ލ.ފޮނަދޫ ބަރާސިލް މިސްކިތުގައި ބަހައްޓާފައިހުރި އޭސީތަކުން މިސްކިތަށް ފިނި ނުވާތީ، އަވަށު މީހުން ނިކުމެ މިސްކިތުގައި އިތުރު ދެ އޭސީ ބަހައްޓައިފިއެވެ.

މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ، ޔޫސުފް މޫސާ(ޔޫރީ) ، "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިކަންކޮށްފައިވަނީ ބަރާސިލް އަވަށުގެ މީހުން ނިކުމެ ކަމަށާއި މިކަމުގެ އަމަލީ މަސައްކަތުގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ކުރިން މިސްކިތުގައި ހުންނަ 4 އޭސީގެ ތެރެއިން ބައެއް އޭސީ ތަކުގައި މައްސަލަ ޖެހުމުން، ރައްޔިތުންނަށް އަމިއްލައަށް ނިކުމެ، އިތުރު ދެ އޭސީ މިބަހައްޓަނީ. އޭސީ ބެހެއްޓުމުގެ މަސައްކަތް ކުރަމުން މިދަނީވެސް، ހަމަ ރަށުގެ ރައްޔިތުން ހިލޭ ސާބަހަށް ނިކުމެ." ޔޫރީ ބުންޏެވެ.

މަސައްކަތުގައި ޒުވާނުން ހަރަކާތްތެރިވަނީ

ޔޫރީ އިތުރަށް ބުނެފައިވަނީ، ރޯދަ މަހާ ދިމާކޮށް މިފަދަ ކަމެއް ރައްޔިތުން ކުރަމުން އަންނައިރު، މިކަމަށް އަވަށުގެ މީހުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. ފޮނަދޫ ބަރާސިލް އަވަށުގެ ރައްޔިތުންނަކީ މީގެ ކުރިންވެސް އެކުވެރި ކަމުގެ ރޫޙުގައި، ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބައެއްކަން ފާހަގަކޮށްލެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަހަންމާ

    ދެން ދީނާ ގުޅުން ހުރި ކަންކަން ކުރާން ޖެހޭނީ ތިގޮތަށް. ސަރުކާރުން ކޮށްދޭނެ މާބޮޑު ކަމެއް ނޯންނާނެ.

    10
  2. މިނިސްޓަރ

    ކޮންމެ ރަށެއްގަ ތިގޮތަށް މީހުން އިސްނަގައިގެން ކަންކަން ކުރާނަމަ ރަށް ތަރައްގީ ވެ މީހުން ވަޒަންވެރި އުޅުމުގެ ބާރަކަށް ވޭ، ހުރިހާ އެންމެން ކިޔަވައިގެން ލާރިހޯދައިގެން އައިސް މާލޭގަ ވަޒަންވެރިވީމަ ތަރައްގީވެސް އަންނާނީ މާލެއަށް، ހުރިހާ ކަމެއް ސަރުކަަރު ބޮލަށް ނުޖަހާ އަމިއްލަ ފަރުދީ ޒިންމާ އިސްކޮށްގެން ކަންކުރުމަކީ ރީތި ގޮތެއް.

    8
    4
  3. ނަސީދު

    ޓެކްސްލާރި ޕާޓީ އައް ރައްއިތުމީހުން ޖީބުން ހަރަދުކުރަން ޖެހިފައި

  4. ޖާޒީރާ

    ޖަޒީރާ ވެރިކަމުގައި ޓެކްސްޕޭޔަރ މަނީ ކޮބާހޭ ،މިއީ އަަސާސީ ދީނީ ހައްގެކޭ ބުނެލާނެ މީހަކު ނެތީބާ.ބަލަ ދައުލަތް ރޯމާދުވާލު ލޫޓުވަނީ.އަނެއްކާ އޭސީ ބަހައްޓައިގެން ކަރަންޓް ބިލް ބޮޑުވީމަ ،ބުނާނެކަން ނޭގޭ ބިލް އަމިއްލަ އަށް ދައްކާށޭ ތޯއްޗެއް.ހުވާ އެެހެން ހަދައިފިއްޔާ އިސްލާމިކް މިނިސްްޓްރީ އަށް ބިލްހިފައިގެން ،ކޭންކައްކައިގެން ދާނަށް.

  5. ޟިރާރު

    އަމިއްލަ އަށް އޭސީ ބަހައްޓަން ޖެހުނީކީއްވެ އިބޫސާލިހް ވަނީ މިސްކިތްތައް އޭސީ ކުރުމައް ވައުދުވެފައި.. ސަރުކާރުން ކުރަންޖެހޭކަންކަން ރައްޔިތުން އަމިއްލަ އަށް ކުރަންޖެހޭނީ ސަރުކާރު ކަންކަން ކުރަން ނުކެޅިދިފައިވާ މިންވަރު ދައްކައިދޭ ކަމެއް. ރައްޔިތުންގެ ޓެކްސް ފައިސާ އިން މި ސަރުކާރުން ކުރާ ކަމަކީ ކޯރޓް ތަކުގެ ފަނޑިޔާރުންނައް ބިރު ދައްކައިގެން ކޯރޓްތައް މެދުވެރިކޮއް ދައުލަތުގެ އެކި މުއައްސަސާ ތަކުން އެމްޑީޕީ ގެ އިސް މީހުނައް ލާރި މިލިއަނުން ލާރި ހޯދައިދިނުން. މި ގޮތުން ޕީއެސްއެމް އަދި ކަސްޓަމް އިން އެމްޑީޕީ އިސްމީހުނައް ކޯރޓްމެދުވެރިކޮއް ނަގައި ދިން ބަދަލު އަކީ މިސާލެއް. ބިގް ގެ ޝެއަރ ހޯލަޑަރުން ތެރޭގައި އެކޮނޮމިކް މިނިސްޓަރ ވެސް ހިމެނޭ...ކަސްޓަމްސް އިން ލާރިދޭން މިޖެހެނީ މައުސޫމް އަށް ދީބާޖާ އަކީ އަޑު އިވޭ ގޮތުގަ ގަހާ ޝާހިދު ..ގަހާ ސައީދު ގެ ކޮއްކޮ..