އިންޑިއާގެ 12 ސިފައިން ރާއްޖެ އައިކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ 12 ސިފައިން ކަމަށެވެ. އެ މީހުން އައިސްފައި ވަނީ ގަވާއިދާއި އެއްގޮތަށް ހުރިހާ ކަމެއްވެސް ފުރިހަމަކޮށްގެންކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އިންޑިއާގެ 21 ސިފައިން ރާއްޖެ އައިކަމަށް ފަތުރަމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، 12 އިންޑިއާ ސިފައިންނަކީ ހެލިކަޕްޓަރުގެ ޓެކްނިކަލް ޓާމްގެ ބަދަލަށް އައި ސިފައިންކަމަށެވެ.

އިންޑިޔާ ސިފައިންގެ 21 މީހުން ރާއްޖެ އަތުވެއްޖެކަމަށް މީސް މީޑިއާ މެދުވެރިކޮށް ހާމަކުރީ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓާރ އުމަރު ނަސީރުއެވެ.

އުމަރުގެ ޕޯސްޓްގައި ބުނެފައިވަނީ މިއަދު ރާއްޖެ އައި އިންޑިޔާގެ 21 މީހުންގެ އަތުގައި އޮތީ އިންޑިޔާގެ ޕާސްޕޯޓެއް ނޫން ކަމަށާއި ރާއްޖެއިން ދޫކޮށްފައިވާ ޓްރެވެލް ޑޮކިއުމެންޓެއް ކަމަށެވެ. މިސަރުކާރުން ގެންދަނީ އަމިއްލަ މިނިވަންކަން ދޫކޮށް، އިންޑިޔާގެ ސްޓޭޓަކަށް މިޤައުމު ހެދުމަށް މަސައްކަތް ކުރަމުން ކަމަށްވެސް އުމަރުގެ ޕޯސްޓްގައި ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި އިންޑިއާގެ 50 އަށް ވުރެ ގިނަ ސިފައިން ތިބޭ ކަމަށް ވެއެވެ. ކޮންމެ ހަމަސް ދުވަހަކުން އާސިފައިން ރާއްޖެ އައިސް ރާއްޖޭގައި ތިބޭ ސިފައިން އެނބުރި އިންޑިއާ އަށް ދިއުމުގެ އުސޫލެއް ގެންގުޅޭ ކަމަށް ވެއެވެ.

އެންމެ ދެ ހެލިކޮޕްޓަރު ބަލަހައްޓަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ވަރަށް ގިނަ އާއްމު ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޖެރީ މީދާ

    ނުދޭ ކޮން ނިޢުމަތް 😁

    2
    14
  2. ޫުއުމު

    ދެންކީކުރާނި 👏👏👏

    32
    9
  3. ޢަބުރު

    ޢުމަރު މައިތިރިކުރޭ....

    15
    73
    • ގަރަނބު

      އަދިވެސް އުމަރުދޯ މައިތިރިކުރަންވީ.

      12
      4
  4. ބޭބެ

    ބޭބެބުނީ 21 މީހުންނޭ އެއީ ލިޔުމުގެ ކުށެއް އެއީ 12 މިގޮތަށް ލިޔުނުއިރު އޭކަންވަޅާއި، ދަސްވަޅު އެހެރީ އޮޅިފަ

    7
    35
  5. އިންސާނާ

    ﷲ އައް ބިރުވެތިވޭ 21ހާ 12 ޔާ އޮޅުވާނުލައްވާ ކޮމްމެ މީހަކައްވެސް މިއަދު މީހުން އޮޅުވާލެވިދާނެ އެމް އެންޑީ އެފް މީހުންނައްވެސް މީހުން އޮޅުވާނުލެވޭނެ ދުވަހެއްއަންނާނެ

    66
    5
  6. އެލެކްސް

    އޯހޯ
    އިންޑިއާގެ އަވަށަކަށް އިންޑިއާ ސިފައިން އައުން މައްސަލައެއްތަ؟ އެއީ އޯކޭ ކަމެއް އަދިވެސް އަންނަންވީ ދިވެހި މައިންނާއި ދަރިން ދައްތައިންނާއި ކޮއްކޯއިން ރޭޕް ކުރަންވެސް ފުރުސަތު ދޭންވީ. ރޭޕިސްތާނުގެ ވަހުޝީ މީހުން ކުރާނެ ހުރިހާ ކަމެއް އެމީހުން ކުރާނެ. ބާރަށް އަތްޖަހަން ތިބެން ޖެހޭނީ ދެން އެމީހުންގެ ފައިސާއިން ހޭދަކޮށް ބަޔަކު ވެރިކަމަށް ގެނައުމުގެ އަގު ސައްކަން ޖެހޭނެ.

    73
    7
    • މަންޖެ 20އޭޕްރީލް2019ހހ

      ބަރާބަރު އެބަރަގަޅުވޭ ލަދުންބޯހަލާކު

      5
      1
  7. އޖޑ 19

    މގައުމު ކެނެރީ އަޅުވެތިކަމުގަ ތިބުން ދެން އޮތީ

    66
    5
  8. ސައީދު

    ޢިންޑިއާ ގެ ބޮޑެތި ވަގުންނައް ޑިޕޮލޮމެޓިކް އިމުނިޓީ ދީ އިންޑިއާ ގެ އަނިޔާވެރި ސިފައިން ރާއްޖޭގެ ތިބޭ ތިބުން ހުއްޓުވުމައް ދިވެހި ގައުމު އިންޑިއާގެ ވަކިތަކުން ސަލާމަތް ކުރުމައް މަގުތަކައް ނިކުންނަން ވެއްޖެ

    76
    3
  9. ކޮރަލް

    ޕާސްޕޯޓް ނެތި ޓްރެވަލް ޑޮކިއުމެންޓް ގަ އައިނަމަ އެމައްސަލަ ބެލުން ރަނގަޅެވެ.

    52
    3
  10. Anonymous

    މޮޔަވީތަ އިންޑިޔާގެ ކިތައް ޓީޗަރުން ތިޔަލޯބިދަރިންތައް ކިޔަވައިދީ ތަރުބިއްޔަތުކުރަނީ ކިތައްނަރުހުން އަދި ޑޮކްޓަރުން ތިޔަފަރާތްތަކަށް ޞިއްޙީފަރުވާ ދެނީ ބިރެއްނުގަނޭތަ ކަންބޮޑެއްނުވޭތަ؟؟؟

    14
    86
    • ދޮގެއް؟

      ކަލޭގެ ގަމާރުކަން ތިނޫން ގޮތަކަށްވެސް އަޅެ އެންމެނަށް ހާމަކޮށް ދެވިދާނެނު. މި ދައްކަނީ އަނިޔާވެރި ޚުދުމުޚުތާރު ގައުމެއްގެ ސިފައިން އަރާ މި ގައުމު ހިސާރުކޮށް ދިވެހިން އަޅުވެތި ކުރާ ވާހަކަ. ކަލޭ ތިދައްކަނީ ކަމާ ނުބެހޭ ދިރުނބާކޮޅު ވާހަކަ. ކަލޭމެންތެރޭ ތިބީ ހުސް ތިކަހަލަ ވާނުވާއިން.

      11
      3
  11. ޜާއްޖެ އިސްލާމް

    މިސަރުކާރުން ރާއްޖެ އަޅުވެތި ކުރުމައްކުރާ ކަންކަން ދިފާޢްކުރުމަށް ބޭނުންކުރާނީ ޤައުމައް އިޚްލާސްތެރި ސިފައިން. އެހެންނަމަވެސް ސިފައިންވެސް ލައިން ދަމާލާ ހިސާބަށް އަދި ދާނެކަން ޔަގީން

    65
    4
  12. ދދދދދދ

    21 ގަ 1 އާއި 2 އޮތީމަ ތިމީހާއަށް ތިމީހާއަށް ނޭނގުނީ ކަމަށް ވާނީ. އުމަރު ބުނާނީ ރަނގަޅަށް ހަމަ 21 ގެނައީ ކަމަށް ވާނީ. ތެޅިގަނެގެން އަވަސްއަވަހަށް ރައްދުވެސް ދީފިއެއްނު. ވިއްކައި ކައި ނިންމައިފި

    6
    1
  13. ރާޅު ބޯއީ

    ދެކޮޅަށް އެއްޗެކޭ ބުނާއިރަށް މި ލާދީނީ ބައިގަނޑުު އިންޑިއާ ޑޮކްޓަރުންނޭ ނަރުހުންނޭ ޓީޗަރުންނޭ ކިޔާ އަދި އެބަ އަނގަ ފުޅާކުރެއެއްނު. ބަލަގަ ހޭބަލިންތަކާ އަސްކަރީ ބަޔަކާއި ޓީޗަރުންނާ ނަރުހުންނާއި ކައްކާއިންނާ ދެމެދު ތަފާތުތަކެއް ހުންނާނެޔޭ. މިދައްކަނީ ގައުމެއްގެ ސަލާމަތާ ގުޅުންހުރި ކަމެއްގެ ވާހަކައޭ.

    29
    1
  14. ގފިކުރު

    ދެން ދާނީ އިތުރުވަމުންނެވެ މިސަރުކާރަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެހެއްޓުމުގެ
    ގާބިލްކަން ހުރި ސަރުކާރެއްނޫނެވެ މިކަންކަމުގެ
    ހިތިރަހަ ވަރަށް އަވަހަށް ދިވެވެހިންނަށް އިހްސާސް ކުރެވޭނެއެވެ އެއީ ވަގުތުފާއިތުވާފަހުން
    ނެވެ އެނބުރި އަތުނުވާ ހިސާބަށްފޯރާ ފަހުންނެވެ.

    7
    2
  15. ޒާހިދު

    އުމަރު ދޮގެއް ނަހަދާ. އުމަރު އަށް އަދަދު ފެންނަނީ މިރާ އިމޭޖް އެއް ގޮތަށް. އޭރުން 12 ގެ ބަދަލުގަ ފެންނާނީ 21

    3
    4
  16. ނުރަބޯ

    މިއީ މިނިވަން މުސްތަގިއްލު ގައުމެއް. އދ ގެ މެންބަރު ގައުމެއް. ވީއިރު މިގައުމުގައި ބޭރުގެ ޢަސްކަރީ ފައުޖެއް ބައިތިއްބައިގެން ނުވާނެ. އަމުދުން މިއީ ހަނގުރާމައިގެ ޙާލަތެއްވެސް ކުރިމަތިވެފައިވާ ވަގުތެއްނޫން އެހެންް ކަމުން ބޭރުގެ ސިފައިން މިގައުމުގައި ތިބުމަކީ މިގައުމުގެ މިނިވަން ކަމަށް އެޅޭ ހުރަހެއް. ވީމާ މިހާރުންމިހާރަށް އިންޑިއާ ސިފައިން މިގައުމުން ބޭލުމަށް އިންޑިއާގެ ޕަޕެޓް ޑިކްޓޭޓަރު ސޯލިޙަށް ގޮވާލަން.

  17. ވާނޫވާނޭނގެ

    ހޯނ މާވާހަކަ ގިނަ ނުކުރޭ