އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނުހޮވުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން ކަމަށާއި، އެ ޕާޓީން މަސައްކަތް ކުރީ އޭނާ ހޮވާ ނުދިނުމަށް ކަމަށް އެ ޕާޓީގެ މެންްބަރު އަދި މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ، ޓްވިޓާ މެދުވެރިކޮށް އޭނަ މަޖިލީހަށް ނުހޮވުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ، އޭނާ މަޖިލީހަށް ނުހޮވުމުގެ ޒިންމާ އުފުލަން ޖެހޭނީ އެމްޑީޕީން ކަމަށެވެ. އެއީ އެ ޕާޓީން މަސައްކަތް ކުރީ އޭނާ ހޮވުމާ ދެކޮޅަށް ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
19 vana Majilis ah Alhugandu nuhovumuge Zinmaa ufulan jeheynee MDP in, Mulhi Raajjeyge rahyithunnah ves ingey Party In masaiykaiy kuree Alhugandu hovuna nudhenkan. RN fiyavaa mulhi Party othee Alhugandaa dhekolhah. Mii hageegaiy molhah dhenovodigen vanee Allah.
— Mohamed Musthafa (@Thimarafushi) April 18, 2019
"މުޅި ރާއްޖޭގެ އެންމެންނަށްވެސް އިނގޭ ޕާޓީން މަސައްކަތް ކުރީ އަޅުގަނޑު ހޮވާ ނުދޭންކަން. ރައީސް ނަޝީދު ފިޔަވާ މުޅި ޕާޓީ އޮތީ އަޅުގަނޑާއި ދެކޮޅަށް". މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ މިފަހަރުވެސް މަޖިލީހުގައި ވާދަކުރެއްވީ ތިމަރަފުށީ ދާއިރާއަށެވެ. މިފަހަރު އެ ދާއިރާ ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ އަށް ނިސްތަބްވެ ވަޑައިގަންނަވާ އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ރިޔާޒެވެ. ރިޔާޒު އެ ގޮޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
18 ވަނަ މަޖިލީހުގައި މުސްތަފާ ގޮޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ. ފަހުން މުސްތަފާ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މުސްތަފާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއާ ދިމާކޮށެވެ.
އަޅުގަނޑަކީވެސް ދިވެހި ރައްޔިތަކީން. އަދި އެމްޑީޕީގެ މެމްބަރަކީމު. އެކަމަކު އަޅުގަނޑަކަށް ނޭނގޭ ޕާޓީން މަސައްކަތް ކުރީ މުސްތަފާ ހޮވާ ނުދޭންކަމެއް.
ފައިސާއަށްވިކޭ ދެރަށުރައްޔިތުން ހޮވީ ބޮޑުތަނުން ފައިސާ ބެހިމީހާ. މަނިކުފާނާ އަނެއްދެކެނޑިޑޭޓުންގެ މައްސަލަޔަކީ މަމެންނަށް ލާރި ނުބެހުން. ބަހާނެ ފައިސާއެއްވެސް ނެތުން. ހެހެ.
މޑޕ އަކީ ރައީސް ނަށީދެއް ނޫން. ބޭބެ ނާކާމިޔާބު ވީ އުޅެވުނު ގޮތުން. ރަގަޅީ ދުރަޖެހިލީޔާ
ތިމަރަފުށި ދާއިރާއަށް މުސްތަފާ ހޮވުނަ ނުދިނުމަށްޓަކައި މޑޕ އިން އެންޓި ކެމްޕޭންކު
ކުރިއެވެ ބެލެވޭ ގޮތުގައި މިކަން ވަރަށް ފުޅާކޮށް
ހިންގާފައި ވަނީ ނަޝީދުގެ އަތެއް އޮވެގެންނެވެ
މުސްތަފާގެރޯލް އެޖެންޑާ 19 އަށް ބޭނުން ނުހިފޭނެ ކަމަށްބަލާފަ ކުރިކަމެކެވެ.