19 ވަނަަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މިހާރުވެސް މަޖިލީސްގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޖުމްހޫރި ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަން ހުށަހަޅާނެކަމަށް ޖޭޕީގެ މެންބަރު އަަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން އިއްޔެ ކުރެއްވި ޓްވީޓެއްގައި މިގޮތަށް ވިދާޅުވިއިރު، އޭނާ ވަނީ މަޖިލީސް ރައީސްކަން އިދިކޮޅު ފަރާތްތަކަށް ދިނުމަކީ މާ ނަޒާހަތްތެރިވާނެ ގޮތެއްކަމަށް ނުދެކޭ ކަމަށް ވިދާޅުވެފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އައުލަބިއްޔަތު އެމްޑީޕީން ނެގިއިރު، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން މިހާރު ދަނީ މަޖިލީހުގެ ރައީސް ކަމާއި ނައިބް ރައީސްކަމަށް ގެންނާނެ ބޭފުޅަކާއި ގުޅޭގޮތުން މީސް މިީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ދަނީ، 19 ވަނަ ދައުރުގެ ރައީސް ކަމަށް ގޮނޑި ކާމިޔާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، އާއި ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއުކުރެއްވި އީވާ އަބްދުﷲ ގެންނަވަން ތާއިދު ކުރައްވާ ކަަމަށް ބުނަމުންނެވެ.

މިފަަދަ ދަނޑިވަޅެއްގައި އަލްހާން މިގޮތަށް ވިދާޅުވިއިރު، އަލްހާންގެ އެ ޓްވީޓާއި ގުޅިގެން ފާޑުކިޔުންތައްވެސް ދަނީ އަމާޒުވަމުންނެވެ.

މިދިޔަ މަޖިލީސް އިންތިހާބުގައި އަލްހާން ވަނީ ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާއަށް އެ ގޮޑި ކާމިޔާބުވާގޮތް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުބެހޭ މީހާ

    މީ ކާކު ދެން ...ހުރިހާ ކަމަކާ ބެހެން ރަޔީތުން ތާއީދު ނުކުރާ މީހެއް....

    24
    2
  2. މާމިގިލީ މީހާ

    ކަލޭގެ ގޭގޭ ތެރެއަށް ގާސިމުގެ ނަން ހުށައަޅާ ބަލަ. ބަލަ މިގައުމުން ފޮހެވިފަ ތިބި ބައެއް ކަލޭމެންތީ. ރައްޔިތުން ހޮވީމާ. ރައްޔިތުންނައް ކަންތައްތައް ނުކޮއްދީ. ކަލޭގެ އަންބޮނޑިޔައް ބޮޑުކުރީ. ކަލޭމެން ލަދުގަންނާން ޖެހޭ ވާހަކަ ދައްކާން.

    8
    2
  3. ސަލެމަން

    ކޮންތާކަތޯ ހުށައަޅަނީ. ހުށައަޅަން ކަމާނާޔައް އެވެސްބަރެއް އެބައޮއްތޯ؟

    7
    2
  4. ރައްޔިތުމީހާ

    އަލްހާނޭ؟ އެއީ ކާކު؟

    9
    1
  5. ބަރުގޮނު

    މާރަގަޅު ގޮތެއް. މަޖްލިސް މެމބަރަކަށް ނުވިޔަސް އެހެން މީހުން މަޖްލިސް ގެ މަޤާމްތަކަށް ކުރިމަތިލެވޭނެ ގޮތް ހަދާދޭން. ގާސިމް... އަވަހަށް އަލްހާނަށް މެޓާކޮޅެއްދީ.