މަންމަނަކު ހިޖާމާ ޖަހައިގެން ރަނގަޅު ކުރެވޭނެ ކަމަށް ސުވާލުކޮށް، ހިޖާމާ ޖެހުމަށް ހެލްތް މިނިސްޓްރީގެ ދެ ބޭފުޅަކު ޖޯކު ޖައްސަވައިފިއެވެ.

ރާއްޖޭގައި ހިޖާމާ ފުޅާ ދާއިރާއެއްގައި ޖަހަމުން އަންނަ "ފަޒީސް ހިޖާމާ ތެރަޕީ" ހުއްޓާލުމަށް އެންގުމުން، އެމައްސަލައިގައި ހެލްތް މިނިސްޓްރީއަށް ދިއުމުން އެތަނުގެ ދެ ބޭފުޅަކު މަލާމާތް ކުރުމުގެ ގޮތުން، ހިޖާމާ ޖެހުމުން މަންމަނަކު ރަނގަޅުވާނެ ކަމަށް ސުވާލު ކުރި ކަމަށް، "ފަޒީސް ހިޖާމާ ތެރަޕީ" ހިންގާ ފަރާތުން އޭނާގެ ކަސްޓަމަރުންނާއެކު ހަދާފައިވާ ވައިބަރ ގުރޫޕްއަކަށް ކޮށްފައިވާ މެސެޖެއްގައި ބުނެފައިވެއެވެ.

އެމެސެޖްގައި އިތުރަށް ބުނެފައިވަނީ، އެ ދެމީހުންނަށް ރައްދު ދީ، ރަސޫލާގެ ހަދީޘް ފުޅަކުން ވާހަކަ ދެއްކުމުގެ އުނިކަން ހުންނަ ފަރާތްތަކަށް ދަތްދޮޅިއަށް ފަރުވާ ދިނުމުން، ޝިފާ ލިބޭނެ ކަމަށް އޮންނަ ކަމަށް ބުނި ކަމަށެވެ. އަދި އެ ސުވާލު އެގޮތަށް ކުރިމަތި ކުރުވުމުން، ސުވާލު އެރައްދުވަނީ ރަސޫލާ އަށް ކަމަށްވެސް ފަޒީ ބުނެފައިވެއެވެ.

ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ "ފަޒީސް ހިޖާމާ ތެރަޕީ" އިން ދެމުންދާ ހިޖާމާ ޖެހުމުގެ އިތުރުން އިތުރު ސިއްހީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ، ހަމަޖެހިފައިވާ އުސޫލުން އެޚިދުމަތަކަށް އެދި ހެލްތް މިނިސްޓްރީގެ ހުއްދަ ލިބިގެން ޚިދުމަތް ކުރިއަށް ގެންދެވުމަށް ދަންނަވާ ކަމަށެވެ.

ހިޖާމާ ޖެހުމަކީ ސާބިތު ނުކުރެވޭ ސިއްހީ ވަކި ފައިދާއެއް ލިބޭ ކަމެއް ނޫންކަމަށް މީގެ ކުރިން ހެލްތު މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ(1) "ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ."

އެހެންކަމުން އިސްރާއާއި މިޢުރާޖުގެ ދުވަހު މަލާއިކަތްބޭކަލުންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޙިޖާމާޖެއްސެވުމަށް އިރުޝާދުދެއްވުމަށްފަހު، މިއުއްމަތަށް ހިޖާމާޖެހުމަށް އަމުރުކުރުމަށް އިރުޝާދުދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا كُلُّهُمْ يَقُوْلُ لِيْ : عَلَيْكَ يَا مُحَمَّدُ بِالْحِجَامَةِ(2) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ހިޖާމާޖައްސަވާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ." އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا قَالُوا : يَا مُحَمَّدُ مُرْ أُمَّتَكَ بِالْحِجَامَةِ (3) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، "އޭ މުޙައްމަދެވެ. ކަލޭގެފާނުގެ އުއްމަތަށް ޙިޖާމާޖެހުމަށް އަމުރުކުރާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ."

އާދެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ޙިޖާމާޖައްސަވާފައެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) "އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ." އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ. وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5) "ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ. ޙިޖާމާޖަހާށެވެ."

ވަރަށް ގިނަ ދިވެހިން ވެސް މިހާރަކަށް އައިސް ހިޖާމާ ޖަހައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ދުވާފަރު މީހާ

    ހެލްތް މިނިސްޓްރީގެ ދެ ބޭފުޅުން މީހުންނަށް މަލާމާތް ކުރުން ހުއްޓުވޭނެ ހިޖާމާ ޖަހައިގެން

    160
    5
  2. ކަލޯ

    ޢެ ދެ ބޭފުޅުންނަށް މަންމަނުން ރަނގަޅު ކުރެވޭތަ

    161
    7
  3. Anonymous

    ދުޢާ ކޮށްގެން ހަމަ ގައިމުވެސް މަންމަނަކު ރަނގަޅުކުރެވޭނެ. ﷲ އަށް އިތުބާރުކޮށް ސުންނަތުގައިވާގޮތަށް ހިޖާމާ ޖަހާ ބޭފުޅެއްގެ އަރިހުން ހިޖަމާ ޖަހައިގެންވިއަސް އަދި ރުޤުޔާކޮށް އެކަމަށް އެދި ގިނަގިނައިން ދުޢާކޮށް ހަދައިފިނަމަ ﷲ ގެ ރަހުމަތުގެ ދޮރުކޮޅުތައް ހުޅުއްވަވާދެއްވަވާނެ. އަދި ހިޖާމާ ނުޖެހިއަސް ހަމަ އެކަނި ދުއާގެބާރުވެސް އެހާ ގަދަވާނެ. ދުއާ އަކީ އެހާ ބާރުގަދަ ހަތިޔާރެއް!

    192
    7
    • ބުރީޖު

      ކޮންމެ ދިމާލަކުންވެސް ދެން މިގައުމުގަ ފެންނާނީ ހައްދުން ބޭރުވެދަތިއްބަ

      3
      1
  4. Anonymous

    Nethumuge therein insaanaa khalqu kurevvi maaiy Allah konme kamakah kulhadhun vantha ve vodigenvaakan health ministry ga ulhey meehunah neygeybaa

    94
    1
  5. ހެލްތް

    ހެލްތް މިނިސްޓްރީއަށް ހޮސްޕިޓަލުތައް ރަނގަޅު ނުކުރެވޭއިރު، ކޯޗެކޭ ކިޔާކަށްތަ! އަމިއްލަ ފޫކޮޅު ސާފުކޮށްފަ އެހެންމީހުންނޭ ކިޔާބަލަ!

    179
    1
  6. ކެޔޮޅު

    މަންމަނަކަށް ޑޮކްޓަރުން ފަރުވާކޮށް ރަނގަޅު ކުރެވޭތަ. ޑޮކްޓަރީބޭސް ހުއްޓާލަންވީތަ.

    157
    2
  7. އޮޅުވާ ނުލާ

    ޢަސްލު އެ ސިޓީގައި އޮތީ ސާބިތުނުކުރެވޭ ފަރުވާގެ ވާހަކަ ދޯ. ޙިޖާމާ ސާބިތު ނުކުރެވޭ ވާހަކައެއް ނޫން ދޯ! ފަޒީ ނޫނަސް ހިޖާމާ ރަނގަޅަށް ރެޖިސްޓަރ ކޮށްގެން އެ ހިދުމަތް ދޭ މީހުން އެބައުޅޭ. ފަޒީވެސް ރެޖިސްޓަރ ކޮށްބަލަ. ޜެޖިސްޓަރ ނުކުރާން ހަމަޔަށް ޑޮކިޔުމަންޓްސް ނުގެންދެވިގެން ތި އުޅެނީ ކޮންކަމަކާ ޖެހިލުން ވާތީބާއޭ ހިތައް އަރާ. ޙެލްތް ސޭފްޓީ ފޮލޯ ކުރަން ޖެހޭ ދޯ. ޜެޖިސްޓަރ ނުކޮށް ތިފަދަ ހިދުމަތެއް ދިނުންތީ ދީނީގޮތުންވެސް ޤާނޫނީ ގޮތުންވެސް ގޯސްކަނެއްކަން ތި ފަޒީ އަށް ނޭންގެނީބާއޭ ހިތައް އަރާ.

    99
    90
    • ޑޮކިޔުމަންޓްސް ނުގެންދެވިގެން

      ޖަޒީރާ މިނިސްޓުރީން ދީނަށް ޖޯކުޖެހުން ހުއްޓާލަފާނަންތަ؟
      މަރުވެފަ އޮތް އެންމެމީހަކުވެސް އަދި ތި މިނިސްޓުރީއަކަށް ނެތް ދިރުވިފައެއް.
      ދެން ޑިކްޓަރީ ބޭސް ކުރުން ހުއްޓާލަންވެއްޖެއެއްނު.

      5
      1
  8. ރަސްދޫ

    ކާފަރުންނާ ގައުމު ހަވާލުކުރީމަ ވާންވި ގޮތް މި ވަނީ. ހިތައްއެރި އެއްޗެއް ކިޔާނެ ދެން....

    114
    24
  9. ސޯޓް ބެ

    މަންމަނަކު ޑޮކްޓަރަށް ދިޔާމަ ރަނގަޅުވޭތަ؟

    98
    2
  10. ދަންނަ

    އެހެންވިއްޔާ ހެލްތުމިނިސްޓްރީގެ ތިޔަޓީމުން ހުރިހާ މަންމަނުން ރަނގަޅުކޮށްދޭނވީނުދޯ

    122
    3
  11. ހެޔޮހުޅިއަޔަސް

    ހެލްތު މިނިސްޓުރީ ނޫނަސް އެކަހަލަ މިނިސްޓުރީތައް އެބަހުރި މިސާލަކަށް އެޑުއުކޭސަން މިނިސްޓުރީވެސް.. ކިޔެވީ ހުޅަގުން ފަތުރަނީ ޕޮރްޕެގެންޑާ ބަޖެޓު ދެނީ ޔަހޫދީގެ ވެރިކަން ދަމަހައްޓާ އދ އިންނެވެ.

    70
    4
  12. ސާބިތު

    ބައެއް ހަދީސްތައް ކިޔުއްވީމަ ބައެއް ހުޅަގުގެ ސަޕޯޓަރުން ރުޅިއަންނަގޮތްވޭ، އެހެންވެދާނެ ކައި އުޅެބޮޑުވީ އެތާންގައި ކިޔެވީ އެވެރިން ޕުރޮޕެގެންޑާ އެޖެންޑާ

    71
    5
  13. ޟަނަ

    މީ ލާދީނީ ސަރުކާރެއް. ދީނުގެ މަސްދަރު ތަކުން ސާބިތުވާ ކަންކަމަށް މަލާމަތް ކުރަން ކެރޭނީ ކިހާ ލާދީނީ ވީމަ. ކީއްކުރާނީ މައުމޫނާ ޤާސިމުގެ ބަލާވެރިކަމާ ހެދި މިބައިގަނޑަށް ވެރިކަން ލިބުނީ. މިގައުމުގެ ދީނާ މިނިވަންކަމަށް ލިބޭ ކޮންމެ ގެއްލުމެއް މި ދެގޮލާ ނަގަންޖެހޭނެ. ޑެން އަދި އުޅޭ ސެއްޅިއެއްގެ ބުރަދަންވެސް ނެތް ސޭކެއް. ކަންނެލި ސޭކާ މިނިސްޓަރު ސޭކް އިމްރާން ހާން.

    51
    6
    • ގަމާރުމޯލްޑިވިއަންމ

      ހާދަ ރުޅި އެކޭ.ޔާމީނަކީ ދިވެހިން ނަފްރަތު ކުރާ މީހެއް

      2
      9
  14. ހާމަ333

    ފުރަތަމަ އަނެކާ އަށް މަލާމާތް ކުރުމަކީ ނަފްސާނީ ބައްޔެއް...ﷲ ގެ އަމުރުފުޅުތައް ތެދުކަން މިއަދުގެ ސައިންސުން ހެކިދޭ....މީގެ އެތައް އަހަރެއްކުރިން ސުވާލެއް ޖޯކަކަށް ނެގި ކަންކަން އެއީ ދެތުވާހަކަ ތަކެއްކަން މިއަދުގެ ސައިންސުން އެނގޭ...އަދިވެސް ދާނީ ސާބިތުވެ އެނގެމުން...

    57
    2
  15. ރައްޔިތު

    ހެލްތް މިނިސްޓްރީއަށް. މަންމަނުކަން ރަނގަޅުކުރެވޭ ޑޮކްޓަރީ ބޭހުގެ ނަން، އާދީއްތަ ދުވަހު އޮފީސްހުޅުވުނީމާ ހާމަކޮށްދީބަލަ!

    58
  16. މުހައްމަދު

    ހެލްތު މިނިސްޓްރީއަށް އަޅުގަނޑުގެ ސުވާލު މަރުވާމީހުން މަރުވިޔަނުދޭން ދެވޭނެ ބޭހެއްގެ ނަން ބުނެދެވިދާނެތަ؟ މާހެލްތު މިނިސްޓްރީއަށް ވެގެން ތިޔައުޅެނީ

    51
  17. ކިނބޫ

    ހިޖާމާ ނޫން އެހެން ފަރުވާތަކުން މަންމަނުން ރަނގަޅު ވަނީތާ. އެކަމަކު މި ގައުމުގެ އެއްވެސް މަންމަނަކު އެއވެސް ފަރުވާއަކުން ރަނގަޅުވި ކަމެއް އަދިއެއް އެނގިފައެއް ނެތް. ރާއްޖޭގައި ދެވޭ ހުރިހާ ފަރުވާއެއް ހުއްޓާލަން ވީނު. ކަންކަމުގަ ބަސް ކިޔޭފަދަ މަގާމުުތަކުގަ ޖާހިލުން ތިބީމަ ތިއަށްވުރެ ދަށު ދަރަޖައިގެ ޖަވާބުވެސް ދޭނެ.

    61
  18. ބުރޯ

    މަންމަނަކު ޑޮކްޓަރީ ބޭހަކުންވެސް އޮޕަރޭސަނަކުންވެސް ރަނގަޅުނުކުރެވޭ އިރު ހިޖާމާ އަކުން ރަނގަޅު ނުކުރެވޭ . ކެންސަރަށް ބަދަލުވަނީ ވެސް އަދި ޓިއުމަރު އުފެދެނީވެސް އެމީހާގަ ހަށިގަނޑުގާ ހުންނަ ލޭ އަށް އަންނަ ބަދަލެއްގެ ސަބަބުން ،ލެއަށް ކޮންމެވެސް ވަރެއްގެ ތަގައްޔަރު ކަމެއް އައީމަ. ހިޖާމާ އިން ތަގައްޔަރު ލޭ ދަމައިގަތީމަ ކެންސަރަށް ވެސް ޓިއުމަރު އުފެދުމަށްވެސް ހުއްޓުން އާދޭ . މިއީ މަލާމާތުގެ ވާހަކަ ދައްކަންޖެހޭ ވަގުތެއްނޫން މިއީ ދިރާސާކޮށް ދަނެގަނެ ހިތްވަރު ދޭންވީ ވަގުތު . ދިވެހި ހަކީމީ ބޭސްވެރިންނަށް އެވަރެއް ނޯންނާނެ ، ފަންޑިތަ ހަދާ މީހުންނަކަށް އެވަރެއް ނޯންނާނެ ޑަކްޓަރީ ބޭސް ކުރާމީހުނަށް ވެސް އެވަރެއްނޯންނާނެ. ވީމާ ބޭނުންވަނީ ގައުމަށް ފާގަތިކަމާ ކުރިއެރުން.

    8
    1
  19. ތަހުޒީބު

    ހިޖާމާ ތެރަޕީ އަކީ އެސޯޝަންތައް ހަދައިގެން އެފް.ޑީ.އޭ އަދި ހެލްތް އޮޤަނައިޒޭޝަންތައް އެޕްރޫވްކޮށްގެން އެމެރިކާ އަދި އިގިރޭސިވިލާތުގައި ވެސް ވަރަށް ފުޅާދާއިރާ އެއްގައި ކުރާ ވަރަށް ކާމިޔާބު ބޭސްވެރިކަމެއް، (ޕްލީސް ޤޫގްލް އިޓް ޑަމީޒް) ބުނެވޭނީ ހެލްތް މިނިސްޓްރީއަށް މިކަން ރަގަޅަށް ކުރާ ބަޔަކު ދެނެގަންނާނެ ގޮތެއްބެލިފައި، ޤަވައިދެއް އެކުލަވާލެފައި ނެތީއޭ، ކުރަނީ ހުސް ބޭކާރު ސުވާލު، (މަންމަނަކު ކޮންއިރަކުތޯ ޑޮކްޓަރީ ބޭސް ކޮށްގެން ރަގަޅުވީ) އަޖައިބު އަންތަރީސް ވެދާނެ މީހަކު، އަވަސް ގޮތަކަށް ތަހުޒީބު ޤައުމު ތަކުގައި ހިޖާމާ ޖެހުމުގެ ކަންކަންބަލައި މޮނިޓަރކުރާގޮތް ބަލައިގެން ޤަވައިދު ހެދުމަށް ދަންނަވަން، އަދި ހުރިހާ މުސްލިމުންނަށް ވާޖިބު ކަމެއްވެސް ހަނދުމަކޮށްދެން... ޤުރުއާން އާއި ސުންނަތް ބަލައި ދިރާސާކޮށް އެއަށް ފުރިހަމައަށް އިޖާބަދީ، ﷲތައާލާ ފުރިހަމައަށް މައުރިފާކޮށް ދެނެގަތުމަށް އަޅުގަނޑުއަށާއި ތިޔައެންމެންނަށް ތަކުރާރުކޮށް ހަދާންކޮށް އިންޒާރުކުރަން.

    11
  20. ރީކޯ މޫސަ

    ހުއްދަހޯދަބަލަ ރަންކޮޅާ..ހުއްދަ ހޯދަން ފޯމު ހުށައެޅިޔަސް ހުއްދަލިބުނީކީ ނޫނެއްނު..ހުއްދަލިބެންދެން ކެއްކޮށްބަލަ.. ހޮޓާތައްވެސް ފިހާރަތައްވެސް މީސްމީހުން ހިންގަނީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން..އިންސާނުން ތެރޭ ޤާނޫނުތަކާ ޤަވާއިދުތައް ހެދިފަހުންނަނީ ކަމަކު..ރިވެތި އަޚްލާގަކީވެސް ވަރަށް މުހިންމު އެއްޗެއް..

    33
    2
  21. މަންމަނު

    ހެލްތު މިނިސްޓްރީ އަައް އިގޭނެތަ މައްމަނަކު ގޮސް ޒުވާބު ކޮއްފިއްޔާ.

    14
  22. ސައުދު

    މަންމަން ކަމަކީ ބައްޔެއް ނޫން.. ހިޖާމާ އަކީ ބަލިތަކައް ޝިފާއެއް..

    19
    1
  23. ލޯއަނދިރި

    ހެލްތު މިނިސްޓްރީ އާތުން ހާދަ ސައިޒު އޮޅިގެން މިއުޅެނީ...

    15
  24. ޣމާަރު

    ޜެޖިސްތަރީ ކުރިމަ ނިމުނިިނު

    11
    2
  25. ޓެރޭ

    ބޭސްކޮއްގެން ކިތަށް މަންމަނުން ރަނގަޅު ކޮއްފިންތޯ؟ ބޭސްކޮއްގެން މަރުވި ކިތައްމީހުން ފުރާނަ އަނބުރާ ގެނެސްފިންތޯ؟

    14
    1
  26. ނުރަބޯ

    ޙިޖާމާގެ ފަރުވާ އަށް ޖޯކުޖެހި ރީނދޫ ދެ ގަމާރުންނަކީ ވާހަކަ ދެއްކޭ ދެ މައްމަނުން ކަން ސާބިތުވޭ.

  27. ބޮއްބޮ

    ވާހަކަ ނުދެއްކޭކަމާ އަޑުނުއިވޭކަން ފިޔަވައި މަންމަނުން ނާއި އެނޫންމީހުނާ އެއްވެސް ތަފާތެއް ނެތް. އެހެންވީމާ ބޭސް ފަރުވާގެގޮތުން ކުރާ ކަންކަމުގައިވެސް މި ދެބައި މީހުން ހަމަހަމަވާނެ. ޔަޢުނީ މައްމަނުން ނަށްވެސް ޙިޖާމާގެ ފަރުވާ ދެވޭނެ.

  28. ރަބަރޭ

    ބަލަގަ މައްމަނު ކަމަކީ ބައްޔެއްނޫން. އެހެންވީމާ އެކަން ރަގަޅުކުރާކަށް ހިޖާމާގެ ފަރުވާއެއްވެސް އަދި ޑޮކްޓަރީ ފަރުވާއެއްވެސް ނޯންނާނެ.

  29. އަހްމަދު

    ތަންކޮޅެއްތަފްސީލުކޮށްލައްވައި ރިޔަސުވާލުކުރިމަތިކުރުވި ދެބޭފުޅެއްގެނަންވެސް ގެނެސްދެއްވާ އަޅުގަނޑުމެންވެސް އެދެބޭފުޅުންނާ ސުވާލެއްކުރިމަތިކުރަންޖެހިދާނެ

  30. މަޗަންފާއިޒު

    މިދެގަމާރުން މިނިސްޓްރީގެ ނަން ހުތުރުކޮށްފި. އެހެންވީމާ މިދެމީހުން މިނިސްޓްރީން ބޭރުކޮށް މިމީހުނަށް އަދާކުރެވޭ ވަރުގެ ވަޒީފާއެއް ދެއްވުމަށް ރައީސް ސޯލިޙަށް ގޮވާލަން.

  31. ކިއުން

    ޙިޖަަމާ ޖެހުމަށް ނަގަނީ އެކަމާ ނުބައްދަލު ބޮޑު އަގެއް އެއީ ހަދީސް ގައި އޮންނަ އަގުތޯ؟

    6
    3
  32. ދިވެހިދަރިން

    އޭ ހެލްތެވެ. ހިޖާމައަކީ ނަބަވީ ފަރުވާއެކެވެ. ކަލޭމެނަށް އިސްލާމްދީން ނޭނގޭ ވާހަކަޔާ އަދި އެދީން އުނގަންނައިދިނުމަށް،ކަލޭމެންގެ މައިންބަފައިން ފަރުވާކުޑަކުރި ވާހަކަ ބުނަން ނުކެރުމުން ، ތިޔަޒާތައް ޖަވާބު ދޭންނުހަދާށެވެ. ހިޖާމާގެ ތަފާތު އެފަރުވާނެގި ކޮންމެމީހަކަށް،ސާފުކޮށް ފެންނަން އެބަހުއްޓެވެ. އެކަމަކު ތިކަހަލަ ނިޢުމަތްތަކަށް ކުފުރުވެ ދީނަށް ހަޖޫޖަހާ މީހުނަށް އަދި ކަލޭމެންގެ ދަރިންނަށް ހިޖާމާވެސް އަދި އެމައްޗަށް ކަލޭމެން އިސްކުރާ ޑޮކްޓަރީ ފަރުވާވެސް ވާނީ ސުންޕާކަމަކަށެވެ. އެހެނީ ހަގީގީ ޝިފާ ދެއްވާ ފަރާތަށް ކުފުރުވާތީއެވެ.

  33. އޖޑ 19

    ހެލްތުގެ ލާދީނީ ދެ މީހުން ރުހޭ ފާދިރީ އެއް އެކަންކަން ރަގަޅުކުރަނީބާ؟ ހަދީޘް ގަބޫލުނުކުރާ މީހުން ލާދީނީ ރަތްލާޖެހި ކާފަރުންނަށް ނުވާނެ އެއްގޮތެއްވެސް ނޯވޭ... މިފަދަ ލާދީނީ މީހުން ހެޔޮމަގަށް ރުޖޫއަކުރައްވާށި. އަދި ދެކޮޅުވެރިން ދޮގުކުޅަ ހިޖާމާއިން ނޫނީ ރަގަޅު ނުވާނެ ދާއިމީ ބައްޔެއްޖައްސަވާށި... އަދި އެއުރެން އެކަމުން ހެޔޮ ވިސްނިއްޖެނަމަ ޝިފާ ދެއްވާށި... ދިރިތިބީންނަށް އިބުރަތަކަށް މިކަން ލައްވާށި

    6
    1
  34. ނޭމާ ޖރ

    ތި ދެމީހުން ޖޯކު ތި ޖެހީ ﷲ އަށް އަވަހަށް ތަޢުބާވޭ

  35. ހައްމުށި

    ސާޖަރީއެއް ހަދައިގެން ނޫނީ ބޭހަކުން މަންމަން ކަން ދެން ރަގަޅު ކޮށްބަލަ.

  36. އަހުމަދުބެ ބާރަށް

    އަޅުގަނޑަށްވިސްނޭގޮތުގައި މިއަދާހަމައަށް އައިއިރުވެސް ހެލްތު މިނިސްޓްރީގެ ވިސްނުން ބައްޓަންވެފައިމިވަނީ އެންމެ ދިމާއަކަށް އެއީ ޑޮކްޓަރީ ބޭސްވެރިކަމުގެ ފަރުވާ ނަމަވެސް އިންސާނުން ފަރުވާހޯދާ ހަތަރު ދާއިރާއެއް މިއޮންނަނި 1 ޑޮކްޓަރީ ބޭސްފަރުވާ 2 ދިވެހިބޭްސް ވެރިކަމުގެ ފަރުވާ، 3. ރުޤުޔާގެ ފަރުވާ 4. ހިޖާމައިގެ ފަރުވާ ، ސިހުރާއި ޖިންނި މޮޔަވުމުން ޑޮކްޓަރީ ބޭހަކުން އެކަމެއް ރަނގަޅެއްނުކުރެވޭނެ ވީމާ މިއަށް ފަރުވާ ހޯދެނީ ރުޤުޔާ ކޮށްގެން. ވީމާ ހެލްތުމިނިސްޓްރީގެ ޒިންމާތަކުގެ ތެރެއަށް މިބައިތައްލައިގެން މިފަދަތަންތަން ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދެވޭނަމަ ޢާްމުންނަށް ލުއިފަސޭހަ ވެގެންދާނެ.

  37. ގއ.ވިލިނގިލި

    ހެލްތް މިނިސްޓްރީއާއި ނުގެޅޭ.. ނަގަން ޖެހޭ ހުުއްދަ ނަގާގެން ބޭސް ފަރުވާކުރުން ރަގަޅު..ހިޖާމާ އަކަށް ވިޔަށް ބިޖާމާ އަކަށް ވިޔަސް. ވ.ވެދުން

  38. Anonymous

    އެމްޑީޕީ ކުދިންނަކީ ސަފްސާނީ ބަލިކުދިން ކޮޅެއް. މި 5 އަހަރުގެ ދައުރުގައި ނަފްސާނީ ޑޮކްޓަރުން އިތުރުކުރަން ފެނޭ. ޙާއްސަކޮށް އެމީހުންގެ ރޫޙާނީ ލީޑަރަށް ވަރަށް އަވަހަށް ފަރުވާ ބޭނުންވޭ. ނޫނީ އެސޮރު މޮޔަވެދާނެ.

  39. ޙެލްތް މިނިސްޓަރ..

    ޙެލްތު މިނިސްޓްރީގައި ތިބީ މުސްލިމުންބާ؟؟؟؟؟؟???

  40. ޑރ. ނަގާޖެހި

    ޕެނަޑޯލް ކައިގެން އެއިޑްސް އިން ރައްކާތެރިވެވޭނެތަ؟ ހަމަ އެގޮތައް ހިޖާމާ ޖަހަިއިގެން ރަނގަޅުވެވެނެ ބަލިތަކުން ސަލާމަތްވެވެނެ.

  41. ބަކަރި

    ތީއްޗެހިތައް އިސްލާމް ދީންވެސް ޤަބޫލްކުރާނެ ހެނެއްް ހިޔެއްނުވޭ.
    ލ. އަތޮޅު ކުނަހަންދޫ 30 އަހަރުން މައްޗަށް ގޮއްސަ ހުރި މީހަކު، ހިޖާމާ ޖަހާ ނިމުނުތަނާ އޭނަގެ އުމުރުން ހަތް އަހަރުގަ އެއް ކަންފަތަށް ލިބުނު އަނިޔާ އަކަށްފަހު އަޑުނީވިހުރި ކަންފަތަށް އަޑުއިވުނު.
    މި ދިވެހި ރާއްޖޭގަވެސް ދުނިޔޭގެ އެކި ހޮސްޕިޓަލްތަކަށްގޮސް ފަރުވާކޮށްގެންވެސް ދަރިން ނުލިބިތިބި އެތައްބަޔަކަށް ހިޖާމާކަހައިގެން ކުދިން ލިބިފަ އެބަހުރި.
    އެއީ ހަމަ ކިތަންމެ ހެލްތްމިނިސްޓްރީތަކެއްގެ ފަރުވާއަށް ނުގުޑާފަ... ކަޑަ ދެން ލޮލޮލޮ...