ތަނަވަސްކަމާއި މުއްސަދިކަން ހެޔޮގޮތުގައި ބޭނުން ކުރުމަކުން ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ދަރުމަ ކަމާކެމި" ނަމުގައި މިސްކިތްތަށް މަރާމާތުކޮށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކުރުމަށް ބޭއްްވޭ ހަރަކާތް ފެށުމަށް އިސްލާމީ މަރުކަޒު ގޯތިތެރޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ހެޔޮ ކަންތަތަކަކީ އެކަންކަން ކުރުމުގެ ނިމުމެއް އޮތް ކަމެއް ނޫން ކަމަށާއި ކިތައްމެއް ވަރަކަށް އެކަންކަން ކުރުމުން ލިބޭނީ ގެއްލުމުގެ ބަދަލުގައި ފައިދާ ކަމަށެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

" އަޅުގަނޑުމެން ދިވެހިނަކީ ޒަމާނުއްސުރެން އިސްލާމް ދީނުގެ ހަމަތަކުގެ މަތީގައި ދެމިތިބި ބައެއް އަޅުގަނޑުމެންނަށް ލިބުނު ހަމަޖެހުމެއް ލިބިފައި އޮތީ އިސްލާމްދީނުގައި އަޅުގަނޑުމެން ހިފައިގެން ތިބީމަ " ނައިބު ރައީސް ފައިސަލް ފާހަގަ ކުރެއްވިއެވެ.

މިބިމުގައިވާ އެންމެ މާތް ތަންތަނަކީ މިސްކިތްތައް ކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ މިސްކިތްތަކާއި ދޭތެރޭ އަޅުގަނޑުމެންގެ ހިތް ތަކުގައި ވަކިން ހާއްސަ ގަދަރެއް އަބަދުވެސް އޮންނަ ކަމަށެވެ.

" އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތަނަވަސްކަމާއި މުއްސަދިކަން ހެޔޮގޮތުގައި ބޭނުން ކުރުމަކުން ދިވަހަކު ވެސް ލިބޭނެ ގެއްލުމެއް ނެތް އެއީ ޔަގީންވެ ކަށަވަރުވާ ކަމެއް " ނައިބު ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެންމެނަކީ މިސްކިތްތަކަށް ގިނަގިނައިން ހޭދަކުރާ ބަޔަކަށް ވުމަށް ނައިބު ރައީސް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިހަރަކާތް ފައްޓަވާ ދެއްވުމަށް ފަހު ނައިބު ރައީސް ވަނީ މިހަރަކާތުގެ ތެރޭގައި ހުރި ސްޓޯލްތަށް ބައްލަވާލައްވާފައެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 5:30 އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުރިއަށްދާ މިހަރަކާތް ކުރިއަށް ދާނީ އެއްދުވަހުގެ މުއްދަތަކަށެވެ.

ފަންޑުފޮށިތައް ބެހެއްޓުމުގެ އިތުރުން އޮންލައިންކޮށް މިސްކިތް ތަކަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު މި ހަރަކާތުގެ ތެރެއިން އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަހީމާ

    އެހެންވީމާ ޤާސިމަށް ލިބިފައިހުރި ތަނަވަސްކަމާ މުއްސަދިކަން ބޭނުންކުރީ ކަލޭވެސް ބައިވެރިކޮށްގެން ރަގަޅަކަށްނޫންތާއެވެ؟ ޔާމީންގެ ވެރިކަން ނިގުޅައިގަތުމަށް ރިޝްވަތު ބިލިޔަނުން ބަހާ ވެރިކަން ފޭރިގަތުމުން އޭނަޔަށް ލިބުނު ގެއްލުން ކަލޭވެސް އަންދާޒާކޮށްލުން ރަގަޅުވާނެއެވެ. ޚުދު ކަލޭވެސް މިހަރު ތިހުރީ ޤާސިމުގެ ކަރުގައި ހިފައިގެންނެވެ. ދައުލަތަށް ލިބުނުހާ ރުފިޔާއެއް މަޅާލައިގެންތިބެ މިސްކިތް މަރާމާތުކުރުމަށްނަމުގައި މީސްތަކުން ފެލައިލުން އަލުން ރުފިޔަގަނޑެއް ކައްވަލަން އުޅުން އެއީވެސް ރަގަޅުކަމެއް ނޫނެވެ.

  2. ހަސަން ނ

    ތަނަވަސްމީހާއަކީމުުއްސަތިމީހެއް
    މުއްސަތިމީހާއަކީތަނަވަސްމީހެއް

    5
    2
  3. ހުސޭނުބޭ

    ތަނަވަސް މުއްސަދިކަން ބޭނުންކުރާގޮތެއް ނޫނެވެ. އެންމެ މުހިއްމު ސުވާލަކީ ތިބުނާ ތަނަވަސް މުއްސަދިކަން އަންނަނީ ކިހިނެއްތޯއެވެ؟

    3
    1
  4. ކިނބޫ

    ކީކޭތަ ކަލޭ ތިކިޔަނީ؟ ތިމަންނަމެން ވައްކަން ކޮށްގެން މުއްސަނދiކޮށް އުޅުން އޯކޭއޭ އެހެން މީހުން ދެއިރު ހަމައަށް ކައިފިއްޔާ އެއީ ވަގުންނޭތަ ތިކިޔަނީ. މީނަ މިކިޔާ އެއްޗެއް ތަރުޖަމާ ކޮށްދޭން ރީލޯޑު ވަޒީރު ގެނެބަލަ ނިކަން..

    7
    1
  5. ޖަބީން

    ޤާސިމުއިބްރާހީމްގެ ތަނަވަސްކަމާ މުއްސަދިކަން ބޭނުންކޮށްގެން ނައިބުރައީސަކަށް ގެނައިމާ އެ ހަނދާން ކަލޭގެ ނެތެއްނު ؟