ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކޯޓުން މިގޮތަށް އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޝަރީއަތް ނިމެންދެން ހަސަން ސައީދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއިރު އޭނާގެ މައްޗަށް ދެ ދައުވާ ވަނީ އުފުލާފައެވެ. އެއީ ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ކުއްލި ހާލަތުގެ ދަށުން ހަސަން ސައީދުގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ބަންދުގެ މުއްދަތު މިހާތަނަށް ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު