ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ދަރިފުޅަށް ކާރު ގަނެދެއްވި ގޮތް ވިދާޅުވެ ދެއްވައިފިއެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއެއްގައި ދަރިކަލުންނަށް ކާރެއް ދެއްވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ނިހާން ވިދާޅުވީ، އޭނާ މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރުގެތެރޭ މުސާރައިގެ ގޮތުގައި 9.3 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ކާރަކީ އެ ކުއްޖާ އަށް 18 އަހަރު ފުރުމުން އޭނާ ގަނެދިން ބާ ކާރެއް ކަމަށެވެ.

"އެ ކާރަކީ ޖަޕާނުގެ ރިކޮންޑިޝަން މާކެޓުން ރާއްޖެ އަށް ގެނައި ކާރެއް. އަޅުގަނޑު ގަނެދިނީކީއެއް ޖަރުމަނުގެ އޮޓޯ މާރުކޭޓަކުން ބްރޭންްޑް ނިއު ކާރެއް ނޫން. އެއީ ޖަޕާނުގެ ރިކޮންޑިޝަން މާކުޓުން ދިވެހި ރާއްޖޭއަށް ދިވެހި އެޖެންސީ އަކުން އެތެރެކޮށްފައިވާ ރިކޮންޑިޝަން ކާރެއް" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، މީހެއްގެ ބޮލުގައި ކަމެއް އަޅުވަން އުޅޭ ބަޔަކު ކޮންމެ ފަަދަ އެއްޗެވެސް ކިޔާފާނެ ކަމަށެވެ.

"އަހުމަދު އަދީބު އަޅުގަނޑަށް ދިން ގަޑިއެއް ނޯންނާނެ. އަޅުގަނޑުގެ ދަރިފުޅަށް ގަނެދިން ކާރަކީ ސައްހަ ހަލާލު ގޮތުގައި އަޅުގަނޑަށް ލިބިފައި ހުރި ފައިސާއިން ދިވެހި ރާއްޖެއަށް މީހަކު އެތެރެކޮށްފައި އިން ކާރެއް". ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އޭނާގެ ދަރިފުޅަށް ރީކަންޑިޝަން ކާރެއް ނުގަނެދެވިއްޖެކަމުގައި ވާނަމަ އެ ވާހަކަދައްކާ ފަރާތްތަކުން އަލުން ބަލުން ސިކުނޑިގެ މައްސަލައެއްގެ ގޮތުަގައި ވިސްނާލަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުރިން

    މަގޭ ދަރިފުޅައް މިއުޅެނީ ކުޅޭ ކުޅޭ ކާރެއްވެސް ނުގަނެދެވިގެން.....

    54
    41
  2. ނިހާނު

    ކޮބާ ދަރިފުޅަށް ގަނެދިން ފުލެޓް

    55
    21
  3. މަހަށްދޭބަލަ

    މަމެންގެ ހިސާބު ތަކާއި އެސްޓްރޮލޮޖީ ބުނާ ގޮތުން ނަމަ ޕީޕީއެމް އަކީ އެއީ ސީދާ ރައީސް މައުމޫނުގެ ހައްގެކޭ ރައީސް ޔާމީން ޖެހޭނީ ޕީޕީއެމް ސީދާ ރައީސް މައުމޫނާއި ހަވާލު ކުރަން ނުކޮށް ޕީޕީއެމްގެ ލީޑަރޝިޕް ގައި ރަައީސް ޔާމީން ހުރެގެން ދުވަހަކު ވެސް ޕީޕީއެމް އަށް ކުރިއެރުމެއް ނުލިބޭނެއޭ ސިޔާސީ ގޮތުން އެއީ ވާނެ ކަމެއް ނޫނޭ މީ ހަމަ ޔަގީން ކަމެކޭ ރައީސް މައުމޫނަށް ހަވާލުކުރަންވީ ޕީޕީއެމް ސީދާ ރީތި ގޮތުގައި އެއީ ޕީޕީއެމްގެ ހައްގުދާރަކީ އަދުރޭ އެއް ނޫން ޕީޕީއެމްގެ ހައްގުދާރަކީ އަދުރޭ ހަދަނީ ދޮގޭ އަދުރޭ މަހަށް ދޭބަލަ ދެން...

    13
    46
  4. ދުރަން

    މުރިން އާ މަށާ މިއީ މަޖުލިސް މެމބަރުންނެއްނޫނެއްނު. އަހަރެމެންނަށް މުސާރަޔަށް ލިބެނީ ބައި ރުފިޔާ. އެހެންވީމަ އަހަރެމެންނަށް ގަނެ ނުދެވުމީ އެއްވެސް މައްސަލައެއްނޫން.

    36
    6
  5. މާމިގިލީ މީހާ

    ވަގު ފައިސާއިން ހުރިހަާ ކަމެއް ކޮއްފަ. ދެން ކިޔާނެ އޭއްޗެކޭ މީއްޗެކޭ.

    21
    21
    • Anonymous

      އާނ. މޑޕ އަށް ސޮއި ކޮށްލާ. އޭރުން ހުދު ކާފޫރަށް ވާނެ ވަގުތުން.

      1
      4
  6. ޙަސީނާ

    އަންހެނުންނަށް އަދީބު ދިން ޑައިމަންޑް ޖެހި ކެވެލިކޮޅޯ؟ ނުދެއޭ ބުނޭ ދެން. ޢެޕާޓްމަންޓްގެ ކިތައް އަހރުގެ ކުލި ގަނޑުކޮށް އަދީބު ދައްކައިދިން؟ ބުނެބަލަ މީ ދޮގެކޭ.

    1
    1
  7. Anonymous

    ނިހާނު، ޜޮލެކްސް ގަޑިއާއި ކާރަކީ އަދީބުގަނެދިން ތަކެއްޗައް ނުވިކަމުގައިވިޔަސް އަދީބުދިން ފައިސާތަކެއް ދިރިއުޅުމުގެ އެއްވެސްކަމަކަށް ބޭނުންނުކުރަމޭ ނުވަތަ އަދީބުއަތުން ފައިސާތަކެއް ހޯދާފައި ނުވާނެއޭ ޚަތިމެއްގަ ހިފަހައްޓައިގެންހުރެ ބުނަންކެރޭނެތަ؟؟

  8. ޖަލީ

    ހަމަ އެއް ނުޖޭ! ފްލެޓް މުސާރައިން ގަނެފަ، ކާރު ގަނެދީފަ. އަދި އަމިއްލަ ދރި ފުޅަށް ފްލެޓް ގަނެދީފައި އަމިއްލަ ބޭނުން ތަކަށް ބޭނުންކޮށްފަ. ހަމަ އެލާރިން މިހުރިހާ ކަމެއް ކުރެވޭނެބާ

  9. Anonymous

    ޢަދީބުގެ އުމުރު ނާއިބުރައީސަކަށް ޝަރުޠު ހަމަނުވާގޮތަށް އޮތް ގާނޫނު ބަދަލުކޮށްފަ އޭނަ ނާއިބުރައީސަކަށްހޮވަން ޝަރުޠުހަމަވާގޮތަށް މަޖީލީހުގެތެރެެިން ގާނޫނުފާސްކުރި މެމްބަރުން އެގޮތައް ގާނޫނު ފާސްކުރީ ހަމަހިލާ އެއްވެސް ރިޝްވަތެއް ނުވަތަ ފައިސާގެހަދިޔާ އެއްގަވެސް ނުހިފާތަ؟؟ އަދި ކުރީގެ ނާއިބު ރައީސު ޖަމީލަށް އިތުބާރުނެތްކަމުގެ ވޯޓުނަގާފަ އަދީބު ނާއިބުރައީސަކަށް ހޮވަން މަޖިލިސްތެރެއިން ވޯޓުދީގެންހޮވީ ތިޔަމެމްބަރުން ހަމަހިލާތަ؟؟ ތިޔަމެމްބަރުން މިޖަރީމާ ހިންގިހިސާބުން ރައީސު ޔާމީނަށް ވެރިކަން ހިންގަން ހުރިހާ ނުރައްކަލަކާއި ގޮންޖެހުންތައް ކުރިމަތިވާންފެށީ، ތިޔަ އަމިއްލަ އެދުންބޮޑު އައްދާރުންގެ ސަބަބުން ރައީސުޔާމީނަށް ދެވަނަދައުރު ކާމިޔާބުނުވީވެސް، މިއީ ހަގީގަތަކީ

  10. ބީވާ

    މުސާރައިން އެހެން އެއްވެސް ކަމެއް ނުކޮށް ފޮރުވިޔަސް މިދިޔަ ފަސް އަހަރު ނިހާނު ގަތްހާ މުދާ ގަނެވޭނެ ފޯމިއުލާ އެއް ނޯންނާނެ! ކަލޯ މިރާއްޖޭގަ މިހާރު ގިނައީ ތަންދޮރު އޮޅުންފިލާ މީހުން!

  11. މޮލަ

    ނިހާނު ކަލޭ ދޮންކެޔޮވެސް ނުކަންދޯ