންކުން ފައިސާ ނަގަައިގެން ވެހިކަލަކަށް އަރުވަނިކޮށެވެ. ބޮޑު ފޭރުމުގެ ހާދިސާ ހިންގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 14:06 ހާއިރުއެވެ. އެ ފައިސާތައް ފޭރިގެންފައި ވަނީ އެ ތަނުގެ މުވައްޒަފަކަށް ހަމަލާ ދިނުމަށް ފަހުއެވެ.

އިތުރު މުވައްޒަފަކާއެކު ހުރި އެ މީހާގެ އަތުން ފޭރިގެންފައި ވަނީ ހުޅުމާލޭގައި ހުންނަ މޮރީޝަސް ބޭންކް އާއި އިސްލާމިކް ބޭންކް އިން ފައިސާ ނެގުމަށްފަހު ފައިސާތައް ދަބަހަކަށް އަޅައިގެން އެ ދަބަސް ހިފައިގެން ބޭންކުން ނުކުމެ އެ ކުންފުނީގެ ވެހިކަލަކަށް އަރަން ދަނިކޮށް ދެ މީހަކު ބައިވެރިވެގެން ކަމަށް ސްޕްރީޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، އެ ދަބަސް ތެރޭގައި، 2 މިލިއަން ނުވަދިހަ ހަތަރު ހާސް ހަތްދިހަ ހަ ރުފިޔާ 27 ލާރި އާއި 15300 ޑޮލަރު ހުރި ކަމަށެވެ.

އެންސިސްގެ ފައިސާތައް ފޭރުނު މައްސަލައިގައި މިހާރު ފުލުހުންގެ ބަންދުގައި ތިބީ ފަސް މީހުންނެވެ. އޭގެ ތެރޭގައި ހިމެެނެނީ 19 އަަހަރާއި 23 އަހަރާއި ދެމެދުގެ ހަތަރު ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ.

"މި ދެންނެވުނު އަންހެން މީހާއަކީ މޮރީޝަސް ކޮމާޝަލް ބޭންކުގެ އެއިރުގެ މުވައްޒަަފެއްކަންވެސް ފާހަގަކޮށްލަން". ޝިފާއު ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކާއި، މި އަމަލު ހިންގުމުގައި ރާވާ އެކަމުގައި އެހީތެރިވެދިން ތިން ފަރާތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި އަމަލު ހިންގުމުގެ ކުރިން މޮރިޝަސް ބޭންކްގެ މުވައްޒަފުގެ އެޕާޓްމެންޓްގައި އެކަން ހިންގުމަށް ރޭވިކަންވެސް ފުލުހުންނަށް އެނގިފައިވާކަަމަށް ފުލުހުން ވިދާޅުވިއެވެ.

އެންސިސްގެ ފައިސާތައް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ އަތުން ހަލައްކަ ރުފިޔާ ވެސް ފެނިފައި ވެއެވެ. ޝިފާއު ވިދާޅުވީ، އެ ފައިސާތައް ހޯދިފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގައި އެ މީހާ ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފަސް ކުރުމުން ކަމަށެވެ.

އަދި މައްސަލާގައި ހައްޔަރު ކުރެވުނު ފަސް މީހުންގެ ތެރެއިން ކުށް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުުން ފިޔަވާ އަނެއް ތިން މީހުން ބަންދުން ދޫކޮށްލާފައިވާކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. އަދި އެކުށުގެ އަމަލު ކުރި ދެ މީހުން މިހަރު ވަނީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ހަތަރު ފިރިހެނުންނަކީ އެކު ކުށްތަކުގެ ރެކޯޑް އޮންނަ ބައެއް ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު 2018 އޮކްޓޯބަރު މަހުގެ ތިން ވަަނަ ދުވަހު އެ މައްސަލާގައި ހިމެނޭ ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފާއިވަކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

"އަދި މި ދެންނެވުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހުންގެ މައްޗަށް މިހާރު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާކަންވެސް ފާހަގަކޮށްލަން". ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    ފައިސާ އެއްތަނުން އަނެއް ތަނަށް ސަލާމަތްތެރިކަމާއެކު ގެންދިއުމަށް އެންމެ އެކަށީގެންވަނީ އޭ.އެސް.އޭ.ޕީ ފަދަ ގެރެންޓީ ކޮމްޕެނީއެއް މެދުވެރިކޮށް. އެ ކޮމްޕެނީއަކީ އިތުބާރުހުރި ގޮތެއްގައި އެފަދަ ޚިދުމަތް ފޯރުކޮށްދިނުމުގެ ތަމްރީނާއި ވަސީލަތްހުރި އަދި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކޮމްޕެނީއެއް.

  2. ާއޭއެސްޕީ

    އޭއެސްޕީ އަކީ ރޯދައެލަވެންްސް ބައި ބަޔައްބަހާގެން ދޭ ކަޑަ ބައެއް ބިންގާޅިން ލާގެން ހިންގާނިި ވަރައް ވާހަަކަމީ....