މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފޭރުމުގެ 121 ހާދިސާއެއް ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، މި އަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މާލެ ސިޓީން އެކަނި 113 ފޭރުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަަމަށެވެ.

އަދި އެތޮޅު ތެރެއަށް ބަލާއިރު، ހދ އަތޮޅުން ދެ މައްސަލަ، މ އަތޮޅުން އެއް މައްސަލަ، ގއ އަތޮޅުން ދެ މައްސަލަ، ގދ އަތޮޅުން އެއް މައްސަލަ، އައްޑޫ ސިޓީން ދެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާކަމަށް އިޒްމިއަ ވިދާޅުވިއެެވެ.

އިޒްމިއަ ވިދާޅުވީ، މީގެ ތެރޭގައި ހިމެނެނީ، މާލެ ސިޓީން ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރިގަތް ނުވަ މައްސަލައަކާއި، މާލެ ސިޓީގައި ހަތިޔާރު ބޭނުންނުކޮށް ފައިސާ ފޭރުމުގެ 8 މައްސަލައެއްކަމަށެވެ.

އަދި މާލެ ސިޓީން އެންމެ ގިނައިން ހުށަހެޅިފައިވާ ފޭރުނު މައްސަލަތަކުގެ ތެރޭގައި ހަތިޔާރު ބޭނުންނުކޮށް ފޯނު ފަދަ ތަކެތި ފޭރުމުގެ މައްސަލަކަމަށެވެ. އެގޮތުން އެ ބާވަތުގެ 56 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ މާރިޗް މަސް ތެރޭގައި ފޭރުމުގެ ބޮޑު ދެ މައްސަލައެއް ފެންމަތިވިއިރު، އެ މައްސަލާގައި ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.ނަމަވެސް ފޭރިގަތް ފައިސާތައް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކުޑަބަޖަރާ

  ފޭރޭސަރުކާރު އިބޫސަރުކާރު.

  6
  1
 2. ހުސޭނުބޭ

  ވެރިކަން އޮންނަ ވައްތަރަށް ޖިނާޢީ މައްސަލަތައްވެސް ގިނަވާނެ!

  6
  1
 3. ދދދދދދ

  އަދިވެސް އޮތީ ކުރިއަށް. ބޭބޭފުޅު އެކައުންޓް ފުރިގެން ބަންޑުން ވަނީ. އަދިވެސް "ފޭރެނީ"

  4
  1
 4. ރިޝޭ

  ޟމިމީހުން މީ ފޭރުން އިސްތިހާރުކުރަން ބައިތިއްބާފަ ތިބިބައެއްތަ ލަދެއްވެސް ނުގަނޭތަ މިކަން ހުއްޓުވޭތޯބަލާބަލަ އަބަދުވެސް މީހެއްގެ ސައިކަލު އިސްޓިކާ ގަނޑެއް ނުޖެޖިގެން..ވިސްނަބަލަ...

 5. އީޖާބޭރާއްޖެ

  މިހެން މިކަންތައް ދިމާވަނީ ކުލިނުދެއްކިގެން ކުލިދައްކަން ފައިސާހޯދާނެ ފަސޭހަ ގޮތަކީކަންނޭންގޭނު ރޯމާދުވާލު އަތިރީމަގުން ވޭނެއްވެސް ފޭރިގައް ވީކަމެއްކަން ވެސް މިހާރަކު ނޫޅޭ ހީވަނީ ސަގާފީކަމެއްހެން ހީހީހަލާކް ވެދާނެ މިޔޮއްގައުމެއްވާދޯ