ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވިލިގިލީ ދާއިރާއަށް ވާއްދަ ކުރައްވާ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މިހާރުވެސް އެ ދާއިރާގެ މެންބަރު ސައުދު ހުސެއިން ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް ގުޅެން އުޅުވާކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި އެހެންވެ ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ހޯދުމަށް ސިޔާސީ ޕާޓީއަކާ ގުޅިގެން ޖެހިއްޖެ ނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ.

"މަޖިލީހުގެ ސުޕަރމެޖޯރިޓީ ހޯދި އެމްޑީޕީ އިން މަޖިލިސް އިންތިޚާބުގައި ހުށަހެޅި "އެޖެންޑާ19" ސިޔާސަތު ތަންފީޒު ކުރުމަށް އެއްބާރުލުން ދޭނަން ,މިނިވަން މެންބަރުންނަށް މަޖިލީހުގެ ބަހުސް ގައި ބައިވެރިވުމަށް ލިބޭނީ ވެސް ކުޑަ ވަގުތުކޮޅެއް , މަޖިލީހުގެ ކޮމެޓީތަކުގައި ވެސް މިނިވަން މެންބަރުންގެ ހިއްސާ ކުޑަކަން،" ސައުދު ފާހަގަކުރައްވާފައެވެ.

އެމްޑީޕީއާއި ގުޅެން އުޅުއްވާކަމުގެ އިޝާރާތެއް ސައުދު ދިން އިރު، ސައުދު މިގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ތާއީދާއެކުއެވެ. އިންތިހާބުގައި ސައުދާއި އެންމެ ގާތުން ވާއްދަ ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދެވެ.

ސައުދަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޮނޑި ގެއްލުވާލިކަމަށް ކަނޑައަޅައި މަޖިލީހުގެ ޖަލްސާތަކަށް ވަނަ ނުދީ ހިފެހެއްޓި މަޖިލީހުގެ 12 މެންބަރުންގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވުނު ހަމައެކަނި މެމްބަރެވެ.

ބާރަ މެންބަރުންގެ ތެރެއިން ގޮނޑި ދިފާއު ނުކުރެވުނު 11 މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއާއި، ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަނދާން

    ދާއިރާގެރައްޔިތުންނައްހަރާމްކޮރުނުވެވޮތްދިންގޮތުގައި މިފަސްއަހަރުހުރުމައް ހނދާންކޮށްދެން

    34
    5
  2. ރާބުޅާ

    ކަލެއައް ހުރިހާކަމެއް އެނގިހުރެ ދެން ކީއްކުރަން އަމިއްލަ ގޮތުން ކުރިމަތިލީ އެއްކަމެއް ވެސް ވެގެންނެއް ނޫން ކަލޭތީ ފައިސާ އައް ވިކޭ ހަރާމްކޯރު މީހެއް ނިމިދިޔަ ދައުރުގަ ކެވުނުވަރު މަދުވެގެން އަދިވެސް ތިއުޅެނީ.

  3. ވިލިނގިލީ ފހމ

    ފައިސާ އާއި ވަޒީފާގެ ދަހިވެތިކަމުގަ ވިކެނީ. ގޮތް ހުސްވީ

  4. ހުސޭނުބޭ

    އެއް ފަސްއަހަރު ބޮޑު ލާރިގަނޑަކަށް ވިކުނުމީހާ އަނެއް ފަސްއަހަރުވެސް ލާރިގަނޑަކަށް ނުވިކެންވީ ސަބަބެއްނެތް!

    10
  5. 12 ވަގުންގެ އެކަތި

    މިނިވަން މެންބަރެއްގެ ގޮތުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތްއިރު ކަލޭ މިނިވަން މެންބަރެއްގެ ގޮތުގައި ކުރިމަތިލީ ކީއްވެ؟ ގޮނޑި ވިއްކާ. ގަންނާނެއްބާ. ވައްކަމާއި ރިޝްވަތުގެ ކުޅިވަރު ނޫން ކޮން ކަމެއް.

  6. ސަލްވާ

    ގުޅޭކަށްނު ޖެހޭނީ ސަރުކާރަކީ ވަކި ބަޔެއެއްގެ މުދާގަޑެއް ވިއްޔަ ރައްޔިތުންގެ ސަރުކާރެއް ނޫންވީމަ ޖެހޭނީ ގުޅެންތާ ދާއިރާއަށް ކަމެއް ކޮއްދޭނީ އޭރުން ވިއްޔަ މަމެން ޕާޓީ ކުދިންނަށް ކަންތައް ކޮއް ދިނަސް އެހެންޕާޓީގެ މީހަކަށް ކަމެއް ކޮށެއް ނުދޭނަމޭ ވެސް ބުނެފަ އޮތީ އަދި އަމިއްލަ މެމް ބަރުންނަށް ކޮއްދެވޭނެކަމެއް ނޯން ނާނެޔޭވެސް ކިތައްމެފަހަރަކު ވެސް އަންނި ބުނި އެކަމަކު ރައީސް ހުވާކުރާއިރަކު ނުކިޔާ ވަކި ބަޔަ ކަށް މަންފާވާ ގޮތަށް ކަންތައް ކުރާކަށް އެހެންވީމަ ޕާޓީމެމްބަރުން ނުހޮވޭ އަތޮޅުތަކަށްވެސް ކަންތައް ތައް ޖެހޭނީ ކޮއްދޭން އެކަމަކު ބަޔެއްގެ ހުރި ނުލަފާކަން ދައްކާ ލައިފިއްޔާ ދެން ކުރާނެކަމެއް ނެތް