މާލޭގެ މަތުތަކުގައި ކުނި ގިނަވެ، މަގުތައް ގޮނޑުވެފައިވާ ކަމަށް، ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މުޢިއްޒު މިހެން ވިދާޅުވީ، ޗެނަލް 13 ން ރޭ ގެނެސްދިން "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މާލޭގެ މަގުތައް ގޮނޑުވެއްޖެ. ވަރަށް ބޮޑަށް ކުނިގިނަވެފަ މި އޮތީ، ކާނުތައް ބެދިފަ. އަޅުގަނޑަކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ މި ސަރުކާރު އައިފަހުން މާލޭގެ މަގުމަތީގެ ކާނުތަކުގެ މަތިތައް ނަގާ ސާފުކުރި ކަމަކަށް. އަޅުގަނޑުމެން ތިބި އިރު އަބަދުވެސް މޭލޭގެ ކޮންމެވެސް ސަރަހައްދެއްގެ ކާނުތައް ސާފުކުރާނެ. މުޅިން އެކީ އެކަށްޗަކަށް މާލޭގެ ހުރިހާ ކާނުތަކެއް ސާފުކުރެވުނު އެތައްް ފަހަރަކު." މުޢިއްޒު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖް މަތީގައިވެސް ވަރަށް ގިނަ އަދަދެއްގެ ކުރި އެބަހުރި ކަމަށާއި، މާލޭގެ މަގުތަކުން ފެން ހިންދުމަށް ބޭނުންކުރާ ސިސްޓަމްތައްވެސް އެދެވޭ ގޮތެއްގައި ބަލަހައްޓަމުން ނުގެންދާ ކަމަށެވެ. އަދި ސިޓީ ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރަމުން ނުދާ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
"ބްރިޖްގައިވެސް އެއްކޮޅުން އަނެއް ކޮޅަށް ކުނި އެބަހުރި. ބްރިޖްގެ އަރިމަތީގައި ހަމަ ވަރަށް ކުނި އެބަހުރި. ވަރަށް ބޮޑަށް އިހުމާލުވެފަ މި އޮތީ. ވާރޭ ވެހުނީމަ އެނގޭނީ މާލޭގެ ފެންހިންދަންވެސް ކުރެވޭ މަސައްކަތެއް. މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރިއަސް ވަކި ކުރިއެރުމެއް ނުފެނޭ. މާލޭގެ އިމާރާތްކުރުމުގެ ރައްކާތެރިކަންވެސް މިހާރު ނުބެލެހެއްޓޭ. ސިޓީ ކައުންސިލަށާއި އެހެން ކައުންސިލްތަކަށްވެސް ޒިންމާ ހަވާލުކުރިއެއް ކަމަކު އެ ޒިންމާތައް ނަގާތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ." މުޢިއްޒު ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރުގެ މަޤާމުގައި ޑރ މުޢިއްޒު ހުންނެވި ދުވަސްވަރު ރައްޔިތުންގެ ލާބަ އާއި މަންފާއަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
މީނަ ކުރިކަމަކީ ވަގއް ފުލެޓުބެހުން
އަޅުއްވާ ނުލައްވާ! އެއީ މާލޭމީހުން ބޭނުންވި ގޮތް! ޔާމީންގެ ވެރިކަން ފެށުނުއިރު މާލެ އޮތް ޙާލަތާ މާލޭގެ ގޮނޑުކަން އެންމެ ރަގަޅަށް އެނގޭނީ މާލޭ މީހުންނަށް! އަދި ޔާމީންގެ ވެރިކަން ނިމުނުއިރު އޮތް ޙާލަތުވެސް އެގޭނީ އެމީހުންނަށް! " ކަލާންގެސަފުން ބަދަލުނުކުރައްވަތޭ ޤަވްމެއްގެ ޙާލާތެއް ނުވާނަމަ ޤަވްމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލަތެއް"
މާލެ ސިޓީކައުންސިލަކީ މޑޕގެ ޖަގަހައެކެވެ
އެތަނުން ކުރާނީ ނަސީދުގެ އަމިއްލަކަންކަމެވެ
އެތަނަށް މަސްލަހަތު އޮތީ އެގޮތުގައެވެ
ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވަރިހަމަ ކޮށްލާ މުޖުތަމައު ހަލާކު ކޮށްލީ ކަލޭމެން... ދެން ތަންތަނަށް އަރާ ތިބެ ކޮންޗެއް ކިޔާކަށް
މަށަށް ފެންނަނީ ތިހާ ކެރޭ ހީވާގި މީހުން ނިކުމެ މާލެ ސާފުކޮށްލުން. ތިހާ ކެރޭ ބައެއް ވީމަ ސާފުކުރާލެއް ވަރުގަދަ ކަމުން ރައްޔިތުން ބޮލަށް ލޮލަށް އުނދަގޫ ވެގެން ވެރިކަމުން ބޭލީ.. ދައްކާވާހަކަ. ކަލޭމެންވެރިކަމުގަ އެތަންއޮތީ ދޮވެލި ބޮއްޔެއް. ދައްކާ ދޮގުވާހަކަ. މަށަށް ނަމަވެސް ބޭނުންވި ކަންތައް ނުވީމަ ދެން ގޮވޭނީ ކޮސް. .
ޥެރިކަމުން ބާލާފައިވާނީ އެންމެ މީހަކު އެއީ ނަޝީދު