ފެނަކަ ހދ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

އެ އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވަނީ މިއަދުއެވެ.

އެހެން ނަމަވެސް، އޮފީސްތަކުގެ އެއްވެސް މުއައްޒަފަހު ވަކި ނުކޮށް، ވަޒީފާގެ ބިރު ނައްތާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ފެނަކަ ހދ. ރީޖަންގެ އޮފީހުގެ ހުރިހާ މުވައްޒަފުން ކުޅުދުއްފުށީ ބްރާންޗަށް ބަދަލުކުރީ ރީޖަނަލް އޮފީސް އުވާލުމަށެވެ. އެކަމުގެ އެއްބަސްވުމުގައި ހުރިހާ މުއައްޒަފުން ލައްވާވެސް ސޮއިކުރުވާފައިވާ އިރު، މިއަދު ހުރިހާ މުއައްޒަފުންނަށް ސިޓީ ފޮނުވީ ރީޖަނަލް އޮފީސް އުވާލާފައިވާތީ، ހުރިހާ މުވައްޒަފުންނަށްވެސް ވަޒީފާ ގެއްލިފައިވާކަމަށް ބުނެއެވެ.

ރައީސްގެ ވައުދުތަކުގެ ތެރޭގައި އެއްވެސް މުވައްޒަފަގު ނުހައްގުން ވަޒީފާއިން ވަކި ނުކުރުމަށް ހިމެނި ނަމަވެސް، ރައީސްކަމުގެ ހުވާ ކުރެއްވިފަހުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރި ކަމަށް ޝަކުވާ ވަނީ ލިބިފައެވެ.

މިހާތަނަށް އެންމެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، ނުވަތަ ސަސްޕެންޑް ކޮށްފައި ވަނީ ފެނަކަ އިންނެވެ.

ކުރީ ސަރުކާރުން ނުހައްގުން ވަޒީފާ އިން ވަކިކުރި ފެނަކައިގެ ހުރިހާ މުވައްޒަފުންނަށް މިހާރު ވަޒީފާ ދީފައިވާ ކަމަށް ފެނަކަ އިން ބުނާ އިރު ވަޒީފާ ދިން މުވައްޒަފުންނަށް ވުރެ މިސަރުކާރު އައި ފަހުން ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ އަދަދު ގިނަ އެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ކިޔުންތެރިޔާ

    ﷲ އަށް ހަމްދުކޮށް ޝުކުރު ކުރަމެވެ. އެބަހީ އެބައެއްގެ ކަންތައް އެބައެއް އަމިއްލައަށް ބަދަލުކުރުމަކުންނޫނީ ތިމަން ސުވާންމީންގެ އެބައެއްގެ ހާލަތު ބަދަލު ނުކުރައްވާ ހުއްޓެވެ. ﷲ އެބައެއްގެ މައްޗަށް ކޯފާ ފޮނުއްވަނީ ހަމައެކަނި ސުނާމީއާއި، ބިންހެލުން ފަދަ ކާރިސާތައް ފޮނުއްވައިގެން ނޫނެވެ. އެހެނީ މީސްތަކުންގެ ތެރެއިންވެސް މުސީބާތެއްގެ ގޮތުގައި ކަންކަން މެދުވެރިކުރުވާ ހުއްޓެވެ. މިއަދު ވަޒީފާއިން ވަކިކުރި އަޚުންނަކީ ކިތައް އާއިލާއެއްގެ ރިޒުގު އެބައެއްގެ އަތްމައްޗަށް ބާވައިލައްވާ ބައެއްކަން އިނގޭތޯއެވެ؟ އޭގެތެރޭގައި ކުޑަކުދިންނާއި، ބަލި މީހުންނާއި ނުކުޅެދޭ މީހުންވެސް ހިމެނުން އެކަށީގެންވެއެވެ. މީ ކޮންފަދަ އަނިޔާވެރިކަމެއް ހެއްޔެވެ. ލިޔުމަކުން ބައެއްގެ އެފަދަ ބޮޑު ހައްގު ނިގުޅައިގަތްއިރު ކުރެވޭ އަމަލުތަކާއިމެދު ސުވާލު ކުރާނެކަން އެބައި މީހުންނަށް ހަަމަ ނޭގެނީ ހެއްޔެވެ. ދިވެހިން މީ ކޮންފަދަ ޖާހިލު ބައެއް ހެއްޔެވެ؟ ވައްކަންކުރުމާއި، އަނިޔާވެރިކަން ނިންމާ ގޮތަކީ މިއީތޯ؟ ﷲ މި ގައުމު ސަލާމަތްކުރައްވާށި!

    130
    6
  2. ކަރުކެހި އަދުރޭ

    އެބަރަންގަޅުވޭ އެޖެންދާ19 ހަބޭސް

    125
    17
  3. އިބުރާ

    ޢެޖެންޑާ 19 ގެ ދަށުން ދެހާސް ލިބޭނެ. ތިޔަދަނީ ރަގަޅަށް

    98
    7
  4. ޝުކުރިއްޔާ ގައުމު

    ހދ. ރީނދޫ ބާގައި މީހުންނަށް ވެދުން ސަލާމް. އަދި މަރުހަބާ!

    75
    6
  5. މަހަށްދޭބަލަ

    ޕާޓީގެ މަގާމުތަކާ ގުޅޭ ގޮތުން ހިޔާލުފާޅު ކުރުމަކީ މައްސަލައެއް ނޫން ކަމަށް ހަސަން ބުނުން އެއީ މައްސަލަ އެއް ނޫނޭ ތަމެން އެޖެންޑާ ނަވާރަ މިހާރުވަނީ ތަންޑާވެފައިތޭ ރައީސް އިބޫ ވިދާޅުވި ދޯ މަޖްލީސް އިންތިޚާބަށް ކެމްޕެއިން ކުރަމުން ދިޔައިރު ދެ ހަފްތާ ތެރޭގައި މާލެ ސަރަހައްދުން ގޯތި ދޭނެ ލުއި ފަސޭހަ ސްކީމް އިއުލާން ކުރާނޭ ކަމަށް އެމްޑީޕީ ވެރިކަމުގައި ތަމެން ސަރުކާރުގެ މަގާމް ތަކަށް ބަނޑުމުސާރައަށް ބައްދާ އުސޫލުން ބެއްދުން ނޫން ކަމެއް ނުކުރޭދޯ އަކުން ބަކުން ކުޅެނީ ނޫންތޭ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑުދޮންނައޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    42
    3
  6. މަލިކުސޮރު

    ސާލިހް ސޯލިހަކަށް ވެފަތިހިރީ! އެޖެންޑާ 19 ހަބޭސް. ބާރަށް އަތްޖަހާ

    79
    7
  7. އޮނު

    ތިޔައީ އެޖެންޑާ 19 ގަ ހިމެނޭ ކަމެއް. ވަޒީފާގެ ބިރުދެއްކުމާއި، ނުހައްޤުން ވަޒީފާއިން ކަނޑައި ލުމަކީ އެޖެންޑާ 19 ގައި ހިމެނޭ އެއް އަސާސް. އިބޫގެ ރިޔާސީ ވަޢުދުގައުވަނީ އެއްވެސް މީހެއްގެ ކުލަޔަކަށް، ނަސްލަކަށް، ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ހަމަކަމާއިއެކު ވަޒީފާގެ ފުރުސަތާއި އެހެން ކަންކަންވެސް ކޮށްދޭނެކަމަށް. ވަޒީފާއިން މިހެން ކަނޑައިލުމަކީ ރިޔާސީ ވަޢުދާއި އެއްގޮތަށް ކުރިކަމެއް.
    އެމްޑީޕީ އަކީ އަބަދުވެސް ބުނާބަހާއި ދިމާ އިނދިކޮޅަށް ޢަމަލުކުރާބައެއް. ދެންވެސް މޮޅުނަމެއް ކިޔާފައި އިންތިޚާބެއްގައި އަޑުއަރުވާއިރަށް ގަޅި ދިވެހިން ވޯޓުދޭނެ. ދެންތިބޭ ގަޔަށް ގރހނޑފއ.
    ޖަޒީރާ ރާއްޖެއަށް މަރުޙަބާ.

    78
    3
    • ބޮޑުބެ

      ދެން ފިތާލާ

  8. ދަރަނޑުން

    ޕާރޓީ ގެ މަގާމް ތަކަށް ޚިޔާލު ފާޅު ކުުރުމަކީ އެއީ މައްސަލަ އެއް ނޫނޭ މިހާރު މަމެންނަށް ފީލް ވަނީ ރީއްޗަށް ޒިންމްބާބްވޭ ހިނގަ ހިނގާ އޮތްވާ ކޮރަޕްޓް ބޮޑު ވަގެެއް ކަމަށް ވާ މުގާބޭ ވެރިކަމަށް އައިސް އެގައުމުގައި ތިބި ދޮން މީހުންގެ ދަނޑު ތައް ފޭރިގެންފައި ދަނޑުތައް ވިއްކައިގެން އެއިން ކަޓް ނަގައިގެން މުޅި ގައުމު ލޫޓުވާލި ތަނޭ ނަތީޖާ އަކީ ޒިންމްބާބްވޭ ފުނޑު ފުނޑުވެގެން ދިއުމޭ އެކަމޭ މިހާރު މިގައުމުގެ ސަރުކާރުގެ ކިބައިގެން ފެނިގެން ދަނީ ރަނޑު ސަރުކާރު ދަ ރަނޑުންދޯ...

    46
    4
  9. ޖަޒީރާވަންތަ

    ބަހާއި އަމަލް ދިމާނުވާ ހިޑަން އެޖރންޑާ 19 ހާދަ ފައްކަލޭދޯ

    64
    3
  10. ދެޓްވޭ

    ޕާޓީގެ މަގާމުތަކާ ގުޅޭ ގޮތުން ހިޔާލުފާޅު ކުރުމަކީ މައްސަލައެއް ނޫން ކަމަށް ތަމެން ބުނާނީ އެމައްސަލަ އަކަށް ވެގެންނޭ އެމްޑީޕީ އަކީ އެއީ ކެނެރީގެ ނަޝީދު ގެންގުޅޭ ގޭންގް ކުދިން ނަށް އެކަނި ފުރުސަތު އޮންނަ ތަނެކޭ ބަޓް ގްރޫޕް ކިއްލި ތަޅާ ގްރޫޕް ކައިރި ކޮށްގެން އުޅުނީމާ ނޫންތޭ ވާނުވާ ނޭގިގެން އޭނާ ބުނި ގޮތަށް ކެނދިކުޅުދޫ ކުޅަނދު މަދު މީހަކު ބޮޑު ވަގަކު މިނިސްޓަރަކަށް ހުންނަން ރުހުން ދޭނީ ޓެލްމީ ވައި އައި ނެވަރ ވޮނާ ހިއަރ ޔޫ ސޭ ނާނާނާ ނާނާނާ އައި ވޯންޓް އިޓް ދެޓްވޭ ދެޓްވޭ ދެޓްވޭ...

    35
    3
  11. ޖ

    އެމްޑީޕީއައީމަ އަބަދުވެސް މީހުންވަޒީފާއިންވަކިކުރާނެ އަދިސަރުކާރުމުއައްޒަފުންގެ މުސާރަވެސް ކުޑަކުރާނެ ތީކުރީގަވެސްކުޅުނު ކުޅިވަރު ދެންވޯޓުދިންމީހުން ތިބޭއަގަމައްޗައްނަގައިގެން

    71
    5
  12. ރަހުމާނު

    ހެޔޮވެރިކަން ކުރަން ވައުދުވެ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވާފަ ވެރިކަމަށް އައިސް ބަލާވެރިކަމެއް ކުރަން ފެށީދޯ.... ކޮބާތަ ލަދުހަޔާތް ރައްރަށުގެ ބްރާންޗް ތަކަށް ވެސް ތަންދޮރު ނުދަންނަ މީހުން ހިންގަން ލާގެން އަތަށް ގޮވަމުން ދަނީ...

    60
    5
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އޭގެ މިސާލެއް ރ.ވާދޫ ފެނަކަ ބުރާންޗާށް އެހެރީ އެމްޑީޕީއަށް މަރުދިނީމަ މެންބަރު ބިގޭ ގެ ބާރުން ތަންދޮރު ނުދަންނަ ސޮހޮލެއްލާފަ.

      30
      1
  13. Anonymous

    ޕީއެސްއެމްގެ 150 މުވައްޒަފުން ކަނޑަން އުޅޭ ކަމަށް ޙަބަރު ލިބޭ

    50
    4
    • މަންޖެ 18ްއޭޕްރީލް2019ހހ

      ޕީއެސްއެމް އުވާލަން ވީ

      19
      24
  14. ގޮނާރޮކް

    ރައްޔިތުންގެ މަޖްލީހުގެ ރައީސް އަކަށް ހަމަޖައްސަން ޖެހޭނީ އެއީ އެމްޑީޕީގެ އެމްޕީއެކޭ އެއީއޭ ވޯޓް އިން ލިބިފައިވާ ނަތީޖާ ބުނާ އެއްޗަކީ އެމްޑީޕީ އާއި ޖޭޕީ އާއި އެކު ހަދާފައިވާ ކޯލިޝަން އެގްރިމެންޓް ވެސް މިހާރު ވާނީ ބާތިލްވެފައޭ ސަބަބަކީ އެއީ ރައީސް އިބޫ ކެމްޕެއިން ކުރަމުން ބުނި ކޯލިޝަނަކުން ވެރިކަން ކުރާނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލާ އެކަމަށް މަޖްލީހުން ގާނޫނެއް ހަދާނެ ވާހަކަ އެކަން ނުކޮށް މަޖްލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަކިން ވާދަ ކުރުން އެއީ މިހާރު ކޯލިޝަން އެއްބަސްވުން ހިންނަވަރޭ އޮޅާލާ ބެކަށް ޖަހާލި ކަން ޔަގީން ވާ ކަންކަމޭ ހެއި ހެއި ހެއި ހިއަރ ވީކަމް ހިއަރ ވީގޯ ވީ ގޮނާ ރޮކް ޔޫ...

    23
    7
  15. ގ ކެނެރީގޭ ގަންޖާބޯ ވަގު

    ނުވާނެ އަވަހައް ފައިބާ ބަަޔަކުގޮސް ނުބާލަނީސް

    62
    4
  16. ބޯހަލާަކު 18 އޭޕްރީލް 2019

    އެބަރަގަޅުވޭ ޖަޒީރާ ވަންތަ ހަބޭސް

    50
    3
  17. މޫސަ

    މިހާރު ތިޔަ ރަނގަޅުވަނީ ދެން ބާރަށް އަތްޖަހާ

    23
    1
  18. ލަބީބު

    ވީ ޙާލެއްގައި ވާން ދެ އިންތިޚާބުގައިވެސް ވޯޓުދިނީ! ކޮންމެ ގޮތެއްހެޔޮކަމަށްބުނެ ، ބާރު ސްޕީޑުގައި ކުރިއަރަމުންއައި ޤަވްމެއް ދިވެހިންގެ އަތުން އިނދަޖައްސައިލީ! އެދަނީ ރަގަޅުވަމުން.

    32
    1
  19. އަނިޔާ ލިބިފައިވާ ނިކަމެތި ރައްޔިތު މީހާގެއަދޭސް

    ﷲރަހްމަތުން މި ފެނަކަގެ އެމް.ޑީ، ޑީ.އެމް.ޑީ ބަދު ދުޢާ ޖެހި އެމީހުން ދިރިއުޅުން ހަލާކު ކުރައްވާނދޭވެ. އެހެނީ މިމީހުން ހީކުރާ ކަަހަލަ ނަސްލީވެ 66 ގޮނޑި ދިވެހިންގެެ މޮޔަކަމުން ދީނީމާ ބޮޑާވެ ރައްޔިތުންނަށް އަނިޔާވެރިވަނީމި މީ އެމީހުން އަމިއްލަ މުދާ ކަަމަށް ސަރުކާރުގެކުންފުންޏެއް ހިންގަން މިދެގިތެލަށް ހަވާލު ކުރީމަ. ﷲކުޅަދުން ވަންތަކަން މާބަރުގަދަ ވެގެންވެ. ތި ދެބަޚުލޫން ނިމުން ހިތިވާނެ މިފަދަ އަނިޔާލިބުނު ހުރިހާ މީހުންނާއި މިމީހުންގެ އާއިލާއާއި ހެޔޮ އެދޭ މީހުންގެ ބަދު ދުޢާގެ ސަބަބުން. ނިކަން ތިބެމާ ބަލަން މި ފެނަކަ އިސް ދެ ދައްޖާލުން ނިމުން އަންނަށް ގޮތް މަގުމަތިވެ ސަލާން ޖަހާ ހާލު މުގުމަތި ކުރައްވާނދޭވެ. އަދި މި ދެމީހުންނަކީ މިސަރުކާރު ހަލާކު ކޮށްލާނެ ދެޝައިތާނުން. ޟި ދެމީހުން މިހާރުން މިހާރަށް ފެނަކަ ވަޒީފާއިން ވަކިކުރުމަށް އެންމެހާ ރައްޔިތުންގެ އަދާހާ އެކު ރައީސް އެދި ދަންނަވަން.

    20
    2
  20. ޟ

    ރަސޫލާ ދުއާ ދެންނެވި ފަދަ މީހެކޯ ތިހިރީ ވެރިކަމުގަ.. 😂😂😂😂😂

    27
    2
  21. ޏާ

    ީބަލަގަ، ނުހައްގުން ދީފަ ހުރި ވަޒީފާ ވީމަ ކަނޑާލެވޭނެދޯ

    9
    36
  22. ދިސްއިޒްއިޓް

    ގާނޫނު އިސްލާހު ނުވުމަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ނުވާންވީ ސަބަބެއް ނޫން ކަމަށް ނައިބް ރައީސް ބުނަނީއޭ ޕްރޮޕެގެންޑާ ފަތުރައިގެން ގަބުޅި ކަތީބުން ލާ ގޮތަށް އަތް ދިގު ހުދު ގަމީސް ލައިގެން ރައީސް އިބޫގެ ސަރުކާރު މަހަށް ދަނީ ނޫންތޭ މުޅި މާލޭގައި ވައްކަމޭ ކުރަނީ ރައީސް އިބޫ ހީވަނީ ކުރާނެ ކަމެއް ނެތިގެން ކުރަހާ މަރުކަޒު ތަކަށް ގޮސްގެން ސަރުކާރުގެ ރިސޯރސް ތަަކުން އެންޖޯއި ކުރެވޭތީވެ އެކަން އެކްސްޕީރިއެންސް އެކަނި ކުރަނީ ކަމަށޭ ފީލްވަނީ..

    13
    1
  23. ދޮހޮއްކޮ

    އެކިއެކި އެންގަލުން މާގިނަވާހަކަ ދައްކަންޖެހޭ ކަމެއްނޫން. ބޭކާރު ވާހަކަތައް ދެއްކިވަރަކަށް ކަމުގެ އަސްލު ގިނަބަޔަކަށް އޮޅޭނެ. ވަރަށްސާފު.
    މުސްލިމުން ދޮގެއްނުހަދާނެ. އިންސާނުންނަށް އޯގާތެރިވާނެ. ބުނާބަހާ އެއްގޮތަށް ޢަމަލުކުރާނެ. އެއްވެސް މީހަކަށް ނުޙައްޤުން އަނިޔާއެއް ދެވިދާނެތީ ބިރުވެތިވާނެ. އަދިވެސް... އަދިވެސް... އެއީ ހަމަ ﷲ އަށް ކިޔަމަންގަތުމަށާއި އެކަލާގެއަށް ބިރުވެތިވާތީ. އެކަލާގެ ރުއްސެވުމަށް އެދޭތީ. އެހެނަސް ﷲ ގެ ރުއްސެވުން އެބައަކަށް
    މުޙިއްމު ކަމަށްނުދެކޭބަޔަކު ކަންކުރާކަށް އިންސާފެއް މުހިއްމެއް ނުވާނެ. ކޮބާ ރަންރީދޫ ކަށިނެތް ތިލަފަތަށް ވޯޓުދިން މީހުން ގަހުންފައިބާ ހަމަބުއްދިން ވިނާލަބަލަ.

    25
    2
  24. ނުހައްގު

    ނުހައްގުން ވަޒީފާ ދީފަ ތިބި މީހުން ވަޒީފާއިން ވަކިކުރީމަ ކަލޭމެއްނަ މައްސަލައަކީ. ކިތައްމީހުން، ނުހައްގުން ވަޒީފާއިން ވަކި ކޮއްފަތައް ތިބައިގަނޑަ ވަޒީފާ ދީފަ އެހެރީ. ހަމަ ރަނގަޅައް ހެދީ. ދެން މި ކޮމެންޓު ވެސް އަޕް ލޯޑު ނުކުރާތި.

    3
    13
  25. ޒާހިރު

    ތިފޮޓޯއިން ތިފެންނަ ގިނަމީހުންނަކީ ޔާމިން އާ ދެކޮޅަށް ވޯޓްލީ މީހުން. ކޮބާ ރީތި ލަނޑެއް ލިބިއްޖެއްނޫން. ދެނަ ލަލަލާ.

    15
  26. ހުރިހާ

    ތިޔަމީހުން ބައިތިބައިގެން ސަރުކާރާއި ރައްޔިތުން ޖެއްސުންނޫންކަމެއް ނުކުރާނެ. އަބަދު ކޮންމެވެސް ކަމެއްދިމާވެފައި އިންޖީނުތަކަށް އޮންނާނީ. ހުރިހައި ކުނިތައް ސާފުކޮށްގެންނޫނީ ސަރުކާރު ހިންގުމަކީ ނުވާނެކަމެއް.

    2
    8
  27. Anonymous

    ކަޗޯރުމައްޗައް ރަންގަޅައް އެރުނީމާ ކައްސާލެއް ބާރުވާނެ
    ދިވެހިރައްޔިތުން އިއްޔެއޮތްސަރުކާރުގެ ނުބައިނުލަފާކަމުން މިންޖުވެ ސަލާމަތްވީ މިއަދުމިއޮތްސަރުކާރުގެ މާތްކަމުން.. އެދުވަހު ރައްޔިތުންގެ ތެރެއިންގިނަބައެއްގެލޯތަކަށް ވެރި ކުރުވިއަނދިރިކަމައް ދެން އަލިވިލޭކަށް ނެތް. ވިހި ހާހުން ދިހަހާހުންބެހީމަ އޭގަހިފީ . އުރިހާބާރުތަކެއް މާދަމާއަށް ވިސްނާލުމެއްނެތި ހިތަކަށްދިނީ . ޢެގަހުކޭލެއް މިގަހުކޭލެއް ވަކިނުވީ. ކަނޑެއްފަޅެއް ނޭންގޭ . މިތިބީބަލަން .މަޖިލީހުގެ ތެރެއަށް ވައްދަންވެސްހެޔޮނުވާވަރު މީހުން އެތިބީމަޖިލިސް މެމެބަރުންގެ ގޮތުގަ ހޮވާފަ. ޕީއެޗްޑީ ފެންވަރުމީހުން މަޖިލީހަ ކުރިމަތިލީމަވެސް އެމީހުން ނުހޮވީ މަދުފައިސާކޮޅެއްގެ ވަގުތީ ބޭނުމުގަ. ވަޒީފާއެއްގަ މީހަކު ދެމިހުރެއްޖެނަމަ މަސައްކަތުން ހަލާލުގޮތުގަ ގިނަދުވަހުން ލިބޭލައްކަ ރުފިޔާ ދޫކޮށްލީ ވަގުތުން ގުނާލާފަ ދިން ދިހަ ހާހެއްހާ ރުފިޔާގެ ގިނަކމުގަ ހީވެގެން. ދެްންރާކަނިމަސް ކާންތިބޭ. .. އަމިއްލަގައުމާ ވަޒީފާވެސް ވިއްކާލީ . .

    12
    1
  28. Anonymous

    ޔާމީންގެ ކެމްޕެއިން ގްރޫޕްދޯ

    1
    14
  29. ޞަގު

    ޥަގުން ހުސް ތިކަނޑަނީ... 👏👏 ކަނޑަންޖެހޭ

    2
    14
  30. މަހަށްދޭބަލަ

    ގާނޫނު އިސްލާހު ނުވުމަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ނުވާންވީ ސަބަބެއް ނޫން ކަމަށް ނައިބް ރައީސް ބުނަނީ މާލެ އަށް ރާއްޖޭގެ ކަންކޮޅު ތަކުގައި ތިބި ބޮޑެތި ވަގުންނާއި ޑްރަގް ލޯރޑުން އަރާ އެމެން ކުރާނެ ވަރަށް ވައްކަން ކޮށް ނިމުނީމައޭ ނައިބް ރައީސް މަގުމަތީގެ ރައްކާތެރި ކަމާއި ބެހޭ ވާހަކަ ދައްކާއިރު ޖަޕާނުން ދީފިއޭ އިހަށް ދުވަހު މާލެ ތެރެ ޕެޓްރޯލް ކުރަން 100 ކާރު އެވެސް ދިނީ އެމްޑީޕީގެ އެކްޓިވިސްޓުން ބަޓް ނަގަން ދާން ދަތުރު ކުރަންއޭ މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

    7
    1
  31. ކޮތާ އާދަނު

    ކަނޑާ އެއްލައިލި މީހުންގެތެރޭގައި "ޏާ" ހިމެނުނުނަމަވެސް ތިހެން ބުނާނެ ދޯ ހަމަ؟

    8
    1
  32. އ. ޖ. އ

    ވަރަށް ރަނގަޅު ނިންމުމެއް. ދައުލަތުގެ ލާރި ސަލާމަތް ކުރެވޭނީ ސިޔާސީ ފަރާތްތައް ތި މަގާމު ތަކުން ދުރު ކުރެވި ގެން

    1
    7
  33. ިްައިގުބާލް

    މިސަރުކާރު މިދާގޮތުން ހީވަނީ މިދާގޮތަށް ގޮސް ހުއްޓޭނީހެން

  34. ނަހްސިން

    އިންސާފު ހޯދައިދެނީއޯ 🙏 ކުރާކަމަކީ ދުވެ ފަތާ އަންހެނުންނާ ބައްދާ އޮޅުލުން.