އިންޑިޔާ ސިފައިންގެ 21 މީހުން ރާއްޖެ އަތުވެއްޖެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާގެ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އުމަރުގެ ޕޯސްޓްގައި ބުނެފައިވަނީ މިއަދު ރާއްޖެ އައި އިންޑިޔާގެ 21 މީހުންގެ އަތުގައި އޮތީ އިންޑިޔާގެ ޕާސްޕޯޓެއް ނޫން ކަމަށާއި ރާއްޖެއިން ދޫކޮށްފައިވާ ޓްރެވެލް ޑޮކިއުމެންޓެއް ކަމަށެވެ. އަދި މިސަރުކާރުން ގެންދަނީ އަމިއްލަ މިނިވަންކަން ދޫކޮށް، އިންޑިޔާގެ ސްޓޭޓަކަށް މިޤައުމު ހެދުމަށް މަސައްކަތް ކުރަމުން ކަމަށްވެސް އުމަރުގެ ޕޯސްޓްގައި ވިދާޅުވިއެވެ.

އުމަރު ނަސީރު ފާހަގަ ކުރެވިފައިވަނީ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެއާއި އިންޑިޔާ ދެމެދު އޮންނަ އަސްކަރީ ގުޅުމަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން، އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި އެ ހެލިކޮޕްޓަރުގެ މެއިންޓެނެސަނަށް ކަމަށްބުނެ ރާއްޖޭގައި ބައިތިއްބާފައިވާ އިންޑިޔާ ސިފައިން، ރާއްޖެއިން ފޮނުވާ ލުމަށް ސަރުކާރަށް ޕްރެޝަން ކުރަން އުމަރު ނަސީރުވަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙުކި

    ޜައީސް ހެޔޮނުވާނެ މިޤައުމު ވިއްކާނުލާ

    39
    2
  2. Anonymous

    ތިވާހަކަދެއްކިޔަސް އިޖާބަދޭނެ ބަޔަކު މިގައުމަކުނެތް، އެއައްވުރެން މާ ޖައްބާރުބައެއް މީ، ކޮން އޯގާތެރި ސަރުކާރެކޭތަ މިކިޔަނީ މީހުން އޮޅުވަންވެގެން.

    43
    3
  3. ބޭރުކުރޭ

    ޢިންޑިއާ ސިފައިން ބޭރުކުރޭ ހަމަމިހާރު!!!!!

    38
    2
  4. ޙުސެން

    ޢުމަރު އަށް،އެނގިވަދައި ނުގަންނަވާނަމަ ތިއަށް ވުރެ މަާގިނަ އިންޑިޔާސިފައިން ބަރު ހަތިޔާރާއިގެނ ރާއްޖެއރިއެވެ. އަޅުގަނޑު އުޅުނު އޮފޮސް ތެރޭގައި ވެސް ބަޑިހިފައިގެން އޭގެ މީހަކު ކޮންމެދުވަހަކުވެސް އައިސް އުޅުނެވެ. މުޅި އެއަރ ޕޯރޓް ވެސް އެމީހުނއ ދަށުގައެވެ. އެތާނގައި ބަކަރިވެސް ގެންގުޅުނެވެ.

    9
    21
    • ދދދދދ

      ޖީއެމްއާރް އަޅުވެތިކަމުގެ ދުވަސްވަރު ދޯ؟ ތެދެއް އެއީ.

  5. ާިަިަޮްއައިސް

    މި ރަަައްޔަތުން ބެނުން ވި ގޮތެއް ނުން ދެން ތިބެ ވަަގޮތް ބަލަން

  6. މަސްވެރިޔާ

    އަޅުވެތި ކުރަންރާވާމީހުން އެކަންކުރަނީ ޕްލޭނެއްގެ ދަށުން، އިންޑިޔާބަޔަކަށް ޓުރެވަލް ޑޮކިއުމަންޓް ރާއްޖެއިންދޭންވީ ކީއްވެ. ދައްޖާލުންނޭވެ، ޤައުމުގެ މިނިވަންކަމާއި ނުކުޅޭތި، ގުޅަކުޅޭ ފަސްގަޑު ދަށުވެ ޗިސްވެދާނެ. އިންޑިއާއަކީ މާލީގޮތުން ޤައުމަކަށް އެހީވެވޭނެ ޤައުމެއްނޫން. 600 މިލިއަން ރައްޔިތުންނަށް ފާޚާނާގެ އެއްވެސް ޚިދުމަތެއްނުލިބޭ، 400 މިލިއަން މީހުން ދުވަހަކު ކަރަންޓް ނުދެކޭ. މިކޮސް ސަރުކާރުގެ ކުރެޑިޓް ލައިންގެ ތެރެއިން އިންޑިއާގެ މުދާ ރާއްޖޭގެ މާރކޭޓަށް ވިއްކުންނޫން ދެންކޮންކަމެއްތޯ. ރ.ސޯލިހު ފެއިލްވެއްޖެ، އަވަހަށް އިސްތިއުފާ ދެއްވާ.

    5
    1