އާސަންދަ ޚިދުމަތް ދިނުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ، ކުރިން ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންގެ ސަމިޓު ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

“ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމަށް އާސަންދައިގެ ޚިދުމަތްވަނީ ތަޢާރަފް ކުރެވިފަ. ނަމަވެސް ހިތާމައަކީ މި ޚިދުމަތް ދިނުމުގައިވެސް ކޮރަޕްޝަން އެކުލެވޭކަން. ހަމަހަމަ ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދީގެން މިކަމުގެ ބޭނުން އެދެވޭ ގޮތެއްގައި ކުރެވޭނީ.” ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ރައީސް ވިދާޅުވީ، ޞިއްޙީ ދާއިރާގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ އަބަދުވެސް ބޭނުންވާ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ވަޢުދާއި އެކު. އިރާދަކުރެއްވިއްޔާ އަޅިގަނޑުމެން އެ ކަންކަން ފުރިހަމަކޮށްދޭނަން. އެކަން ކުރުމަށް މި ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ޚިދުމަތްތެރިންގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވާނެ." ރައީސް ވިދާޅުވިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ސަމިޓުގައި ކުރީގައި ހެލްތް މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި 10 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެގޮތުން އަލްފާޟިލާ މުއުމިނާ ހަލީމް، އަލްފާޟިލް މުޙައްމަދު މުޞްތަފާ ހުސައިން، އަލްފާޟިލް އަޙުމަދު އަބްދުﷲ، އަލްފާޟިލާ އަނީސާ އަޙުމަދު، އަލްފާޟިލާ އައިމިނަތު ޖަމީލާ، ޑރ އަހުމަދު ޖަމްޝީދު، އަލްފާޟިލާ މަރިޔަމް ޝަކީލާ، އަލްފާޟިލް އަހުމަދު ޒުހޫރު، އަލްފާޟިލާ އިރުތިޝާމް އާދަމް، އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމްވެސް މިއަދުގެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާހިރު

    ކަމެއްކުރިއްޔާ. ކޮރަޕްސަން، ވަގު. މާއަނގަތަޅަން ނަހަދާ މިކަންކަން ނުލާ ކަމެއްކޮށްފަ ދައްކަބަލަ.

    6
    1
  2. ގަބޭ

    މި5އަހަރު ހަމަވަންދެންތިހެންކިޔާލަ ކިޔާލާތިބޭ 5 އަހަރުހަމަވީމަބުނޭ ކޮރޮޕްސަންދަސްކުރަންހަދައިގެން ތަރައްގީގެ އެއްވެސްކަމެމެއްނުކުރެވުނޭ

  3. Anonymous

    ދެން އާސަންދަވެސް އުވާލާ،

  4. ހެލްތުީހާ

    ކުރީގެ ހެލްތުވޯކަރުން ބާކީކޮށް ބިކަކޮއްލައިގެން ހެލްތްސެކްޓަރ ރަނގަޅެއް ނުކުރެވޭނެ.އެމީހުންގެ ތަޖުރިބާ އާއި މިހާރުގެ އިލްމީ ގާބިލު ފަރާތްތަށް ގުޅިގެން މިދާއިރާ ތަރައްގީ ކުރެވޭނީ.ހެލްތުމިނިސްޓްރީގާތިބި ދެބަހުން އެއްބަސް އިގިރޭސި ވެގެންއުޅުއްވާ ކަބަލުންގެ ނުފޫޒުން މިނިސްޓްރީ މިނިވަންވާންއެބަޖެހޭ.ޕަބްލިކްހެލްތް ގެ ރޯލަކީ ހަމައެކަނި ލީފްލެޓް ޕްރިންޓްކުރުމާއި އަގުބޮޑެތި ހޮޓާތަކުގަ ދެތިންމީހަކުލައިގެން އިވެންޓެއްބާއްވާފަ ބޮޑެތި ކެއުންގަނޑު ކެއުންތޯ ވިސްނާލަން އެބަޖެހޭ.ހެލްތް ޕްރޮޓެކްސަން އެޖެންސީގަ ތިއްބެވި ބައެއް ވެރިންނަށާއި ހޮޓާތައް ޗެކުކުރަންދާ މިނިސްޓްރީގެ މުއައްޒިފުންނަށް ހޮޓާތަކުގެވެރިން ދޭސިޓީއުރައިގަ ނުހިފާނެގޮތެއް ހެދެންއެބަޖެހޭ. ފުޑްއެންޑް ޑްރަގްއޮތޯރިޓީ އާބާތުރަ ފިލުވަންއެބަޖެހޭ. ނަރުހުންނާއި ބޭސް ވިއްކާމީހުންނަކީވެސް މިދާއިރާގެ މުހިންމު ބައެއްކަމުގާ ރަސްމީކޮށް ބަލައިގަނެ އެފަރާތްތަކުގެ ހައްގުތަށް ހިމާޔަތްކުރެވެން އެބަޖެހޭ.ބޭސް އިންޕޯޓްކުރުމާއި ވިއްކުން ވަކިބައެއްގެ ކޮންޓްރޯލްގެ ދަށުގައި އޮތްއޮތުން ނިމުމަކަށްގެނެސް ބޭސް އުފައްދާ ކުންފުނިތަކުގެ ރެޕްރެޒެންޓްންގެ ގޮތުގާ ބޭރުމީހުން ހަރަކާތްތެރިވުން ހުއްުވަން އެބަޖެހޭ. ނުރައްކާތެރި ބޭހާއި މަނާބޭސް އެތެރެކުރުން ކޮންޓްރޯލްކުރުމަށް ކަސްޓަމް އޮފިސަރުންގެ ގޮތުގާ ފާމަސިސްޓްން ވެސް ތިބެން އެބަޖެހޭ.

  5. ކާފަބޭ2019

    ވައްކަންކުރިވާހަކަދައްކާނިންމާލަމުން 1.8 މިލިއަނަށް ވީގޮތްވެސް ވިދާޅުވެދެއްވިނަމަކިހާސަޅި މުޅިންވެސް ގުދޯގުދޯގޮވުން ޤައުމަށްކޮށްދެވޭނެކަމެއް ކުރާކަމެއްވެސްނެތި ބަންދުދުވަސްނުލާ 5 އަހަރު ގުނޭތޯބައްލަވާ!!!!

  6. އަބުލޯ

    100 ދުވަސް ނުވަނީސް 1.8 ބިލިޔަން ރުފިޔާ ހެދިގޮތެއް ބުނެބަލަ

  7. ދާދު

    ވެރިކަމުގެ ފަސްމަސްދުވަހުގައި ދައުލަތަށް ލިބުނު ފައިސާއިން ގެއްލިފައިވާ 1.8 ބިލިޔަން ރުފިޔާ ހޯދާފައި ކޮރޮޕްސަނޭ މުންޖޭ ކިޔާ!