އާއްމުކޮށް ދިވެހިން ދިރިއުޅެމުން އަންނަ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ ފަދަ ގައުމުތަކުގައި ސިއްހީ ހިދުމަތް ހޯދުމަށް ދިވެހީންނަށް ތައާރަފް ކުރި "މެރަނާ" ސްކީމްގެ މައުލޫމާތު ސްރީ ލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް ދޭން ފެށުމުން، ގިނަ ބަޔަކު އެކަމާ ނުރުހުންވެ ފާޑު ކިޔައިފިއެވެ.

"މެރަނަ" ސްކީމްގެ ނަމުގައި ތައާރަފްކުރި ސްކީމްގެ ދަށުން، މާލީ އެހީ ލިބިގެން ދާނީ ސްކީމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށެވެ. އަދި އެ އެހީލިބިގެންދާނީ އެ ސްކިމްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ކަަމަށް އާސަންދަ އިން ބުންޏެވެ. އަދި މި މި ގައުމުތަކުގައި އުޅޭ މީހުން ކަމުގައި ވާނީ މަދުވެގެން ހަ މަސް ދުވަހު އުޅުމަށް އެ ގައުމަކުން ކަނޑައަޅާފައިވާ ވިސާ ލިބިފައިވާ ފަރާތްތަކަށެވެ.

މި ސްކީމްގެ ކޮންމެ ބައިވެރިއަކަށްވެސް 150،000 ރުފިޔާ ހަމަޖެހިގެންދާއިރު، އެޑްމިޓް ނުކޮށް ހޯދާ ސިއްހީ ހިދުމަތުގެ މިންވަރަކީ 10000 ރުފިޔާއެެވެ. އަދި އެޑްމިޑްކޮށްގެން ހިދުމަތުގެ މިންވަރަކީ އެޑްމިޝަން ހިމަނައިގެން ޖުމްލަ ކަވަރޭޖްގެ އެއްވަރު އަދަދެކެވެ.

ރައީސް ވައުދުވެ ވަޑައިގަތީ، އާސަންދައިގެ ހިދުމަތް އެގައުމުތަކުގައި އުޅޭ ދިވެހީންނަށް ފޯރު ކޮށްދިނުމަށެވެ. އެހެން ނަމަވެސް، އާސަންދަ ކުންފުނިން ނިންމީ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އާ ސްކީމެއް، މެރަނަ ތައާރަފް ކުރުމަށެވެ.

ސްރީލަންކާގައި ދިރިއުޅޭ، ދިވެހީންނަށް އާސަންދައިން ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަނެއްގައި އެތައް ބަޔަކު ނުރުހުން ފާޅުކޮށްފައި ވަނީ "މެރަނަ" އަކީ އެއްވެސް ގާނޫނަކުން ދޭން ޖެހޭ އުސޫލެއް އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި ލަންކާގައި އުޅުނަސް އެއީ ދިވެހި ރައްޔިތުން ކަމަށާއި، ރާއްޖޭގައި އުޅޭ ދިވެހީންނެކޭ އެއްގޮތަށް އާސަންދަ ލިބެން ޖެހޭ ކަމަށް ގިނަ ބަޔަކު ބުންޏެވެ.

ބައެއް ފަރާތްތަކުން ވަރަށް ރުޅިގަދަވެ، އަޑުގަދަކޮށް ނުރުހުން ފާޅުކުރި މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. އާންމުންގެ ތެރެއިން ގިނަ ބަޔަކު ބުނެފައި ވަނީ ބޭރު ގައުމެއްގައި ދިރިއުޅޭނަމަ، އާސަންދަ ނުލިބޭނެ ކަމަށް ބުނެ، "މެރަނަ" ސްކީމް ދިނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ވ ސަާލާމްތޯއްޗެއް

    ކޮން ރުޅިއެއް އައްނާކަށް ގައުމުގަ ތިބެބަލަ އޭރުން އާސަންދައިގެ ހިދުމަތް ފުރިހަމަ ގޮތުގައި ހޯދޭނެ. ކަލޭމެން ޝުކުރު ކޮއްބަލަ އެއްޗެއް ލިބޭތީ ވެސް...

    89
    59
  2. ހުނަމް

    އަދިވެސް ނޭގޭތަ ނޫނީ ނުވިސްނޭތަ މިސަރުކާރަކީ ޔަހޫދީނަގެ ވައްތަރު ސަރުކާރެއް. އަންނިއަށްވުރެ އިބޫ މަކަރުވެރިވާނެ

    117
    36
  3. އޮރިފާތުމަ

    އާސަންދައަކީ ޓެކްސް ފައިސާއިން ދޭ އެއްޗެއް. ކަލޭމެން ސިރިސޭނާ އަށް ޓެކްސް ދައްކާމީހުން އޭނަ ކައިރީގައި ބުނޭ އާސަންދަ ދޭށޭ

    119
    32
    • ފަރުހާދު

      ތަން ތަން ކުއްޔަށްދީފަ ގޮސް ރާއްޖެއިން ބޭރުގަ ދިރިއުޅެ އެ ކުލިން ޓެކްސް ނުދައްކާ. އަހަރެމެން ދައްކާ އެތިކޮޅުންވެސް ކަލޭމެންނަށްތަ ހުސްކުރަންވީ.

      6
      3
  4. ކާފަބޭ2019

    ހެއްލުމެއްގައިލިބޭނީގެއްލުމެކެވެ. މިސަރުކާރުން ކުރިކަމެއްވިއްޔާކުރީ މަކަރާހީލަތާއޮޅުވާލުމުގެ ތެރެއިންނެވެ. ފެންނަމުންދާ ޙަޤީޤަތަކީ އެއީއެވެ.

    112
    19
  5. ފަޒުނާ

    އިބޫ ބުނީ ރާއްޖެއައް ޖީއެސްޓީ ނުދައްކާ މީހުންނައް ތިވަރު ހަމަ އޯކޭޔޯ

    109
    15
    • ބުއްޅަބޭ

      ގެ ކުއްޔެއް ދީގެން އަހަރަކު 25000 ރުފިޔާ ދައްކަން ޓެކސް ގޮތުގަ. ވާނުވާ ނޭންގި އަނގަނުތަޅާ!

      5
      1
  6. މުހައްމަދު

    ކޮންރަތެއްވާކަށް މަޗާމެންނަށް އާސަންދަ ކަމުނުގޮސްގެން ނޫންތޯ ލިބުނު މަދުފައިސާކޮޅާ ދެއްކި ދަޅަޔާށް ހެއްލިގެން އެޖެންޑާ 19 ޔަށް އާބަސްބުނެ ބޮޑުއީދު ގެނެސް އުފަލާ މަޖާކުރީ ވީމާ ދެންކޮން ރަތެއްވާކަށް އަދި މިއުޅެނީ ކުރިމަޖާގަނޑުން ހޫނުކަން ނުކެނޑި މިހާރު އަނެއްކާ ރަތަށް ތިޔައެރީ އެންވީމާބުނަނީ ކިޔަނީ މިހާރު މިތިބީ އަސްލު ބޮޑެތި ވަގުންނޭ ( ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެ ފަހަރަކު ދޭހުގާ ގިސްލަމުން ހިތިކަރުނަ އޮއްސަންޖެހިދެޔޭ އުމުރަން މުޅިން ) ދެއްތޯ!

    105
    10
  7. ޙައްޕު

    ދިވެހިންނަށް އާސަންދަ ލިބެނީ ޓެކްސް ދައްކައިގެން...އެއްވެސް އެއްޗެއްނުދީ ހިލޭ ބޭރުގައުމުތަކުގައި އުޅޭއިރު އަދިވެސް ހަޅޭލަވައެއްނު އެބަ!

    84
    15
    • ފުތާބެއްޔާ

      އެމީހުން ކައިރީގަ މީހަކު ވައުދުވީމަ އެމީހާޔަށް ވޯޓުދީގެން އެމީހަކު ވެރިކަމަށް އައީ. އެހެންވީމަ ވައުދާ އެއްގޮތަށް ތަފާތު ނުކޮށް ދޭންޖެހޭނީ

  8. އެނގޭ

    އޮޅުވާ ނުލާ ކީއްކުރާނީ ގައިގާ ނެތް ފެނވަރު ގެ ވައުދު ވީ ދުވަހުވެސް އަހަރެމެން އަށް އެނގޭ ނުކުރެވޭނެކަން. ދެން ކޮންމެ ވައުދެއް ވެސް ދާނީ ތިގޮތުން. ފުރަތަމަ ކަމަކީ ވައުދު ފުއްދާނެ ގްރައުނޑް މަސަކަތެއް ނުކުރޭ އޭގެ އިތުރުން އައުވާނުން ހިތް ހަމަ ޖައްސަން ވަޒީފާ ދީ ސަރުކާރު ގެ މުޅި އާމްދަނީ ދަނީ ބޭކާރު މީހުންނަށް ގަވާއިދުތައް ހެދުމަށާ އާއްމު ރަްޔަތުން އަތްފައި ނަހަލުވާ ބައިތިއްބާނެ ގާނޫން ތަށް ހަދާ ތަންފީޒު ކުރަން ދީ ހުސް ކުރަމުން. ކެނެރީގެ ނަޝީދު މެން ކަހަލަ މަގުމަތީ މީހުން އަކީ މާ ވަރުގަދަ ބައެއްކަމުގާ ދެކޭމީހުން އަކީ ދިވެހިން ގެ ހާލަތު. ނަޝީދާ ގިނަ ދިވެހިން ހީކުރަނީ ސަރުކާރެއް އޮވެ ކަރުދާސް ޕްރިންޓު ކޮށް މީހުންނަށް ބަހާލެވުނީމާ ހުރިހާ ކަމެއް ނިމުނީ ކަމުގާ. ދެން ހުރިހާމީހުން އެ ކުނި ކަރުދާސް ފަހަތުން ދުވުމަކީ ސަރުކާރު ހިންގުމުގެ ނިޒާމް އަކަށް މިމީހުން ދެކެނީ.

    78
    5
  9. ރާޅު ބޯއީ

    ލާދިނީ ސަރުކާރަށް އަދިހަމަ ރަނގަޅު އެއްކަމެއްވެސް ނުކުރެވޭ. ކުރާ ކަމެއްވިއްޔާ ގޮވަނީ އަތަށް. މިއޮތީ ބަލާވެރިކަމެއް މި ގައުމަށް ފާވެފަ.

    95
    12
  10. މިއްޓޭ

    ތިކަންއިންނާނީ ތިހެން ކޮއެފުޅުމެން ވޯޓުދިންއިރަކު ހިތަކައްނާރާވިއްޔަ މިވޯޓުދެވެނީ ކޮންބަޔަކައްކަމެއް. ދެންވެސް ވިސްނާ. އެމީހުން ބުނާނީ އެހެންއެއްޗެއް ކުރާނީ އެހެންކަމެއް. އެއްހަރަކުން ތިންފަހަރު ތިކަށިޖެހީ. ވިސްނާ

    113
    9
  11. ޖ

    ކަލޭމެންނައްޔާމީނު ސަރުކާރުކަމުނުގޮސްގެން އިބޫހޮވާފަ އެއްނުން ދެންކޮބާމައްސަލަޔަކީ

    107
    6
  12. ނިޝާނާ

    ކޮން ރުޅިއެއް އަންނާކަށް!! އަމިއްލަ ގައުމު ދޫކޮށްފަގޮސް އުޅޭ ބަޔަކަށް ކޮންމެހެން އާސަންދަ ދޭކަށް ނުޖެހޭ! އެކި ކޯސްތަކުގަ ކިޔަވަން ގޮސް އުޅޭ ކުދިންނަށް ދިނަސް ރާއްޖެ ކަޑަވެގެން މޮޅުތަނެއްގަ އުޅެގެން މޮޅު އިސްކޫލުން ކިޔަވަދޭން ވެގެނޭ ކިޔާފަ ގޮސް އުޅޭ މީހުންނަކަށް ސަރުކާރުން އާސަންދަ ދޭކަށް ނުޖެހޭ!!! ބައެއް ދިވެހިން އުޅޭ ގޮތުން ހީވަނީ މި މީހުން ދުނިޔެއަށް އައިންސުރެ މަރުވަންދެން ބަލަދު އަރަނީ ސަރުކާރަށޭ.. އަތުން ފައިން މަސަތްކަތެއް ނުކޮށް ތިއްބަސް ސަރުކާރުން ވީ ކާން ދީ، ހަރަދު ދީ، ބޭސްފަރުވާ ކޮށްދީ ހުރިހާ ކަމެއް ކުރަން!!

    3
    1
  13. އިބްރާ

    ތިބޭ ، ފޫގަޅައިގެން ވާނުވާބަލަން . މި ފަސްއަހަރު ނިމޭއިރު ދިން ވޯޓްގެ ރަހަ އަރުތެރޭގައި ރަނގަޅަށް ލައްވާލާނެކަމަށް ބެލެވޭ.

  14. ހަސަދު

    ބައަލަވާ ރުޅިގަނދަ ވިއަސް ރައްޖޭގައި ނޫޅެން ނިންމައިގެން ލައްކާ އަށް ގޮސް ހިޖުރަ ކޮށްގެން ރަޢްޖެ އަށް އެއްވެސް ޓެކްސް އެއް ނުދައްކާ ބަޔަކަށް ހެލްތު އިންސޫރަންސް ދޭން ޖެހޭ ސަބަބެއް އެބައޮއްތޯ އެވެ. ރާއްޖޭގައި ހިލޭ ދެވޭ ކަންކަމަކީ ޓެކުސް ފައިސާ އިން ކޮށްދެވޭ ކަންކަމެވެ. ޓެކްސް ނުދައްކާ ބަޔަކަށް ހެލްތު އިންސޫރަންސް ދެވިގެން ނުވާނެ.

    4
    2
  15. އެމަންޖެ

    އެބަހަދާ ރޯދަޔަށް ކަރާ ފަނި ކޮމެޓީ...

  16. ސިރިސޭނާ

    ފައިސާދޭން ބޭނުންވާ މީހުންނައް ފައިސާތައް ބަހަނީ..މައުސޫމު އައް 22 މިލިއަން..އިބުރާ ކޮއްކޮ އައް 78 މިލިއަން ދީބާޖާ އައް 350 މިލިއަން ކަލޭމެން ކުދިން ނައް މެރަނަ 10.000 ރުފިޔާ..

  17. ޓެކްސް ފޭސާ

    ނުޖެހޭ ރާއްޖެއިން ބޭރުގައި އުޅޭ މީހުންނަކަށް އާސަންދަ ދޭކަށް.

    4
    2
  18. ހަމަ

    އެއީ މިގައުމައް ޓެކުސް ދައްކާބައެއްނޫން އެމީހުންޓެކުސް ދައްކާ ގައުމުންއާސަންދަ ހޯދާ

    5
    2
  19. އަސްރަފް

    ކުދި ޖަޒީރާތަކޭ މިއީ

  20. ރާއްޖެމީހާ

    އުޅެންޖެހެނީ ރާއްޖެއިން ބޭރުގަ. ޓެކްސް ދައްކަނީ އެހެން ގައުމަކަށް. އެކަމަކު ކާންދީ ބޯންދީ ބޭސް ފަރުވާ ކުރަން ޖެހެނީ ދިވެހި ސަރުކާރުން. އަހަރުމެންގެ ޓެކްސް ލާރިން

    5
    2
  21. ބުރުގާ

    އޯއް ވާއު! އިބޫ ސޯލިހުގެ ފުރަތަމަ ސަޕްރައިސް. ތާހިރު ދޯ. އަދިއޮތީ ނޮހޮރޮއްޕާންތައް ކުރިޔައް.

  22. ރާކަނި

    ރާކަނިމަސް ކެވޭނެ މިހާރު

  23. ނަގޫރޯޅި

    ނަންވާނީ ޕޕމ، އެކަމު ކަން ކުރަނީ އެހެންބަޔެއް. ކޮންމެ ކަމެއްގަވެސް އޮޅުވާލުން:
    ގައުމުގެ ރައީސް އާއި ނައިބު ރައީސް އަކީ ވެސް ވޯޓުކަރުދާހުގަ ނަންޖަހައިގެން ހޮވި ދެމީހުންނެއްނޫން. އެމަގާމު އަދާކުރަނީ އެހެންދެމީހަކު. އާސަންދަވެސް އޮޅުވާލީ. ވަގުތުޖެހުނީމާ އަފްރާސިމްގެ މަރުގެ ތަފްސީލްދޭން ބުނިމީހާ މިހާރުކިޔަނީ ދޭނެ އިތުރު މައުލޫމާތެއް ނެތްކަމަށް. މިވަރުވީމަ ދެންބާރަށް އަތްޖެހުންނޫން ކަމެއްނެތް.

  24. ކޮރަލް

    އަދި ދަންނަވަމެވެ. މަޖްލީހުގެ މުސާރަ ކުޑަކޮށް މަޖްލީހުގެ މެމްބަރުންގެ ހެލްތް ސްކީމް ވެސް ކުޑަކޮށްލަން ޖެހެއެވެ. ގާނޫނުގެ ކުރިމަތީ ސިއްހީ ހިދުމަތް ދިނުމުގަ ދިވެހި ރައްޔިތުން ހަމަހަމަ ވާނެއެވެ.

  25. އާސަންދަ

    އާސަންދަ ނުލިބިގެންތަ ވެރިކަން ބަދަލުކުރީ ދެންތިބެންޖެހޭނީއަބަދުވެސް ރަތުގަ

    34
  26. ބުރޯ

    އެމްޑީޕީ ން ވެރިކަމަށް އައިސް މަދަނަ ހިންގަންނޭގި ބަގުރޫޓް ވީމާ އާސަންދަ ކިޔާ ނަންބަދަލުކުރި .ޔާމީނު ހުސްނުވާ އާސަންދަ ހަދާ ހުސްނުކޮށް ގެންދިޔައީމަ އެކަން އެހެން ކުރަންނޭގުނީމަ އަވަހަށް މެރަނާ ކިޔާ ސްކީމެއް ތައާރަފް ކުރީ. ހައުސިން ޕްރޮޖެކްޓްގަ ޔާމީން 11000 ފްލެޓް އިމާރާތް ކުރަން ފައްޓާފަ ހުއްޓާ ވެރިކަމަށް އާދެވުނީމަ ހައުސިންއަޅާން ޢާކުންފުންޏެއްހަދާ ކުރިން އަލަންފެށިފާހުރި 11000 ފްލެޓް 3500 އަށް ބަދަލުކޮށް އާކުންފުނިން ތިމަންނަ ފައްޓާ ހެދި އެއްޗަކަށް ނަންބަދަލުކުރިޔަސް ރައްޔިތުން އެކަން ގަބޫލު ނުކުރާނެ.

  27. ނަޝީދު

    ވަރަށް އަދަބުވެރިކަމާއެކު ދަންނަވަން. ރާއްޖެއަށް އެބައެއްގެ ޓެކުސް ނުދައްކާ އެއްވެސް ބަޔަކަށް އާސަންދަވިޔަސް މެރަނަ ކަމަށްވިޔަސް އަމަޔަކަމަށްވިޔަސް ދޭކަށް ނުޖެހޭނެ. އަހަރެމެންނަކީ ހަމަ ދިވެހި ރައްޔިތުންނޭ ކިޔާ ހަޅޭއްލަވާއިރު އެމީހުންގެ ފަރާތުން މި ދިވެހި ޤައުމަށްވާ އެއްވެސް ފައިދާއެއް ނެތް. ލިބޭ ހުރިހާ ފައިސާއެއް ސިރިސޭނާއަށް. ހުރިހާ ޓެކުސްއެއްވެސް ސިރިސޭނާއަށް. ދެން ބޭސްކޮށްދޭން މިޖެހެނީ ދިވެހި ދައުލަތުން. އަޖާއިބެއްނު. ކަލޭމެން ތިބެބަލަ ލަންކާގަ އުންބަޅަ ކައިކައި އަހަރެމެންނަށް ނޮހޮރުއްޕާން ނުކޮށް.

    4
    2
  28. ނަޢީމް

    ކަލޭމެންނަށް ލިބޭ ހުރިހާ ލާރިއެއް ތި ދުއްވާލަނީ ރާއްޖެއިން ބޭރަށް. އެކަމު ބޭސްކޮށްދޭން ޖެހެނީ ދިވެހި ދައުލަތުން. މަޖާދޯ. އެޖެންޑާ19 ގަ ތިހުރިހާ ކަމެއް ހަމައަކަށް އަޅުވާލެވޭނެ. ނާޖާއިޒު ފައިދާ ނަގަން ނޫޅުއްވާތި އެއްވެސް ރައްޔިތަކު.

    11
    4
  29. އަހަރެން

    ކިހާ ދެރަ... ދެން ވާނީ މިހެން... ދެން އެނބުރި ރާއްޖެ އާދޭ ކުދިންނޭ...

    12
  30. ޖުނައިދު

    ސީދާ އޮޅުވާލުމެއް.އާސަންދަކުންފުނި އުވާލަންވީމިހާރުވެސް.ވަގުން އުޅެނީ

  31. ހުސެން

    ބޯން ބޯން އުލުނު ބޮޑި ބޮވިފަ ތިތިބީ ޔާމިން ގޯސް ވެގެން ލަންކާގަ ތިބެގެން ވޯޓްލީ މީހާ ރަގަލެއްނު.ހެހެހެހެހެހެހެހެ

    12
  32. ބާސަންދަ

    ކޮބާ ރީތިވެއްޖެނޫން ގެނާ މޮޅު ސަރުކާރު ދެން ރުޅިއަންނާނެކަމެއް ނެތް ތީ ތިޔަބޭފުޅުންގެ އަމިއްލަޔަށް ހެދުނުޅައެއްޗެއް 5 އަހަރުވަންދެން ކެތްކޮލާ

  33. ޒަމާނީ ބަދަލު

    ޤައުމުގަ ތިބެ ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ އިނާޔަތާ އެއްވަރު އިނާޔަތެއް ބޭރުގައުމުތަކަށް ޓެކސް ދައްކާ ފަރާތްތަކަށް ލިބެން ޖެހެޔޭ ބުނީމަ އަންނަނީ ހިނި.

    5
    2
  34. ރުޒާނާ ޗޮއްޕަޓު

    ރަތަކަށް އަރާނެ ކަމެއް ނެތް. ލަންކާގަ އުޅޭ ރީނދޫ ބާގައި ދިވެހިންނަށް ވެދުން ސަލާމް. އަދި މަރުހަބާ

  35. ވަހީދު

    ލަންކާ އިންޑިއާގަ ގިނައީ ގިނަ މުއްދަތަށް ބޭސްކުރަން ޖެހުފައިވާ މީހުން ރާއްޖޭގައި އެ ފެސިލިޓީ ނެތިގެން. މަޖާކޮށް އަޗާތަޅަން ގޮހެއްނޫން. ހޭބަލިވެގެން ސިރިސޭނާ ކައިރިއަށް ދާށޭ ބުނާއިރު ރާއްޖޭގައި ކުރެވޭކަމެއްނެތް.

    1
    1
  36. ޙެހެ

    ބަލަ ޔާމީނު ހުރީއިރު އެވަރުވެސް ވިތަ؟

  37. އަފީފާ

    ދެންތިހެންކިޔާނެކަމެއްނެއް؟
    ތިއޮތީބޯންއުޅުނުބޮނޑިބޮވިފާ
    އެޖެންޑާ19އައްތިލަފަތައްވޯޓުދީ
    ގެންރާކަނިމަސްކެވިފަދެންތިބޭ؟
    މިސަރުކާރުގެނައީތިމީހުން
    މީމަކަރުވެރިވޯޓަކުންއައިސަރުކާރެއް
    މިހުރިހާކަމެއްގެޒިއްމާނަގަންޖެހޭނީއީސީ
    ސަރީފު ފުއްޕާފަމިހާރުއެގޮނޑީގައިދެވިދާނެ؟
    މާދަމާކުރާނެއރއްވެސްކަމެއްނޯނާނެ
    ﷲހުގެރަހުމިތްފުޅާއެކުވަގުތުޖެހުނީމަކާލަހެއްފަހެއް
    ނުވާނެ؟ އާމީން