19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީޕީއެމްއަށް ނާކާމިޔާބުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން އަޅުވަމުން ދިޔަ "ވައްކަމާއި ކޮރަޕްޝަން"ގެ ޓެގްގެ ސަބަބުންކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ، އޭނާ ގަބޫލުކުރާގޮތުގައި އެ ޕާޓީގެ ގިނަ ބަޔަކަށް ނާކާމިޔާބުވީ ކަންކަން ތައްޔާރު ކުރުމުގައި ވިސުނުންތެރިކަމާއެކު އަޅަންވީ ފިޔަވަޅުތައް ފުރަތަމަ ދުވަހުން ފެއްޓިގެން ނޭޅި ތައްޔާރު ކުރެވިފައި ނެތުން ކަމަށެވެ. އިތުރަށް ނިހާން ވިދާޅުވި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން އަޅުވަމުން ދިޔަ "ވައްކަމާއި ކޮރަޕްޝަން"ގެ ޓެގްގެ ސަބަބުންކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"މި ޓެގް އެންމެ ބޮޑަށް އަޅުވަމުން ގެންދެވީ މަޖިލީސް މެންބަރުންގެ އިސްތަށުފުޅުގައި. ހަމަގައިމުވެސް އަޅުގަނޑާއި ހަމައަށް އެކަން އައި ވަރަށް ދަތިކަމެއްގެ ގޮތުގައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެހެން ބައެއް މެންބަރުންނަށްވެސް އެކަން އެހެން ދިމާވި. އެ މެންބަރަކާއި ގުޅުން އޮތަސް ނެތަސް ހަމަ އަޑު ވީއްލާފާއި ވަގަށް ގޮވާ އަދި ވައްކަންކޮށްފައި ތިބި ބައެއް ކަމަށާއި،ނުވަތަ ވަގުން ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި ނަފްރަތުތަކެއް އުފައްދާފައިއޮތް. އެއީވެސް މިކަމުގެ ނުކުތާއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާ އެއް ސަބަބު". ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ޕީޕީއެމްގެ ކެމްޕޭން ފަންޑް އެއްވެސް ގޮތަކަށް މަސައްކަތް ކުރެވޭނެ ގޮތް ނުވުމަކީވެސް އިންތިހާބުގައި އެ ޕާޓީއަށް ނާކާމިޔަބީއާ ކުރިމަތިލާން ޖެހުނުކަމެއް ކަމަށެވެ.

ނިހާން ވިދާޅުވީ، ޕީޕީއެމްގެ އެންމެ ބޮޑު މައްސަލައަކީ ބަލި ގަބޫލު ނުކުރުމާއި، ބަލިވުމުން ދެން ތެދުވެގެން ދުއްވައިގަންނާނެ އުސޫލުތަކެއް ކަނޑައަޅަން ނޭނގި ހިމޭންވެފައި ތިބުން ކަމަށެވެ. އަދި ޖަޒުބާތުގައި ޖެހި އެ ވާހަކަތައް މީސް މިޑިއާގެ ސަމާލުކަން ނުގެނެސް، ބަޔަކަށް ރައްދު ދިނުމަށްވެސް ޕީޕީއެމް މެންބަރުން މީސް މީޑިއާ ބޭނުން ނުކުރުން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"ޖަޒުބާތުތަށް ހަމައެކަނި ވައިބާ ގްރޫޕްތަކުގައި ބޭނުން ކުރުން. ސޯޝަލް މީޑިޔާގެ އެހެން ވަސީލަތެއް ވެސް ބޭނުމެއް ނުކުރާނެ. މީހަކަށް ރައްދެއް ދޭން ވެސް، ރަނގަޅު ވާހަކައެއް ދައްކާލަން ވެސް އެކްޓިވް ނުވާނެ. ހަމަ އެއްކަލަ ގްރޫޕްގައި ތިބެގެން ވާހަކަ ލިޔެލަ ލިޔެލާ ތިބެނީ. އެ އުސޫލު ދޫކޮށްލުމަށް ޕީޕީއެމްގެ އާއްމު މެމްބަރުންނަށް އިހުލާސްތެރިކަމާ އެކު ދަންނަވަން" ނިހާން ވިދާޅުވިއެވެ.

އިތުރަށް ނިހާން ވިދާޅުވީ ޕީޕީއެމް ކާމިޔާބު ޕާޓީއެއްގެ ގޮތުގައި އެނބުރި އަންނާނެ މަގު ވަރަށް ތަނަވަސްކަމާއެކު އަދިވެސް އެބައޮތް ކަމަށެވެ.

ނިމިދިޔަ އިންތިހާބުގައިި ޕްރޮގްރެސިވް ކޯލިޝަންއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހުނެވެ. ވާދަކުރެއްވި ގިނަ ދާއިރާތަކުގެ ގޮޑި ކާމިޔާބެއް ނުވިއެވެ. އެ ކޯލިޝަނުން ކާމިޔާބު ކުރެވުނީ އެންމެ އަށް ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރައްޔިތުމީހާ

  ވައްކަން ކުރީމަ ޓެގްވެސް އަޅުވާނެ.

  26
  33
 2. ޝަމީމް

  ބަލަގަ ނިހާނޫ ބަޔަކައް ފޫޅު ކަޑަނީ ކިހިނެއް ވެގެންތޯ ރައީސް ޔާާމީން ނުންތޯ ވިދާޅުވީ ދައުލަތުން ހިންގި އެއްމެ ބޮޑު ކަރަޕުށަނާއި ވައްކަން ކުރީ ތިމަން މަނިކުފާނުގެ ޒައާމަތުގައޭ ތިކަމުގެ ޒިއްމާ ނަގަން ޖެހޭނީ ޔާމީން ނުންތޯ؟

  33
  36
 3. ލޮލް

  ނާކާމިޔާބުވީ ވިސްނޭ ދިވެހި ޒުވާނުން ނިކުމެ ސޯސަލް މީޑިޔާ ތަކުން މަގުމަތިން ޖަލުން ތި ވަގުންނައް ބޮޑުތަނުން ނޫނެކޭ ޓެގު ޖެހީމަ. ކޮން ވާހަކައެއް ދަކާކަ. ދީނީ ޓެގު ލާދީނީ ޓެގު ވޯކު ނުކުރީ. މޑޕ މެންބަރުންނަކީ ދިވެހި ސަތެކަ ޕަސެންޓު މުސްލިމުން.

  22
  11
 4. ބިބީ

  ބޮޑުޚިޔާނާތުގެ ޒިންމާ ނަގަން ޖެހެނީ ރައްޔިތުންނޭތަ ތި ބުނަނީ. އެޓެގު ޔާމީން ސަރުކާރުގަ ނޭޅޭނެ އެއްގޮތްވެސް ނޯންނާނެ. ކަލޯ ދުލެއް ދެއްވާފަ އޮތީމަ ހަމަ ތަޅުވަނީދޯ. ދެން ވެސް ބަލި ގަބޫލު ކޮށްބަލަ.

  23
  8
 5. އެލެކްސް

  ބުނަންތަ ކަލޭމެން މާ ފޮނި ބޮޑުވީ އައްޔާޝީ އަށް ފައިސާ ބޭނުންވެގެން ގައުމު ހަލާކު ކުރީ. އޭރު މަގާމުތަކުގައި ތިބީ ކަލޭމެން މިއަދު ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. ކަލޭމެން އެންމެން ވެގެން ޔާމީނަށް ލަނޑު ދިނީ ތިޔައީ އަދީބު އަތުން ލާރި ވަރަށްގިނައިން ނެގި މީހެއް

  18
  5
 6. ދދދދދ

  ބަޣާވާތް ކުރާ ބަޔަކީ ކޮން ބައެއް؟ ހަމަ ކޮންމެ މީހަކަށް އެނގޭ ކެރަފާ ޢާއިލާގެ ރަސްމީ ޓެގްކަން އެއީ. އެންމެ ހަޔާތް މަދީވެސް އެއެތިވަރުތައް. އެހެންވީމަ ތިމާމެން ކުރާ ކަންކަމުން އެހެން މީހުންނަށް ގޮވާ ހިމާރު އަޑުން ފެލެމުން ދުވަނީ. ނޫންތަ

  11
  11
 7. ރާބެ

  ނިހާނު މެންގެ ފޮނިބޮޑާކަމުން ހުރިހާ ކަމެއްވެސްވީ ޕީޖީ ލީޑަރު ކަން ދިނީމަ ހީވީ ލައްކައެކޭ

  6
  2
 8. ބަރުގޮނު

  ހިތާ ދެކޮޅަށް ނަމަވެސް ނިހާން އެދެއްކެވީ ތެދު ވާހަކަ ތަކެއް. ވައްކަމާ ކޮރަޕްޝަން ގެ ޕީ.ޕީ.އެމް ގައި އެޅުވުނީ ސަބަބުތަކެއް ހުރެގެން. އަދީބު ގެ ޚަރަދުގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ގެނެސް ހަވާ އަރުވާ ހެދިއިރު މީ ކިހާ ފައިސާއެއް ޚަރަދުވާ ކަމެއްކަން ޚިޔާލަށް ގެންނާނެ މީހަކު ޕީ.ޕީ.އެމަކު ނެތް. ހަޅޭއްލަވަން ތިބީ އިދިކޮޅު ޕާޓީތައް. ޚާއްޞަކޮށް އެމް.ޑީ.ޕީ. ޚިޔާނާތް ވަކިވަރަކަށް ފަޅާއަރާ ރައީސް ޔާމީނަށް ފައިސާ ގެ ބައި އެޅުނު ވާހަކަ ދެކެވެން ފެށުމުން ނިހާންމެން ފާސްކުރީ "އަބުރު ގެ ޤާނޫން." ބޭނުމަކީ ޔާމީން ގެ ވާހަކަ ދައްކާ މީހަކު ވިއްޔާ ކުށްވެރިކުރުން.
  ނިހާން. އަދިވެސް ކަންކަން އިތުރަށް ހާމަވާނެ. އެދުވަހަކުން ނިހާނަށްވެސް ޖެހޭނީ ތެދެކޭ ތެދެކޭ ބުނަން. އަދީބާ ދިމަޔަށް "މިދީބުގެ އަދީބޭ" ކިޔާ ޚުދު ނިހާން ނަންދިނީ ، ހަކުރުދެންޏާ ބޮޑުބޭބެ ކިޔާ އުސޫލުން ކަމަށް އެއްބަސްވާން.

  7
  2
 9. ޕިސް ޕިސް

  ކަލޯމެން އަދިވެސް ބަލި ޤަބޫލް ނުކުރަން ތި އުޅެނީ ކީއްވެތަ؟

  4
  4
 10. ޣޮރު

  ވައްކަން ކުރީމަ ނޫންތަ އަދިވެސް ޓެގޭމުންޖޭ ކިޔާއިރު ޕާޓީގެ ލީޑަރުބުނީ ތިމަންނަ ގެއަށްވަންފައިސާ ހަލާލެއްނޫނޭ!