ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާތަނަށް އައިއިރު ކުރައްވާފައިވާ ހަމައެކަނި ކަމަކީ ރައީސް ޔާމިން ފައްޓަވާފައިހުރި މަޝްރޫޢުތައް ހުއްޓާލުމަށްފަހު އަލުން އެ މަޝްރޫޢުތައް ފެއްޓެވުން ކަމަށާއި، އެއީ ބޮޑު ޖޯކެއް ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"މި ސަރުކާރުން މިހާތަނަށް އައިއިރު ކުރައްވާފައިވާ ކަމަކީ ރައީސް ޔާމީން ފައްޓަވާފައި ހުރި މަޝްރޫޢުތައް ހުއްޓާލުމަށްފަހު އަލުން އެ މަޝްރޫޢުތައް ފެށުމާއި، ތަންތަނުގެ ނަންބަދަލުކުރުން. މިސާލަކަށް ފުވައްމުލަކުގައި ވަރަށް ފަހަކުން ފައްޓަވައިފި މަގު ހެދުމުގެ މަޝްރޫޢެއް. ގައިމު ފުވައްމުލަކު ރައްޔިތުންނަށް އެނގިލައްވާނެ ރައީސް ޔާމީން ވަނީ އެ މަޝްރޫޢު ފައްޓަވާފަކަން. އޮންގޮއިން މަޝްރޫޢެއް ފެއްޓުމަކީ ޖޯކު ކަމެއް." މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އެތަށް ރަށެއްގައި ހިނގަމުން ދިޔަ މަގު ހެދުމުގެ މަޝްރޫޢުތައް ހުއްޓާލުމަށްފަހު މިހާރު ބިޑަށް ލާފައިވާ ކަމަށާއި، އޭގެ ބޭނުމަކީ އަގު ބޮޑުކޮށް އެ މަޝްރޫޢުތައް ހިންގުމަށްފަހު ނާޖައިޒު ފައިދާ ތަކެއް ނެގުން ކަމަށެވެ.

"އެތަށް ރަށެއްގައި އޭރު ހިނގަމުން ދިޔަ މަގު ހެދުމުގެ މަޝްރޫޢު ތަކެއް. މިހާރު މި ފެންނަނީ އެކަންކަން ހުއްޓާލާފަ އަލުން އަނެއްކާ ބިޑަށް ލައިގެން އެ މަސައްކަތް ކުރަން މަސައްކަތް ކުރާ މަންޒަރު. އަގު ބޮޑުކޮށް އެކަން ކުރަން މަސައްކަތް ކުރާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. ކުރީގައި އަގު ހެޔޮކޮށް އެކަންކަން ކުރަމުން އައީ. ޕޮލިސީ ތަކަކާއި ނުލާ އެކަން ކުރެވޭނެ ގޮތް ރައީސް ޔާމީން ހަމަޖެއްސެވީ އެ މަސައްކަތުގެ އަގު ހެޔޮ ކުރުމަށްޓަކައި." މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މުޢިއްޒު ފާހަގަކުރެވިފައިވަނީ، ރައްޔިތުންނަށް ބޭނުންވާ އެތައްކަމެއް ފުރިހަމަކޮށްދެއްވި، ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އެމަންޖެ

  މި ސަރުކާރު ހުސް ޖޯކު ކޮމެޓީ ،ދުވުން، ގިލިގިލި ކޮއްޓުން،،،،،

  38
  6
 2. ކަލޯ

  ލާރިގަނޑު ނުލިބެން ފެށީމަ ކަޑަވަނީ ދޯ؟؟؟

  4
  12
 3. ޢަހްމަދު

  މާލޭ އާރޓިފިސަލް ބީޗް ޔާމިނުގެ ޕްލޭން މިއީ

  15
  1
 4. ޒުހު

  އަހަރުމެންނަށް ވެސް ހާދަ ޖޯކޭ ތަރައްޤީޤެ ބައްޕައޭ މަންމައޭ ކާފައޭ ނުވީތާކަށް ތަރައްޤީގެ ބާނީއޭ ގޮވަމުން ދުވި މީހަޔަށް ރައްޔިތުން ނޯ ބުނީމަ.. ގަޓު ރައީސް ވޯޓުލާން ނުދިޔާމަ އަދި މާ ޖޯކު. ކިހާ ރީތި ޖޯކެއް. . ހަޖަމް ނުވަނީ ދޯ.. ލެމަން ޖޫން ބޯލާ.. މުއިޢްޒުމެނަށް ވާނީ ތިވަރު ކޮއްކޯ.. ތިބިތީ މިހާރުދެން ކިޔޭނުކިޔޭހާލުގަ. ދެން ސިޔާސީ މައިދާނުން ދުރަށް ޖެހިލާ. ދެން ކަލޭމެން ބަލައެއް ނުގަންނާނެ.

  4
  17
 5. މުހައްމަދު

  އެހެންނު ވާނީ ކަމެއް ކުރަން އިނގެނީއެއްނޫން ވައްކަން ފިޔަވާ ދެންމޮޅެތި ނަންނަން ކިޔައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވުން ނޫންކަމެއް ކުރާކަށް ނޭގޭ ބޮޑެތި ވަގުން މިހާރުން އެތިބީ ދުވަހަކުވެސް އާކަމެއް ތަރަށްގީއެއް ގެންނާކަށް ނުދަނޭ ބަލަނީ ވެފަހުރި ކަމެއްވިއްޔާ ބުހުތާން ރޯދޮގުތައްހަދައިގެން ހަލާކު ކޮށްލާ އަލުން ފެށުމުގެ ނަމުގައި ވައްކަން ކުރެވޭތޯ ކީއްކުރާނި މިކަންވެސް ވަރިހަމަ ކޮށްފަ ވިއްޔަ ވޯޓްވިއްކީ ދުވަސްކޮޅެއް އަދި ނަގާނެ މޮޔަވާން ބަލަންތިބެމާ ކުޅޭކުޅިގަނޑު ހެހެހޭ

  12
  6
 6. ހަސަން

  މުއީޒް ކަލޭ އަނގަފުޅާކއްފާ ވާހަކަދައްކަނީ ކޮންހައްގެ ގެ ވާހަކަ ކަލޭ ދޮންމަންމަޔަށް ކަލޭ ހެދީ ކިހިނެއް ބައްޕަ މަރުވީމާ މުދާގަނޑު ބަނޑު އަޅާލާފައި ދޮންމަންމަގެ ހައްގު ނިގުޅައި ގަނެ މުސްކުޅި ބައްޕަ އެހާދުވަހު ބެލި ދޮންމަންމަ ޑީޕޯޓު ކުރީ ކަލޭ އެއް ނޫން އަހަރުމެންނައް ކަލޭގެ ހަގީގަތް ވަރައް ރަނގަޅަ އެގިތިބީމް .އިސްލާމްދީނުގައި ދޮންމަންމަގެ ޙައްގު ކޮބާ ؟ އޭނާ ޔަށް ދޭން ޖެހޭ ހައްގުކޮބާ.. ކަލޭ ގޭގައި ގެންގުޅުނު އިންޑިޔާ އަންހެންކުއްޖާގެ މަރުގެ ހަގީގަތަކީ ކޮބާ ؟ ކިޔާ އަޑު އިވޭ އެކުއްޖާ އިނީ ކަލޭގެ ދަރިޔަކައް ބަލިވެ އޭވެސް..

 7. އ. ޖ. އ

  އަޖައިބެއް.. މުއިއްޒު މިސްކިތެއް އެޅިޔޭ ކިޔާފަ އެކަން ހުއްޓޭތަ. މިއީ އޭ މި މީހުންގެ ވިސްނުން ހުންނަ ގޮތަކީ ؟

  1
  4
 8. ބުރޯ

  ވައްކަން ކުރީކީ މިރާއްޖޭގަ ޔާމީނެއްނޫން . ކެރަފާ ނަސީދާއި ކެރަފާސައްތާރު އެއީ ސަޜިއަތުން ހުކުމް އައިސްފާތިބި ދެމީހުން.