ށ. އަތޮޅު މިލަންދޫ ފެނަކަ ރީޖަނަލް އޮފީހުގެ ދެ މުއައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރީޖަނަލް އޮފީސްތަކުގެ ހުރިހާ މުއައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނި ނަމަވެސް، އެ އޮފީހުން އަދި ވަކިކުރީ އެ ދެ މުއައްޒަފުން އެކަންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެ ދެމީހުންގެވެސް އާއިލާތަކުން ތާއީދުކޮށް، މަސައްކަތް ކޮށްފައި ވަނީ ޕީޕީއެމްއަށް ކަމަށެވެ. އެމީހުން ވަކިކުރީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

ވަޒީފާ އިން ވަކިކުރީ ދެ އެޑްމިން ސްޓާފުންނެވެ.

މިއަދު ވަނީ ހދ. ރީޖަނަލް އޮފީހުގެ ހުރިހާ މުއައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައެވެ. އެ އޮފީހުގެ އެންމެން ވަކިކޮށްފައި ވަނީ މިއަދުއެވެ. އެހެން ނަމަވެސް، އޮފީސްތަކުގެ އެއްވެސް މުއައްޒަފަހު ވަކި ނުކޮށް، ވަޒީފާގެ ބިރު ނައްތާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ފެނަކަ ހދ. ރީޖަންގެ އޮފީހުގެ ހުރިހާ މުވައްޒަފުން ކުޅުދުއްފުށީ ބްރާންޗަށް ބަދަލުކުރީ ރީޖަނަލް އޮފީސް އުވާލުމަށެވެ. އެކަމުގެ އެއްބަސްވުމުގައި ހުރިހާ މުއައްޒަފުން ލައްވާވެސް ސޮއިކުރުވާފައިވާ އިރު، މިއަދު ހުރިހާ މުއައްޒަފުންނަށް ސިޓީ ފޮނުވީ ރީޖަނަލް އޮފީސް އުވާލާފައިވާތީ، ހުރިހާ މުވައްޒަފުންނަށްވެސް ވަޒީފާ ގެއްލިފައިވާކަމަށް ބުނެއެވެ.

ރައީސްގެ ވައުދުތަކުގެ ތެރޭގައި އެއްވެސް މުއައްޒަފަހު ނުހައްގުން ވަޒީފާއިން ވަކި ނުކުރުމަށް ހިމެނި ނަމަވެސް، ރައީސްކަމުގެ ހުވާ ކުރެއްވިފަހުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރި ކަމަށް ޝަކުވާ ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާސިމު

    ކިނބުލާ ކިނބުލާ ކަލޭ ވެރިކަމަށް އެރުވީ އެމް ޑީ ޕީ ޕުރޮމޯޓުކޮށް ޕާޓީ އެކްޓިވްސްޓުންނަށް ވަޒީފާ ބަހާކަށްނޫން.

    33
    6
  2. ޙަސަން

    ޢިމްރާންވެސް ކަނޑާކަން ނުކެރޭނެ އެސޮރު އެމްޑީޕީއަށް ސޮއިކޮންފި

    11
    3
  3. ބަރުގޮނު

    "އަހަރެމެން ގެ ސަރުކާރަކުން ކުލައަކަށް ނުބަލާނެ ، ޕާޓީއަށް ސޮއި ނުކުރިޔޭ ކިޔާފައި ވަޒީފާއަކުން ވަތްކެއް ނުކުރާނެ.." މިކަހަލަ ބަސްތަކަކީ ސިޔާސީ ބޭބޭފުޅުން ގެ ސިޔާސީ ބަހުރުވަ. ވެރިކަމަށް އަންނަން ކެމްޕޭން ކުރާއިރު މިފަދަ ބަސްތައް ތަކުރާރު ކުރާނެ. ޕާޓީއަށް ވެރިކަން ލިބުނީމާ ހަމަ ކުލަޔަށް ބެލޭނެ. ޕާޓީއަށް ސޮއި ނުކޮށްފިނަމަ އަޒީފާއިން ވަކިވެސް ކުރާނެ. 2008 ގައި އެމް.ޑީ.ޕީ ސަރުކާރުން މިކުޅިވަރު ފެށީމާ ޖޯކްޖަހާ މަލާމާތްކުރި ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންނަށް ވެރިކަން ލިބުނީމާވެސް ހަމަ އެކުޅިވަރު ފެށި. އެމް.ޑީ.ޕީ ޖޯކްޖަހާ މަލާމާތްކުރި. މިހާރު އަނެއްކާ ކުޅިގަޑު ކުޅޭމީހުން ބަދަލުވީ. ގަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ މީ ސިޔާސީ ބަހުރުވަކަން. ސިޔާސީ މީހުން ގެ ބަހުރުވަ އެއްގޮތްވާނެކަން.

    8
    1