ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް، އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ބަދަލުދޭން ޙުކުމްކޮށްފައިވަނީ ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށެވެ.

2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް ރައީސް ވަޙީދުގެ ވެރިކަމުގައި އެ އެއްބަސްވުންވަނީ ބާތިލުކޮށްފައެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ބައްލަވާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލާގައި އިއްޔެ ކުރި ހުކުމްގައި ބުނީ އިސްތިއުނާފު ކުރުމުގެ ހައްގު ލިބޭ ފަރާތުން އެ ހައްގު ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި އިޖުރާއަތްތައް ފަހަނަ އަޅާ ނުދެވޭނެ ކަމަށެވެ. އެހެންވެ، އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުމުގެ ގާނޫނީ ނަތީޖާއަކީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން ދިޔުން ކަމަށް ހުކުމްގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކާފަބޭ2019

    ތިޔަހެންފަހަރަކުބަޔަކަށް ފަހަރަކުބަޔަކަށް ދީދީބަޖެޓް ޒީރޯޓޮލަރެންސްކޮށްލާ...އޭރުންހުންނާނީ ހެޔޮވެރިކަމެއް 65 ގޮނޑިދޭންވޯޓުލީމީހުނަށް ކޮށްދެވިފަ ދެންއެމީހުންއަތްޖަހާ!!!!!!!

    21
    4
    • ބީވާ

      ކޮރަޕްޓް ފަނޑިޔާރުން ބޭރުވީމަ ރައްޔިތުންގެ ޚަޒާނާ ސަލާމަތް ވާނެ!

      5
      2
      • Anonymous

        ފަނޑިޔާރުން ނިންމަނީ ގާނޫނާ އެެއްގޮތަށް. މިސަރުކާރުން އިސްތިއުނާފު ނުކުރީމަ މުއްދަތު ފަހަނައަޅާ ފިޔައީ. އެއީ އެކުވެރިންނަށް ސަރުކާރުންދިން ހަދިޔާއެއް.

  2. Anonymous

    ދެރައެއްނޫން. ރައްޔިތުންގެ ފައިސާ ވަގަކަށް ނުނަގާ. ރޯމާ ދުވާލު މިއޮއްފޭރި ހުސްކުރަނީ. 1 މިލިއަން ޑޮލަރު ޖަމާކުރީމަ އެކަނ1 ބޮޑުވެގެން ދިވެހިން ތެޅިމަރުވީ. މިކުންފުންނަށް މިދިނީވެސް 22 މިލިއަން ޑޮލަރު. މިހިރަފެންނަނީ ދެިވެހިން ބޭނުންވި އިންސާފާ ތެދުވެރިކަން.

    28
    3
    • ބީވާ

      ކޯޓުން ހުކުމް ކުރަނީ ސަރުކާރު ބޭނުންވާ ގޮތަށް ދޯ؟

      • Anonymous

        ހައިކޯޓު ހުކުން އިސްތިެުނާފު ނުކުރީމަ އިސްތިއުނާފު މުއްދަތު ހަމަވީމަ ކޯޓުން ސ.ކޯޓުން ެެހެންގޮތަކަށް ނިންމޭނެޖާގައެއް ނޯންމާނެ. ތިކަހަލަ މީހުން މޑޕ ގަ ގޮނައިން އުޅެނީ، ތަނެެއްދޮރެއްނޭނގޭނެ. ޕާޓީ ބޮޑުމީހާ ހަދާހާ ދޮގަކަށް ހެއްލިފަ ތިބޭނީ.

  3. ރައްޔިތުމީހާ

    ތީގަ މައްސަލަޔަކީ ނަޝީދުގެ ވެރިކަމުގަ އެއްބަސްވުން ހެދުންތަ ނޫނީ ވަހީދުގެ ވެރިކަމުގަ އެއްބަސްވުން ރޫޅާލުންތަ؟

    15
    4
    • އަނގަބެ

      ނޭގެ..މަ ހިތައް އަރަނީ މި މީހުން ކޮންއިރކުންބާ އޭ ހޭ އަރާނީ

  4. ދަރީ

    ކޯޓުން ކުރާ ހުކުމްތައް ސަރުކާރު ބޮލަށް ކެނޑިޔަސް ޔާމީނުގެ ވައްކަން ފޮރުވާ ގްރޫޕް ކުރާ ކޮމެންޓްތައް ރައްޔިތުން ބަލައެއް ނުގަނޭ

    4
    8
  5. ދެރަސޮރު

    ހަމަޔަގީން ކަމެއް. ތިޔަފައިސާ ނަޝީދު ނޫނީ ވަޙީދު އަތުން ދިވެހި ރައްޔިތުންނަށް ރައީސް ސޯލިޙް ހޯދަދޭން ޖެހޭނެ.

    8
    2
  6. ސެލްފީ ސަރުކާރު

    ޕާޓީއަށް ބައި އަޅައިގެން ދައުލަތު ދަވާލަނީ ތޯ؟ ޒީރޯ ޓޮލެރެންސް މެކުހަށް.އަދި މި މި އުޅެނީ 100 ދުވަހުގެ ފޫޅު ނުކެޑިގެން.މި ތިބީ ބަލަން.ރައްޔިތުން ގުބޯ ނެހެއްދޭނެ އަބަދކު،މި ފަހަރު މި ތިބީ ގުއިރޯނުގައި ޖެހިފައި.މުޅި މާލެ ބިރުވެރިކަމެއްގެ ތެރޭގަި.އެންމެ ނާމާން ތަނަކީ މަމިއުޅޭ ހެންވޭރު.ދެން އަމާން ކުޜާނެ ގޮތެއް ނޭގެ.ފުރަތަމަ ކިތައް ފޭޜުން.ކިތައް އާއިލާގެ ވަޒީފާ.ކިތައް މީޙުންނަށް އިންޒާރު.ވާވާ ސެލްފީ ސަރުކާރު.

    3
    2
  7. Anonymous

    ނަސީދުގެ ވެރިކަން ނިމުނުތާ މިހާރު 7 އަހަރު ވެެއްޖެ.7 އަހަރު ތެރޭގަ ތިކަންނުކުރީ ކީއްވެހޭ!ނަސީދުހޭ އެއްބަސްވުން އުވާލީ؟ އުވާލި ބަޔަކު ވެރިކަމުގަ ތިއްބާ ތިފައިސާ ހޯދަން ނޫޅެ،މިހާރު ކީއްވެ ތިޔައުޅެނީ! މި ފަޑިޔާރުންނަ ތިބީ ކޮންކަހަލަ ބަޔެ! ހުރިހާ ފަނޑިޔާރުން އިސްތިއުފާ

    5
    3