އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުގައި މިއަދު ހެނދުނު ތުއްތު ކުއްޖަކު ސިއްހީ ފަރުވާ އަށް މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ހާލު ދެރަ ތުއްތު ކުއްޖަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.

އެކުއްޖާ މާލެ ގެނެސްފައި ވަނީ މިއަދު ހެނދުނު 08:45 ހާއިރު އެވެ.

ކުއްޖާގެ ހާލަތާއި ބެހޭ އިތުރު މައުލޫމާތެއް ރަސްމީ އިދާރާއަކުން ސާފުވާގޮތެއް ނުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި މެދު އުފެދުނު ދެބަސްވުންތަކުގެ ސަބަބުން އިންޑިއާގެ ހެލިކޮޕްޓަރުތައް ބޭނުން ކުރުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުއްޓާލާފައި ވަނިކޮށް އަލުން ހެލިކޮޕްޓަރުތައް ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ރާއްޖެއަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި އިންޑިއާގެ ފަންސާހަކަށް ސިފައިން ތިބެއެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އޮންނަނީ އައްޑޫ ސިޓީ ގަމުގައެވެ. ދެވަނަ ހެލިކޮޕްޓަރު އޮންނަނީ ލ.އަތޮޅު ކައްދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުމަރު ނަސީރު

    ހެލިކޮޕްޓަރުތައް ބޭނުން ނުކުރުމަށް ދިވެހިރައްޔިތުންނަށް އަޅުގަނޑު ގޮވާލަން. އާދެވެންޏާ ތިލޮބުވެތި ރައްޔިތުންވެސް އަންނަންވީ ފަތާފަ.

    9
    14
  2. ދޮގެއް؟

    އެހެންތަ؟! ހެލިކޮޕްޓަރު ނެތްނަމަ އެކުއްޖާ މާލެވެސް ނުގެނެވުނީސް.

    8
    20
  3. ސާ ލެމަން

    އިންޑިއާ ކަޑަ. ހެލިކޮޕްޓަރު އޯކޭ. މީދިވެހީންނަކީ..

    19
    8