ރޮލެކްސް ގަޑިދިނީ އަހުމަދު އަދީބު ނޫން ކަމަށާއި، ﷲ ގަންދީ ހުވާކޮށްފައި ދަންނަވަން ކެރޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

"ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ އެ ވާހަކަ އެގޮތަށް ނުބައި ނިޔަތުގައި ދައްކާ މީހުން އެ ކުރަނީ އަމިއްލަައަށް ނުބައެއް. އެއީ ކަނޑައެޅިގެން އެ މީހުންނަށް ސާބިތުނުވާ ވާހަކައެއް އެ މީހުން ދައްކަނީ". އަދީބު ދެއްވި ކަމަަށްބުނާ ގަޑިއާއި ގުޅޭގޮތުން ވާހަކަައްކަމުން ނިހާން ވިދާޅުވިއެވެ.

"ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ އޭނާ އަށް ލިބިވަޑައިގެންނެވި "ރޮލެކްސް" ގަޑި އަކީ އަދީބުއާ އެއްވެސް ހައިސިއްޔަތަކުން ވެސް އަދި އެއްވެސް މޭރުމަކުން ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެ ގަޑި އޭނާއަށް ހަދިޔާ ކުރެއްވި ފަރާތް މިވަގުތު ދުނިޔޭގައި ނެތް ކަމަށެވެ.

"އެ ހަދިޔާ ކުރި ދުވަހުގައި، އޭގެ ހައްގުވެރި ފަރާތެއްގެ ގޮތުގައި ހުރި ފަރާތާއި، އެ ފޮޓޯ އާއި އެ މަންޒަރު ރަނގަޅަށް އަމިއްލަ އަށް ހާމަކޮށް ނޫސްތަކާ ހަމައަށް ވެސް އެ ވާހަކަ ގެނައި މި ގަޑިއަކީ މިވެނި މީހަކު އަޅުގަނޑަށް ހަދިޔާކުރި ގަޑިއެއްކަން. އެކަމަކު ހަމަ އަދިވެސް އެ ގަޑިއަކީ އަދީބު އަޅުގަނޑަށް ދީގެން، އެމްއެމްޕީއާރްސީގެ ފައިސާގެ ގޮތުގައި އަޅުގަނޑަށް ލިބިގެން ވަގަށް ނަގައިގެން އުޅޭ އެއްޗެއްގެ ގޮތުގެ ވާހަކަ ތަކުރާރުކޮށް އެދަނީ ދައްކަމުން. ކަނޑައެޅިގެން ހުވާކޮށްފައި ދަންނަވަން ކެރޭ އެ ބަޔަކު އެ ހަދަނީ ދޮގެކޭ. ކަނޑައެޅިގެން އަޅުގަނޑު އޭގެން ބަރީއަވަން" ނިހާން ވިދާޅުވިއެވެ.

ނިހާން މީގެ ކުރިންވެސް ވަނީ އެއީ އަދީބު ދިން ގަޑިއެއް ނޫންކަމަށް ވިދާޅުވެފައެވެ. އެ ގަޑި ދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޔަމީންގެ އާއިލީ ބޭފުޅެއް ކަމުގައިވާ މުޙައްމަދު މަނިކު (ބިސް މަނިކު)ކަމަށް ނިހަން ވިދާޅުވެއެވެ. އެ ގަޑިދެއްވާ ފޮޓޯވެސް މީސް މީޑިއާގައި ދައުރުވަމުން ދިޔައެވެ. އެ ބޭފުޅާ ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޔާނު

  ބިސްމަނިކު ދިނީ

  19
  3
 2. ތިމަންނަ

  މި މީހުނަށް " ހުވާ " މީ ކިހާވަރެއްގެ އެއްޗެއްކަން އެގޭބާ؟

  14
  4
  • ލޮލް

   ތިމަންނައަށް ހުވާ "ނަހުލާގެ" ބެލެއެއްނު މިހާރު ދޯ؟

   9
   1
 3. Anonymous

  ލާދީނީ މީހުންނަކަށް ﷲ ގަންދީ ހުވާ ކުރިޔަސް ނުވާނެ އެއްނު ބޮޑު ކަމަކަށް. އެމީހުން ހަމަ އުޅޭނީ މީހުންގެ މަސް ކެއުމުގަ.

  1
  1