ކ.އަތޮޅު ތުލުސްދޫގައި އަންހެން ފަތުރުވެރިންތަކެއް މަތިން އެއްވެސް އެއްޗެއް ނުލައި ބަރަހަނާކޮށް މިއަދު އަތިރިމަތީގައި އޮށޯއްވެގެން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނަގާފައިވާ ވީޑިއޯއަކުން ފެންނަނީ ތިން އަންހެނުން މަތިން އެއްވެސް އެއްޗެއް ނުލައި، އުރަމަތި ފެންނަ ގޮތައް ގޮނޑިތަކެއްގައި އޮށޯއްވެގެން ތިބި މަންޒަރެވެ. ފަތުރުވެރިން ތިބި ސަރަހައްދަކީ ފަތުރުވެރިން މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދެއް ވެސް ނޫނެވެ. އެމީހުން ތިބީ އާއްމުން ދިރިއުޅޭ ސަރަހައްދާއި އެއްވެސް ނިވަލެއް ނެތް ގޮތައް ކޮންމެ މީހަކަށް ވެސް ފެންނަ ހިސާބުގައެވެ. އެވަގުތު އެސަރަހައްދުގައި ގިނަ އަދަދެއްގެ އާއްމުން ވެސް ތިއްބެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަހްމަދު އަނީސް ވިދާޅުވީ ފަތުރުވެރިންތަކެއް ބަރަހަނާ ވެގެން ތިބި ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކައުންސިލް ނައިބު ރައީސް އެސަރަހައްދަށް ވަޑައިގެން އެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާ ގެސްޓްހައުސްގެ މެނޭޖަރު މެދުވެރިކޮށް ފަތުރުވެރިންނާއި ވާހަކަދެއްކި ކަމަށެވެ.

"މެނޭޖަރު މެދުވެރިކޮށް ވާހަކަދައްކައިގެން ވެސް ފުރަތަމަ އެމީހުން އެސަރަހައްދަކުން ނުދިޔަ. ތަންކޮޅެއް ބޯހަރުކޮށް އެމީހުން ވާހަކަދެއްކީ. އެންމެ ފަހުން ފުލުހުން ގެންނާނެ ކަމަށް ބުނުމުން އެމީހުން އެސަރަހައްދުން ފޮނުވާލެވުނީ." އަނީސް ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ މީގެ ކުރިން ވެސް ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި އުޅޭކަމުގެ ޝަކުވާ ލިބޭ ކަމަށާއި ނަމަވެސް "މިއަދު މިވީ ތަންކޮޅެއް ބޮޑުވަރު" ކަމަށެވެ.

އޭނާ ވިދާޅުވީ ނިވާކަން ކުޑަ ހެދުން ލައިގެން އުޅުން ހުއްޓުވަން ގެސްޓް ހައުސްތައް މެދުވެރިކޮށް ފަތުރުވެރިންނަށް މައުލޫމާތު ދެމުންދާ ކަމަށާއި ނަމަވެސް ބައެއް ފަހަރު ގެސްޓްހައުސްތަކުން ބުނާ ބަސް ގަބޫލު ނުކުރާ ފަތުރުވެރިން ވެސް އުޅޭތީ ކޮންމެވެސް ވަރަކަށް މިފަދަ މައްސަލަތައް ފެންމަތިވާ ކަމަށެވެ.

އަދަބެއް ދިނުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ވާހަކަދައްކައިގެން މިފަދަ މައްސަލަތައް ހައްލު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިވާކަން ކުޑަ ހެދުމުގައި މީހުން އުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. ނަމަވެސް އެއްކޮށް ބަރަހަނާ ވެގެން ފަތުރުވެރިންތަކެއް އާއްމުންނަށް ފެންނަ ހިސާބުގައި އުޅުނު މައްސަލައެއް މީގެ ކުރިން ފެންމަތިވިކަން އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ޢަލީދީދީ ގެ ހުތާ

    ކުދި ޖަޒީރާތަކޭ މީ އިނގޭ... ?

    154
    5
  2. ޖުމަސް

    ޖަޒީރާ ސަރުކާރުގަ އޯކޭއެއްނުން. ތިކަމާ ކަންބޮޑުވާ ބަޔަކު އުޅޭތަ ފައިސާ ލިބުނީމަ އޯކޭ.

    169
    8
  3. ޝުކުރިއްޔާ ގައުމު

    މައްސަލައެއް ނޫން ރައްޔިތުން އެދޭ ގޮތް އެއީ.

    174
    5
  4. ދިވެހި ފޭރާން

    ދިސް ވިލް ބިކަމް ދަ ނޯމް އިން އޯލް އޮފް މާލްޑިވްސް .... ބޭނުމަކީ ދިވެހިން ނައްވެސް މިގޮތައް އުޅެން ފުރުސަތު ހޯދަދިނުން .... ތިޔަގޮތައް ތިޔަ އުޅޭ ގެސްޓުން ނަކީ ވަކި ޕްރޮގްރާމް އެއްގެ ދަށުން ރޭވިގެން ކުރެވޭ ކަމެއް ....

    177
    6
  5. ބބބ

    އެޖެންޑާ 19 މިފެއްޓުނީ ކުދިންނޭ.. ދެން އޮންނާނީ ގޭގެ ބޮޑުއަށިމަތީ ރާފުޅިޖަހާލައިގެން އޮރިޔާމާ

    197
    15
  6. Anonymous

    ޖަޒީރާ ރާއްޖޭގެ އެޖެންޑާ 19 ތަންފީޒު ކުރެވެނީ. ދެން ހީނލާ އެންމެން.

    149
    10
  7. ބީނޫ

    ދެން މިކަންވެސް އޮންނާނީ ނޯމަލައިޒް ކަމަކަށް ހެދުން..މިއީ އަސްލު އެޖެންޑާ 19 ގެ މަގުސަދުތައް..މިހެން އުޅޭ މީހުންނަށް އިނގޭ އެމީހުންގެ ދިފާއުގަ މި ވަގު ލާދީނީ ސަރުކާރު އޮންނާނެކަން...ހިތާމައިގެ ކޮޅެއްވެސް ނެތް...ޑޮލަރުގެ އަޅުންނަށް ވީމައި ކޮންމެ ކަމެއްވެސް އޯކޭވެފަ މިއޮންނަނީ..މިހުންނަނީ ކާފަރުން ދުރާލާ ކުރާ ކަންކަން..މިކަމުގައި އެމީހުން ބޭނުންކުރި މީހަކީ ކެނެރީ ނަޝީދު!

    151
    5
  8. ނަސީރު

    މިއީ ދުރާލާ ރާވައިގެން ގެސްޓް ހައުސް ތަކުން ލިބޭނެ ޑޮލަރު ދިވެހިންގެ ބޮލަށް ވައްދައިގެން ގެސްޓް ހައުސްތަށް ހަދަން ހުއްދަ ދީގެން ގައުމު ލާދީނީ ކުރުވަން ކުރިމަސައްކަތުގައި އެޖެންޑާ 19 އަށް ލިބުނު ކާމިޔާބެއް...
    ދެން ދިވެހިން އިޙުތިޔާރު ކުރާނީ އެޖެންޑާ 19
    މިހާރުވެސް ވޯޓް ލާބަ މިފަދަ މަންޒަރު ނުފެންނަ ގޮތަށް ގެސްޓް ހައުސް ހުއްދަ ނުދޭނީތޯ ނޫނީ ދޭނީތޯ... ނުދީފިއްޔާ ޑޮލަރ ނުވަންނާނެ ވިއްޔާ .. ހުރިހާ ވެސް ހައްލެއް އެޖެންޑާ 19

    99
    6
  9. މަންމަނު

    އަސްތަ ހިތި ޖަޒީރާ މެދު އުޑުގަ ފުރަތަމަ ފިޔަތިޖަހާތިލީ

    138
    9
  10. ކަޅުބެ

    ކުދި ޖަޒީރާ ތަކޭމީ އިނގޭ އޮރިޔާމުން އުޅޭތަން ބަލަން............އެޖެންޑާ ނަވާރަޔަށް ވޯޓުދިން ހުރިހާ އެންމެންނައް ކެނެރީގޭ އަބޫޖަހުލުގެ ސަލާމް.

    18
    1
  11. ސަންގުމަރުމަރު

    އަސްތާ. އެޖެންޑާ 19 ގެ ފުރަތަމަ ފިޔަވަޅު ކާމިޔާބު ވަމުންދާ މަންޒަރު މި ފެންނަނީ. ސާބަހޭ ދިވެހިން. ޑޮލަރު އޯކޭ. އޮރިޔާން ގެސްޓުން އޯކޭ. ލާދީނީ އޯކޭ. އެކަމަކު އިސްލާމް ކަޑަ.
    ދިވެހިރާއްޖެ ކުރިއަށް ޔަހޫދީންނާއެކު.

    13
    1
  12. އަޙްމަދު މުޙައްމަދު

    ރާއްޖޭގެ ޤުދުރަތީ ރީތިކަން ވިއްކަމުން ގޮސް ދިވެހިންގެ އަޚްލާގުވެސް ވިއްކާ ހުސްކޮށްފި، ކައްޗަށް އެޅި ބިންގަލެއް ކެއްޗާހަމަޔައް ނެގިޔަސް ހުންނާނީ ކައްޗަށޭ ބުނާ ބީދައިން،

    ފަޅުރަށްތަކުން ފެށި ކަޅު ފަތުރުވެރިކަން،
    ފަޅުތަކުން ނިކުމެ ދީއްލާލީ ރަށްތަކައް
    ފަޅުތަކުން ފަހަނައަޅާ ރަށުގެ ގޮނޑުދޮށައް
    ވެރިވެގަތް މުއްސަނދިކަމަށް ފަތުރުވެރިން
    ރަށުތެރެއިން ބޭނުންނުވާ ފެންނަން ލޮލައް
    ފެންނަންފެށީ ރޯބަަރަހަނާ މަންޒަރުތަކޭ
    ފެންނަންފެށީ ތާއޭ މުއްސަނދިކަން ދުނިޔަވީ
    ވިއްކަންފެށީ ތާއޭ ގައުމުގެ ރިވެތިި ފޭރާން

    12
  13. ރާޅު ބޯއީ

    ތިކަހަލަ ކިތަންމެ ކަމެއްވެސް އެޖެންޑާ 19 ގެ ދަށުން ހިނގާނެ. ވާނެ ކަމެއް ކުރެވޭނެ ކަމެއް ނޯންނާނެ. އެއްޗެކޭ ބުނާނެ މީހަކު ނުވާނެ. ރައްޔިތުން ލޯކަނު ނޫސްތަކުން ތިބީ އަނގަތައް ބަންދުވެ ލޯތައް ކަނުވެފަ. ޔާމީނު ސަރުކާރުގަ ނަމަ ހީވާނީ އަލިފާން ރޯވެގެން އުޅޭހެން.

    36
    2
  14. ގައްބެ

    ގަބޫލުކުރިއަސް ނުކުރިއަސް. މިއި ދުރާލާ ރޭވިގެން ހިނގޭ ކަމެއް. މީހުން އުޅޭ ރަށްރަށުގަ ފަތިރުވެރިން ގެންގުޅުމުގެ ހުއްދްދެވުނީ އެޕްލޭނުގެ ތެރެއިން އެމީހުނާ ދިވެހިން މަސްހުނިވެ "ދޮންމީހުން އުޅޭގޮތް" އެއީ ޅަ ޖީލަށް "ސަޅި" ގޮތަކަށްވެ އެގޮތް އެޑަޕްޓް ކުރާނެކަން އެނގިތިބެ.

    34
    2
  15. ޞަބީ

    އެޖެންޑާ 19

    26
    2
  16. ކޮޅު ގޮބު

    ތީ ތުލުސްދޫގައި ތިބޭ ޕީޕީއެމަށް ތާއިދުކުރާ މޮޔާން ފޮނުވާ ކޮސް ވީޑިޔޯ ހޫން ތިވީޑިޔޯގެ ސަބަބުން މިސަރުކާރު ނުވެއްޓޭނެ! ތީއެމީހުން ބިކިނީގައި އުޅެން ހުއްދަދީފަ އޮންނަ ސަރަހައްދު އެތަނަށް ތިވީޑިޔޯ ނެގިމީހާދާންވީކީއްވެ؟ ތިގޮތަށް ހަދަންޏާ ފާހާނާ ތެރޭ ބަރަހަނާ ކޮށް ހުއްޓާ ނަގާފަ ދިވެހިން އުޅެނީ ބަރަހަނާކޮންނޭ ކިޔާފަ ލިޔަންވީނު؟

    5
    45
    • ކިކި

      ސިކުނޑި ގޮވާފަ ހުރި ދޮޅު ރޯނާ ގޮލައެއް ??

      6
      2
    • ޢައިނާ

      ބިކިނީ ސަރަހައްދަކުނޫން އެމީހުން ތިބީކީއެއް. ތިގޮތަށް ބިކިނީ ސަރަހައްދޭ ކިޔަންވެއްޖެއްޔާ މުޅި ރަށުގެ އަތިރިމަތި މީ ބިކިނީ ސަރަހައްދުތަކެއްނު؟ ބަލައެއީ ހާމައަށް އެންމެނަށްވެސް ދެވެންއޮތް ހިސާބެއް. ވަކި ޕާޓީއެކޭ ކިޔާނެކަމެއްނެތް އެފަދަ ކަންކަން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދި ކައުންސިލްތަކުންވެސް ގެސްޓްހައުސްތަކަށް ހިންގުމަށް ހުއްދަދޭއިރު ފަތުރުވެރިން އެގޮތަށް ނޫޅުމަށް އަންގާ އެގޮތަށް އުޅޭނަމަ ފިޔަވަޅުވެސް އަޅަންވީ

      6
      2
  17. އަފީފާ

    ޓުވަރިޒަމްމިނިސްޓަރުއަލީވަހީދުވަރައް
    އުފާވާނެ މިހާރުހުންނާނީވަރައްހެވިފާ؟
    ރައީސްއަކީވެސްއެކަހަލަމީހެއް
    މީހުންގެލޮލުގައަދުންއަޅުވަންވެގެން އުމުރާއައްދިޔައީ؟
    ދެންތިބޭ އެޖެންޑާ 19ދެފާދެގޯޅިއައްލާގެން
    ވޯޓުދިންމީހުންވަރައްއުފާވާނެ؟؟
    މިވެރިކަމުގަތިބީހުސްލާދީނީމީހުން؟

    25
    2
  18. އަންތަރީސް

    ދިވެހިރާއްޖޭގައިވެސް ދުނިޔޭގެ އެހެންގައުމެއްވިޔަސް އެބަޔަކު އެދޭގޮތް ބޭނުންވާގޮތައް ކަންތައްދާނީ އަންތަރީހެއްނުވޭ

    11
    14
  19. ޓެޜޭ

    ރަނގަޅައް ގާ އުކާލާ އޭރުން އެ ކާފަރުން ނަށާ ކާފަރުންގެ އައުވާނުންނަށް މިތަނަކީ އިންސާނުން އުޅޭ ތަނެއްކަން ވިސްނިދާނެ.

    23
    2
  20. ކުޑަބަޖަރާ

    މިވީ ތަންކޮޅެއް ބޮޑުވަރު. ދެންވާވީ އެންމެބޮޑުވަރުތާ؟

  21. ބޯރި

    ބަލަންޏާ ފެންނާނެ.

    7
    5
  22. ބަނީ

    ހާދަ ރީތި ވާނޭ ބަލާލަން

    7
    8
  23. ދަންޑަހެލު

    ތުލުސްދޫއަށް ޢާންމުކޮށް އިޒްރޭލުގެ ޔަހޫދީ އަންހެންވެރިން އައިސްހަދާ... އަދި ކޮޓަރި ފީގެ ބަދަލުގަ ހަށިވިއްކައިގެން ފުއްދާލާފަ.. ރާޅުގަނޑުގަ އެމީހުން ބޭނުންވާ ބޭނުން ފުދި ޝަހުވަތްވެސް ފުދި ހުރިހާ ޚިދުމަތެއް އެމީހުނަށް ލިބޭ... ގެސްޓް ހައުސް ތަކުގެ އޯނަރުން އޮންނަނީ ބުނެފަ ،ގެސްޓުން ބޭނުންވާ އެއްވެސްކަމެއް އޮތިއްޔާ ވަގުތުން ކޮށްދެން..
    ވަގުތު ނޫސްވެރިންކޮޅު ރަނގަޅު ކަންނޭގެ ތިކަން ދިރާސާކޮށްލަން ރާއްޖެތެރޭ ރައްތަކުގަ ހުރި ގެސްޓްހައުސްތަކަށް ކުރިން އެންގުމަކާ ނުލައި ގޮސްލަން... އަދި އާނއމު ފަރުދުންގެ ކިބައިން ސުވާލުކޮށްލާ އޮޅުންފިލުވާލަން... އެއީ ޔަގީންވާ ތަޙުގީގީ ރިޕޯޓެއް ގެނެސްދިނުމަށްޓަކައި.. ގުރައިދޫ.. މާފުށި... ގުޅި މިތަންތަން މިހާރު ލޯހުޅުވާލަން ނުކެރެ... ރަށެއްގެ ގޮނޑުދޮށުގައި ދެމީހަކު ބަރަހަނާވެގެން އޮވެ އެބަ ޖިމާއުވޭ.. ދުރުނޫން ހިސާބުގަ ތުއްތު ކުދިން ސްކޫލް ދަރިވަރުން ތިބެނީ އެމަންޒަރުބަލަން... މީގެ 12 ވަރަކަށް އަހަރު ކުރީގަ ބައެއް ކަތީބުން އެބަތިބޭ ގޮނޑުދޮށަށްގޮސް ދުރުމިއަޅައިގެން ރިސޯޓު ގޮނޑުދަށުން އެއްޗެއް ފެނޭތޯބަލަން ހޮޅުއަށީގަ.. ވީއިރު މިއަދު ހާލަތު ހުންނާނެގޮތް ވިސްނަވާ

    އއ. ރަށެއްގަ ޒުވާން އަންހެން ފަތުރުވެރިޔަކު ގެސްޓްހައުސް ހިންގަން ހުރިމީހާގާތު އެދިގެން ފައިސާދޭގޮތަށް ކޮންމެ ރެޔަކު ޒުވާން ފިރިހެނަކު ހޯދާ.. އެ އަންހެނާ އެ އެދޭކަންތައްތައް ކޮށްދިނުމަށް... ނަމަވެސް އެ ފަތުރުވެރިޔާ ފުރައިގެން ދިޔަފަހުން މި އިނގެނީ އެއީ އެޗްއައިވީ ޖެހިފަ ހުރި އަންހެނެއްކަން.. އޭނާބޭނުންވީ ވީހާވެސް ގިނަބަޔަކަށް އެބަލި ފަތުރަން... އެމަޅީގައި އެތައްޒުވާނަކު ޖެހުނު.. މިއަދު އެޒުވާނުން ދެން ކިތައް ދިވެހިންނާއެކު ޒިނޭކުރާނެ.. އެއަށްފަހު އެމީހުނާ ރައްޓެހިވެގެން އުޅޭ އަންހެން ކުދިން އާންމުކޮށް ކައިވެނިކުރަނީ އެހެން ކުއްޖަކާ މިގޮތައް މިބަލި ކިހާވަރަކަށް މިހާރު މިވަނީ ފެތުރިފަ... މުއައްސަސާތައް ޒިންމާދާރު ކުރުމަށް ބޮޑު ދައުރެއް ތިބޭފުޅުންނަށް އަދާކުރެވޭނެ.... މި ރާއްޖެ މާދަމާ އޮންނާނެ ހާލަތާމެދު ވިސްނަވާ

    13
    1
  24. ތިމާގެ

    ތިކަންނުވެގެންތާ ލާދީނީ މީހެއްގެ ފަހަތުން ނަށަމުން އަތްޖަހަމުން ތި ދުވަނީ ،، ބާރަށް އަތްޖަހާ .

    12
    1
  25. ގ ކެނެރީގޭ ގަންޖާބޯ ވަގު

    ވެރިން އޯކޭ ރައްޔިތުން އޯކޭ މަގޭކޮންމަސަލަ

    10
    2
  26. ކަތުރު

    މުއްލާތައް އެއުޅެނީ އަންހެނެއްގެ އިސްތަށިގަނޑު ފެނުނަސް ނުކުޅަދާނަވެގެން. ދެން ރޯ ބަރަހަނާއެއް ފެނިއްޖެއްޔާ ކޮބާ ހާލަކީ؟ ހިނގައިދާނެ ޖިހާދުވާންވެސް.

    6
    9
  27. ރިހާބް

    މިއީ ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި) ގެންނަން އެބުނާ އެހެން ގައުމިއްޔަތު ގެފެށުން. އަންނި އެންމެފަހުން އިންޑިއާ ކުރި ދަތުރުގައި ބައްދަލު ވުމެއްގައި ރާއްޖޭގެ ރައްޔިތުކަން ލިބިދޭ މާއްދާ އިސްލާހުކޮއް މުސްލިމުން ނޫން ފަރާތަކައް ވެސް ދިވެހި ރައްޔިތުކަން ލިބޭގޮތައް ގާނޫނު އަސާސީ ބަދަލު ކުރާނެކަމައްވަނީ ބުނެފައި.

    8
    2
  28. ފާތުން

    ތީ ދެން ކިހާ ބޮޑުވަރު ކަމެއްތަ ފާަތުރުވެރިންނަށް ނޭގެނީއެއް ނޫން ހަމަ ނުލަފާކަމުން ތީގަ ކޮންމެވެސް ނުބައެއް އުޅޭ. ފަތުރުވެރިއަކަސް އަދަބު ދެވެން ޖެހޭނެ. މުޖުތަމަޢުގައި ކުޑަކުދިން ހަލާކު ކޮށްލާނެ ތި ބަޔަކު.

  29. އައްލަޒީ

    ޓުލުސްދޫ ޒުވާނުން ހާދަހާނަސީބު ގަދައޭދޯ.

    2
    6
  30. ސަލީމް

    ގައްބެ ގެ މިވާހަކަ ކޮޅަށް ތާއީދު
    ....... "ގަބޫލުކުރިއަސް ނުކުރިއަސް. މިއި ދުރާލާ ރޭވިގެން ހިނގޭ ކަމެއް. މީހުން އުޅޭ ރަށްރަށުގަ ފަތިރުވެރިން ގެންގުޅުމުގެ ހުއްދްދެވުނީ އެޕްލޭނުގެ ތެރެއިން އެމީހުނާ ދިވެހިން މަސްހުނިވެ "ދޮންމީހުން އުޅޭގޮތް" އެއީ ޅަ ޖީލަށް "ސަޅި" ގޮތަކަށްވެ އެގޮތް އެޑަޕްޓް ކުރާނެކަން އެނގިތިބެ. ..... "

    2
    1
  31. Anonymous

    ޖަޒީރާ ވެއްޖެ

    2
    1
  32. ވަތަނަބޭ ބީ

    ގެސްޓްހައުސްވިޔަފާރި، ޓުވަރިޒަމްތެރެއަށްވެއްދުމުގެ ނަތީޖާ! މިކަމަށް ދެންކުރާނެކަމެއްް އޮވެދާނެބާ؟

    2
    1
  33. އިމްރާން

    ކޮބާތަ ހޯމް މިނިސްޓަރ އިމުރާނުމެން މަާތީ މަގާމެއް ލިބުނީމަ އަނގަހުޅުވާލަންވެސް ނުކެރެނީދޯ. ޔާމީާނު ސަރުކާރުނަމަ މިހާރު މަގު މައްޗަށް ނުކުމެގެން އުޅުނީސް. ،މީ މިހާރު ބަރަހަނާ ސަރުކާރު

    1
    3
  34. ޢަލީ ވަހީދު މިނިސްޓަރ އޮފް ޓޫރިޒަމް

    ތިއީ އަޅުގަނޑަށް ހިންގަން ޙަވާލުކޮށްފައިވާ ސިޔާސަތު. އަޅުގަނޑު މިހިންގަނީ ޖަޒީރާ ވަންތަ ސިޔާސަތު.

    1
    3
  35. ކޮތަރު

    އެގޮތަށް ތިބޭ ފަތުރުވެރިން އެހާލުގައި ތިއްބާ ކައުންސެލަރ ގެ ނާއިބު ވާހަކަ ދައްކަވައިގެން ކޮންމެސް ރަނގަޅު ގޮތަކަށް ކަންތައް ހަމަޖައްސަވައްޗޭ. ފުރުސަތު ނަންގަވާ ނުލައްވާތި.