އަވައްޓެރި ސްރީލަންކާގެ ފުރަތަމަ ސެޓެލައިޓް ''ރާވަނާ 1'' ޖައްވަށް ފޮނުވާލައިފިއެވެ.

އެމެރިކާގެ ވާޖީނިއަސް އީސްޓް ޝޯރްގައި ހުންނަ ނާސާ ވެލްޕް ފްލައިޓް ފެސިލިޓީން ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ލަންކާއިން ފޮނުވި މި ސެޓެލައިޓް ވެގެން ދާނީ އެގައުމުން އިން ޖައްވަށް ފޮނުވާ ފުރަތަމަ ސެޓެލައިޓަށެވެ.

''ރާވަނަ 1'' ގެ ފަސް މިޝަނެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. ސެޓެލައިޓްގެ އުމުރަކީ އެއް އަހަރާއި ބައިއެވެ.މި ސެޓެލައިޓް ޖައްވުގައި ހޭދަކުރާ ކުރާ ދުވަސްތަކުގައި ދުނިޔެ ވަށާ 15 ބުރު ޖަހާނެއެވެ. އެއީ ސިކުންތަކު 7.6 ކިލޯމީޓަރެވެ.

ބަރުދަނުގައި 1.05 ކިލޯ ގްރާމް ހުންނަ މި ސެޓެލައިޓް ޑިޒައިންކޮށް އުފައްދާފައި ވަނީ ޖަޕާނުގެ ކިޔުޝޫ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި، ސްރީލަންކާގެ ރިސާޗް އިންޖިއަނަރެއް ކަމަށްވާ ތަރިންދު ދަޔަރަންތެއާމާއާ މޮރަޓުވާގައި ހުންނަ ސީ.ކްލާކާ އިންސްޓިއުޓިއުޝަންގެ އިންޖިއަނަރ ދުލަނި ޗަމިކާއެވެ.

ސެޓެލައިޓް ޖައްވަށް ފޮނުވާލެވުނު އިރު އެއްވެސް މައްސަލައެއް ދީމާވެފައި ނުވާ އިރު ލަންކާ އިން ފުރަތަމަ ސެޓެލައިޓްގެ މިޝަން އަކީ ލަންކާ އާއި އަވަށްޓެރި ގައުމުތަކުގެ ފޮޓޯ ނެގުމެވެ.

ލަންކާއިން ޖައްވަަށް ސެޓެލައިޓެއް ފޮނުވިއިރު އޭޝީގައި ހިމެނޭ ނޭޕާލް , އިންޑިއާއިން ވެސް ވަނީ ދާދި ފަހުން ޖައްވަށް ސެޓެލައިޓެއް ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    ސިކުންތަކު 7.6 ކިލޯމީޓަރު؟؟؟؟؟ ޔަޤީން