ދަރިއަކު ނުލިބި 14 އަހަރު ފަހުން ހިޖާމާގެ އެންމެ ސެސަޝަނަކާއެކު ދަރިއަކު ލިބިއްޖެއެވެ.

ރާއްޖޭގައި ހިޖާމާ ފުޅާ ދާއިރާއެއްގައި ޖަހަމުން އަންނަ "ފަޒީސް ހިޖާމާ ތެރަޕީ" ހުއްޓާލުމަށް ސަރުކާރުން އަންގާފައިވެއެވެ. ފަޒީ ދެމުންދާ ހިޖާމާ ޖެހުމުގެ އިތުރުން އިތުރު ސިއްހީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ، ހަމަޖެހިފައިވާ އުސޫލުން އެޚިދުމަތަކަށް އެދި ހެލްތް މިނިސްޓްރީގެ ހުއްދަ ލިބިގެން ޚިދުމަތް ކުރިއަށް ގެންދެވުމަށް ދަންނަވާ، ސިޓީއެއްވެސް ފޮނުވާފައިވެއެވެ.

ހިޖާމާ ޖެހުމަކީ ސާބިތު ނުކުރެވޭ ސިއްހީ ވަކި ފައިދާއެއް ލިބޭ ކަމެއް ނޫންކަމަށް މީގެ ކުރިން ހެލްތު މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ފަޒީގެ އެފްބީ ޕޭޖުގައި ބުނެފައި ވަނީ ދަރިއަކު ނުލިބި 14 އަހަރަށްފަހު ހިޖާމާގެ އެންމެ ސެޝަނަކުން ﷲ ރަހުމަތުން ބަނޑުބޮޑުވެ ވިިހޭ ކަމަށެވެ. މިއީ ދިވެހި ދަރިއެއްގެ ވާހަކަ ކަމަށެވެ.

"މިހުރީ ސާބިތު ކޮށްދީފައި، މި ކުއްޖާގެ މަންމަ މިފޮޓޯ ފޮނުވީ ދަރިއަކު ނުލިބި 14 އަހަރުވެފައި ވަނިކޮށް، ﷲގެ ރަހުމަތުން ދަރިއަކު ދެއްވީމަ އެފަރުވާ އަކީ މޮޅު ފަރުވާއެއް ކަމަށް އެ ފަރުވާ ބޭނުން ޖެހިފައި ތިބި އެހެން މީހުންނަށް އަންގައިދިނުމަށްޓަކައި. ދެން ފަޒީގެ ކޮލިފިކޭޝަން ހެލްތު މިނިސްޓްރީން ބޭނުންވާތީ މިކަމުގައި ހައިރާންވަން،" ފަޒީގެ އެފްބީ ޕޯސްޓްގައިވެއެވެ.

ހެލްތު މިނިސްޓްރީން، ހިޖާމާއަކީ ސާބިތު ނުކުރެވޭ ސިއްހީ ވަކި ފައިދާއެއް ލިބޭ ކަމެއް ނޫން ކަމަށް ބުނެފައިވާ ނަމަވެސް، އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ(1) "ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ."

އެހެންކަމުން އިސްރާއާއި މިޢުރާޖުގެ ދުވަހު މަލާއިކަތްބޭކަލުންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޙިޖާމާޖެއްސެވުމަށް އިރުޝާދުދެއްވުމަށްފަހު، މިއުއްމަތަށް ހިޖާމާޖެހުމަށް އަމުރުކުރުމަށް އިރުޝާދުދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا كُلُّهُمْ يَقُوْلُ لِيْ : عَلَيْكَ يَا مُحَمَّدُ بِالْحِجَامَةِ(2) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ހިޖާމާޖައްސަވާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ." އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا قَالُوا : يَا مُحَمَّدُ مُرْ أُمَّتَكَ بِالْحِجَامَةِ (3) "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، "އޭ މުޙައްމަދެވެ. ކަލޭގެފާނުގެ އުއްމަތަށް ޙިޖާމާޖެހުމަށް އަމުރުކުރާށެވެ." މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ."

އާދެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ޙިޖާމާޖައްސަވާފައެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) "އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ." އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ. وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5) "ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ. ޙިޖާމާޖަހާށެވެ."

ވަރަށް ގިނަ ދިވެހިން ވެސް މިހާރަކަށް އައިސް ހިޖާމާ ޖަހައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޢާޝޯހު

    ފަޒީ ހިޖާމާ ޖަހައިގެން ވެސް ކާމިޔާބު ނުވާ އެތައް ބަޔަކު އެބަތިބި. ފަޒީ އަކީވެސް ވަރަށް ބޮޑަށް ފައިސާއަށް އެކަން ކުރާ މީހެއްކަން ފާހަގަ ކުރެވޭ.

    44
    17
    • ދޮންބެ

      އެއްވެސް ފަރުވާއަކީ 100 ޕަސެންޓް ކާމިޔާބު ފަރުވާއެއްނޫން. އެކަމް ހިޖާމާއަކީ އެއްވެސް ފައިދާއެއްނެތް ކަމެކޭ ބުނަނީ ތަންދޮރު އޮޅުންނުފިލާތީ.

      20
      3
    • ދދދދދދ

      ޑޮކްޓަރީ ފަރުވާއިން ކާމިޔާބު ނުވާ އެއްވެސް ކަމެއް ނެތް ދޯ؟

      1
      3
  2. ބާސް

    އަހަރެން ސާކަލުގަ ދަނިކޮއް ޕޮލިހުން މަޑުކުވާފަ އަހައި ބޭފުޅާ ލައިސަންސް ބަލާލަން ބޭނުމޭ އަހަރެން ބުނެފިން މިދުއްވާ ދުއްވުން ނުފެނޭހޭ ތިބޭފުޅުންނަކަ އަންތަރީސް ވެއްޖެ ފަޒީ ބުނީ ހަމަތެދު ކޮން ކޮލިފިކޭޝަނެއް ވާވާ

    14
    7
  3. ހަނދުވަރު

    ހެލްތު މިނިސްޓުރީގެ ބޮޑުންނަށް ސާބިތު ހިފޭނީ ކިހާ ވަރެއްގެ ކަމެއް ވެގެންބާ؟ މައްކާގެ މުޝްރިކުންވެސް ތިބީ ސާބިތު ނުހިފިފަ ބޮޑެތި މުއުޒިޒާތްތައް ވެސް ފާޅުވީމަވެސް

    24
    6
    • ކޮސް

      ތިޔަ ބުނީ ކޮން މުއުޖިޒާތެއްގެ ވާހަކަ އެއް؟

  4. މަރީ

    މަށަކީ މި މަހު ތިޔަތަނަށ ހިޖާމާޖަހަން ދިޔަ މީހެއް ތިޔަ ފަޒީއެއް ނޫން ހިޖާމާ ޖަހަނީ. އަތްދަށު ވަޑިންލައްވާ ޖެހީ. ކާކުކަން އެނގިދާނެތީ ހުރިހާ ކުދިން މޫނުބުރުގާ އަޅުވާފަ. ވަރަށް ކަންފަސޭހަ. ނުވެސް އެނގޭ. ކޮންމެ މީހަކު އަތުން 1000 ރުފިޔާނަގާ. ފަސް ހަ ކޮޓަރީގަ އެއްފަހަރާ ފަޒީ އެކަނި ކިހިނެއް ޖަހަނީ؟

    36
    9
  5. ޚޖހހ

    ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާކަށް ތިމަންނާއަކަށް ނުޖެހޭނެޔޭ ބުނެފައި ހުރި މީހެއް ކަމަށް ޝައިޚު އިލްޔާސް ބުނި މީހަކު ވެރިޔަކަށް ލައިގެން އުޅޭ ޕާޓީއެއްގެ ބަޔަކު ތިޔަކަހަލަ ކަންތައް ގަބޫލެއް ނުކުރާނެ.

    22
    9
  6. ފާތުން

    މީހުން ފެލަނީ. ބޮޑުޖަރީމާއެއް. ރަށުގައި ހުރެފަ ދަތުރު ހަދައިގެން އައީ ފަޒީގެ މޮޅުވާހަކަ އިވިގެން. ހަރާންވީ އެއްކަމެއްވެސް. 1000 ރުފިޔާ އަތުލައިފަ ނަމެއްގަ ހިޖާމާޖެހީ. ފަޒީއެއްނޫންޖެހީ.

    28
    8
  7. Ò9

    ﷲފ،،
    ﷲ ﷲޅ

    3
    5
  8. ގަމާރުމޯލްޑިވިއަން

    އެމެރިކާނުން ވެސް އެބަ އާދޭ މި ތަނަށް މި ބުނާ އެއްޗއްއް ޖަހަން

    3
    2
  9. ނޫނު

    ކޮންމެ ކަމެއްގަވެސް ނިޔަތެއްވޭ؟ ކަމެއް ކޮށްދޭ މީހާގެ އިހުލާސް ތެރިކަން. އަދި އެ ކަމެއް ކުރުވަން ދާ ފަރާތުގެ ކެއްތެރިކަމާއި ބޭނުންވާ ކަމެއް ވުމަށް އެދި ﷲއަށް ދެންނެވުން އަދި އުންމީދު ކުރުން. މިހަކު ބުނީތީކީ ނޫން. ތިމާގެ ހިތް ނިޔަތް ހާލިސްކޮށްގެން ގޮސް ކުރީމަ ވާނީ.

    21
    2
  10. ާސަކީނާ

    ކުޅުދުއްފުށީގަ އުޅޭނެ ވަރަށް ރަނގަޅަށް ތިކަން ކުރާ މީހެއް، ސަބީ، ކިތަންމެ ބަޔަކަށް ދަރީން ލިބިއްޖެ އަދި އެހެން ކަންކަމަށް ޖެހިޔަސް ވަރަށް ފަސޭހަވާ ކަމަށް މީހުން ބުނޭ، ހިޖާމާ އަކީ ވަރަށްމޮޅު ފަރުވާއެއް

    25
    1
  11. ނީނު

    މިތަނުގައި ފާޑު ފާޑު ނެގެޓިވް ކޮމެންޓް ތިކުރަނީ މާލޭގައި ކްލިނިކް ހިންގާ މިހުންނާ ހެލްތު މިނިސްޓްރީ ތެރޭ ތިބި އެމީހުންގެ އައުވަަނުން. ކަލޭމެންގެ ވިޔަފާރީގެ ފައިދާ ކުޑަ ވާނެތީ ފަޒީއާ ދެކޮޅަށް ނެގެޓިވް މާކެޓިން ތިޖައްސަނީ. ތީ އަސްލު މުޅި ދުނިޔޭގައި ތިކަން އޮތްގޮތް. ކެމިކަލް އަޅައިފަ ހުންނަ ބޭސްތަކަށްވުރެ ސުންނަތުން ސާބިތުވާ ހިޖާމާ ހަމަ މާރަނގަޅު. ދެން ހަޖަމު ކޮށްލާ އޯކޭ؟

    32
    10
    • ހަޖަމް

      ހަޖަމެއް ނުވާނެ. ދެކޮޅު ނުބަލާ ކެމިކަލް ތި ގޯސްކޮށްލީ. މިކިޔަނީކީ ހިޖާމާޖެހުމަކީ ބޭކާރު ކަމެކޭ ނޫން. މިދުނިޔޭގެ ލެއްވިހާ ހުރިހާ އެއްޗަކީ ހަމަ ކެމިކަލް ހިމެނޭ އެއްޗެހިތައް. ފެނަކީ ކެމިކަލެއް. މާމުއިއަކީވެސް ކެމިކަލެއް. މާމުއްޔަކީ ސުންނަތުން ސާބިތުވާ ބޭހެއް.
      މިޒަމާނުގެ ބައެއް މީހުން އުފައްދާ ބޭހަކީ ހަމަ ވިޔަފާރި ކުރަން އުފައްދާ ބޭސްތަކެއް. އަސްލު ސައިންސްވެރިންނަށް ބައްޔެއް އަވަހަށް ރަނގަޅުވާ ފަދަ ބޭހެއް ހަދައިފި ނަމަ ވިޔަފާރިވެރިން އެބޭސް ލަހުން ބަލި ރަނގަޅުވާ ގޮތަށް ހަދައި އެތަކެއް ފައިދާތަކެއް ހޯދާ. ކެމިކަލެއް ނޫން ކުއްވެރިކުރަންވީ، މިކަހަލަ ވިޔަފާރިވެރިން ކުއްވެރި ކުރަންވީ. މިޒަމާނުގެ ގިނަ ވިޔަފާރިވެރިންނަކީ ބޭސްނޫންވިޔަސް އެއްޗެހީގެ ކޮލިޓީ ދަށްކޮށް ފައިދާ ހޯދާ ބައެއް. ރަނގަޅަށް މަސައްކަތް ކުރާ ބޭހެއްނަމަ (ސައިޑް އިފެކްޓް މަދު، ބަލި އަވަހަށް ރަނގަޅު ކޮށްދޭ) އެ އަތްނުފޯރާ ވަރަށް އަގުބޮޑު ކޮށްލާ.
      ވެކްސިންނަކީވެސް ކެމިކަލުން އުފައްދައިފައިވާ އެއްޗެއް. އެއްވެސް ހަދީސެއްގައި ނެތް ވެކްސިން އުފައްދާ ގޮތެއް ނޫނީ ބޭނުންކުރާށެކޭވެސް. ގުރުއާނުގައި އޮތީ އިލްމު އުގެނެން. ހަދީސުގައި އޮތީ ކޮންމެ ބައްޔަކަށް ފަރުވާއެއްވާކަން. ވެކްސިންގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ސަލާމަތްވޭ. މިތާގެ ޕޮއިންޓަކީ ހަދީސުގައި ސާބިތު ވިޔަސް ނުވިޔަސް ބައްޔާއި ބޭސް ނުގުޅޭނަމަ އެބަލި ރަނގަޅެއް ނުވާނެ. ބައެއް ހާލަތްތަކުގައި ކިތަންމެ ވަރަކަށް ހިޖާމާ ޖަހައިގެންވެސް ރަނގަޅެއް ނުވާނެ.
      އެކަމަކު ގިނަ މީހުންނަށް (ހާއްސަކޮށް ކެމިކަލްއާ ދެކޮޅުމީހުންނަށް) އެނގޭކަމަކީ އިލްމު ނުއުގެނި ޖާހިލްކަމަށް ރުހުން (ހަދީސްތައް ކިޔެވުމަކީ ޖާހިލުކަމެއް ނޫން، ހަދީސްތަކުގައިވާ މާނަތައް ނުބައިމާނައެއްގައި ނަގާ މިޒަމާނުގެ އިލްމަށް ހަޖޫޖެހުމަކީ ޖާހިލުކަން).

      1
      1
  12. މަވެސް

    އަހަންނަށް ހީވަނީ ދަރިމައި ކަންތަކުގަ ހިޖާމާ ޖަހަނީ ފަޒީ ހެން. އެހެނިހެން ކަން ކަމުގަ އެހެންމީހުން ޖަހާ. ޖަހަން އެނގޭ މީހެއްތާ ޖަހާނީ. އަހަރެންވެސް ތަޖުރިބާ ކުރިން. ހަމަ ރަނގަޅުވޭ

    26
    2
  13. އަބޫ އައިސާ

    ހިޖާމާ ޖަހަން ޖެހޭނީ ޕްރޮފެސަނަލް މީހުން ލައްވާ މިއީ އެނގެން ޖެހޭ ކަމެއް ރަސޫލާ(ސ) އަމަލު ކުރެއްވީ އެފަދައިން އަބޫބަކުރު ނޫނީ އުމަރު (ރ) އެހެން ނޫންނަމަ ރަސޫލާ(ސ) އަށް ހިޖާމާ ޖައްސަވާނީ

    7
    1
  14. އ. ޖ. އ

    ކޮބާތަ ހިޖާމާއަކީ ؟ ބިއްލޫރި ބޮކިތަ ؟

    1
    6
  15. އިބްރާހިމް

    ހިޖާމާ ޖަހައިގެން ދަރިން ނުލިބޭ މީހުންނަށް ދަރިން ލިބިފަ އެބަހުރި އޭގެ މާނައަކީ ދަރިން ނުލިބިގެން ހިޖާމާ ޖަހާހާ މީހަކަށް ދަރިން ލިބުމެއްނޫން ދަރިން ލިބޭނީ ﷲ އެކަމެއް ހިންމަވާ ދެއްވާފިއްޔާ! ތިމާއަށް އުޅެވެނީ ﷲ އެންގެވި ގޮތަށް ތޯ ވެސް ވިސްނާލުން ރަގަޅު
    ނޯޓް: ވަރަށް މިކަހަލަ ކޮމެންޓް ނުކުރެވޭތޯބަލަން މިކަމާ ގުޅިގެން ﷲ އާއި ރަސޫލާ އަށްބަދުބަސް ބުނާ މުނާފިގުން ގިނަވީމަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    • އ. ޖ. އ

      ތި ބުނީ ރަނގަޅު ވާހަކައެއް..
      އެކަމަކު މިއަށް ކޮމެންޓު ކުރުމަކީ ރަސޫލާއަށް ބަދުބަސް ބުނުމަކަށް ނުވާނެ. އަދި އެއީކީ މުނާފިގު ވުމެއް ވެސް ނޫން.

  16. ދޮންކަލޯ

    ފަޒީ ފާތުން އަށް ތަނަކުން ދަރިއަކު ހޯދާފަ ދިންނަމަ

  17. ޜިޔާ

    ޢެކަމަކު ދެން ކަޑަދޯ މިނިސްޓަރީ ހުއްދަ އޮނނަން ވާނެ ހުއްދަ ނަގަންޖެހޭ ހުރިހާ ކަމެއް ވެސް ކުރަން ވާނީ އޮނނަ އުސޫލުން ޖާހިލިއްޔަ ޒަމާނު މީހުން އުޅޭހެން އަޑުގަދަމީހާ ރުއްގިނަކުރާ އުސޫލު ދޫކޮއްލާ އިންސާފައް ލޯބިކުރޭ ތި ފަޒީ އައްތާއީދު ކުރާ ކޮމެންޓް އެކަނިދޯ ވަގުތުގަ ޖަހައިދެނީ ކީކޭބުނާނީ ފަޒީ ނުފޫޒު މިތާވެސް

  18. ޢިންޓެލިޖެންސް

    މިކަމަކީ ކުރަންނުވާނޭ ކަމެކޭ ނޫން. ޢެކަމު މިގުރޫޕް މީ އެހެން ފިކުރެއް ދިރުވަން މިކަން ކުރާ ބައެއް.ތުއްތު ކުދިންނަށް ކިޔަވާދޭންވެސް މިކަހަލަ ގުރޫޕުތައް އުޅޭ .މިކަން ހުއްޓުވާދީ...

  19. ދދދދދ

    ހެލްތު މިނިސްޓްރީގެ އެއްކަލަ ރޯނުއެދުރު "އިސް ބޭފުޅާ" އަށް ތިވާހަކަ ކިޔައިދޭން ވީނު. ކޮންމެސް ލާދީނީ ވާހަކައެއް ބުނާނެ އޭރުން.

    1
    1
  20. ބޯބުޅި

    ޑޮކްޓަރީ ފަރުވާ ކޮށްގެން މީސްމީހުންނަށް އެމީހުން އުއްމީދުވެސް ނުކުރާ ބަލިތައް ޖެހިފައި އެބަހުރި. ޙިޖާމާ ޖަހައިގެން އެކަހަލަ ކަމެއް މީހަކަށް ދިމާވި ވާހަކައެއް އަޑެއްނާހަން.

    5
    1
  21. އ. ޖ. އ

    ކީއްވެތަ މިހާރު މާ ފަޒީ ވެގެން ތި އުޅެނީ. ހިޖާމާ ޕްރޮމޯޓް ކުރަންޏާ އެހެން ތަންތަން ވެސް ޕްރޮމޯޓް ކުރޭ.

  22. ރައްޔިތުން

    ޑޮކްޓަރުންނަށް އެގިގެން ނުވާ ކަންތައް މޮޅަށް ދެނެވޮޑިގެން ފަރާތް ﷲގެ ވަހީއާއި އެއްގޮތަށް ބަސްފުޅު ވިދާޅުވާ މާތް ސާހިބާ މުޙައްމަދުގެ ފާނުގެ އަރިއަހުން ދަސްވެގެން އައި ކަމެއް ހިޖާމާ ޖެހުމަކީ، މިއަށް ފާޑުކިޔޭނެ ޑޮކްޓަރެއް ނުހުންނާނެ. އެމީހުން ކުރަނީވެސް ޝިފާ އޭގައިވާ ފަރުވާއެއް.